ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވުމުން ދުސްތޫރީ އޮޅުންބޮޅުންގަނޑެއް އޮތް ކަމަށް ބުނެ އެ މައްސަލަ ހައްލު ކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
01 މާޗް 2023
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވުމުން ދުސްތޫރީ އޮޅުންބޮޅުންގަނޑެއް އޮތް ކަމަށް ބުނެ އެ މައްސަލަ ހައްލު ކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ފެބްރުއަރީ 25، 2022 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާޖަރީއެއް ހެދުމަށް، އެ މަނިކުފާނުގެ ޒިންމާތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވި އެވެ. އެ ދުވަހުގެ ހެނދުނު 6:00 ގައި ފައިސަލްއާ ޒިންމާތައް ހަވާލުކުރެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ ހެނދުނު 9:30 ގަ އެވެ.
އެކަމާ ގުޅިގެން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ހުށަހެޅުއްވި ގަރާރުގައި ބުނީ، ރައީސްގެ މަގާމާ ފައިސަލް ހަވާލުވެވަޑައިގަތީ ގާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ރ) ގައި ބުނާ ފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ބަލަންޖެހޭ ކަމަށެވެ.
އެ މާއްދާގައި ބުނާ ގޮތުން އެއްވެސް ސަބަބަކާ ހުރެ ރައީސްގެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމާ ހަވާލު ވާނީ ނައިބު ރައީސެވެ.
އެހެންވެ، މިހާރު ރައީސަކީ ފައިސަލް ކަމަށް ވެސް ދުސްތޫރީ ގޮތުން ބަލަން ޖެހޭ ކަމަށް ފެންނަން އޮތް ކަމަށާއި ނަމަވެސް އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން އެ މަގާމާ ހަވާލުވެވަޑައިގަންނަވާފައި ވާތީ އޭގެ ސަބަބުން ދުސްތޫރީ އޮޅުންބޮޅުންގަނޑެއް ފެންނަ ކަމަށް ގަރާރުގައި ވެ އެވެ.
"...މި މައްސަލާގައި ފައިސަލާ ކުރުވަނިވި ސާފު ހައްލެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހޯދައިދޭން ޖެހޭ ކަމަށް ދެކޭތީ އެފަދަ ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހެޅީމެވެ،" އެ ގަރާރު ވެ އެވެ.
މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.
ޕީޕީއެމް/ޕީއެންސީގެ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
ގާނޫނުއަސާސީގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެ ނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އަންގަން ޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަން ޖެހެ އެވެ. ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހުގަ އެވެ.
މިފަދަ ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާ އަލުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައި ކަމަށް ވެސް ގާނޫނުއަސާސީގައި އޮވެ އެވެ.
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބެއް ނެތް!
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އިބޫ ހުވާ ކުރާނެ ދުވަހަކާ މެދު ހޫނު ބަހުސްތަކެއް!
ރައީސަކީ ފައިސަލްތޯ ސުވާލުއުފައްދާ ގަރާރު ބޭރުކޮށްލައިފި
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ރައީސަކީ ފައިސަލް ކަމަށް ބުނާ މައްސަލަ ބަލައެއްނުގަތް
ރައީސަކީ ފައިސަލް ކަމަށް ބުނެ އަނެއްކާވެސް ކޯޓަށް
ތަޅުމުން ނެރެނިކޮށް ސައީދުގެ ހެދުން ވީދި އަނިޔާވެއްޖެ
މަރުގެ ހުކުމާ ގުޅޭ އިތުރު ސުވާލުތައް ނުކުރެވުނު!
މަޖިލީހުން ރުހުން ނުހޯދައި ދަރަނި ނުނެގޭ ބިލެއް