މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ އިތުރު ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރުސަތު ނުދެއްވުމުން އިދިކޮޅު ޕާޓީތަކުގެ މެމްބަރުން މަޖިލީހުގައި އަޑުގަދަ ކުރައްވައި، ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
06 ޖޫން 2022
މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ އިތުރު ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރުސަތު ނުދެއްވުމުން އިދިކޮޅު ޕާޓީތަކުގެ މެމްބަރުން މަޖިލީހުގައި އަޑުގަދަ ކުރައްވައި، ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
މިއަދުގެ ޖަލްސާ އަށް ތާވަލު ކޮށްފައި އޮތީ މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ އާއި އެފަދަ ހުކުމްތައް މި ސަރުކާރުން ތަންފީޒު ކުރާނެތޯ ސާފުކުރައްވަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ހުށަހެޅުއްވި ސުވާލުތައް ކުރެއްވުމެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ނޯޓިސް ފޮނުވައިގެން ކުރާ ސުވާލަށް ވަޒީރު ދެއްވާ ޖަވާބަކާ ގުޅިގެން އިތުރު ސުވާލު ކުރުމުގެ ފުރުސަތު މެމްބަރުންނަށް ލިބެ އެވެ.
މަރުގެ ހުކުމް ތަންފިޒު ކުރުމާ ބެހޭ ގޮތުން އިމްރާނާ ކުރެއްވި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މޮރިޓޯރިއަމް ދެމެހެއްޓުން ކަމަށެވެ.
އެ ޖަވާބާ ގުޅިގެން އިތުރު ސުވާލު ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން ތޯރިގް އުޅުއްވީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މީހުންނަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގޮތުން ސުވާލެއް ކުރެއްވުމަށެވެ.
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ތޯރިގް ވާހަކަ ދައްކަވަނީ: މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ އިތުރު ސުވާލުތައް، އިމްރާނާ ކުރައްވަން ރިޔާސަތުން ނަޝީދު ފުރުސަތު ނުދެއްވުމުން އެ ކަމާ ދެކޮޅަށް ވާހަކަ ދެއްކެވި.---ފޮޓޯ: މަޖިލިސް
ނަމަވެސް އޭނާގެ މައިކްގެ އަޑު ކަނޑާލުމަށް ފަހު، ރިިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެއީ އިމްރާނަށް ހުށަހެޅުއްވި، މަރުގެ ހުކުމާ ބެހޭ މައުލޫއާ ގުޅުން ހުރި ސުވާލެއް ނޫން ކަމަށެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް މަރުގެ ހުކުމާ ބެހޭ ސުވާލެއް އިމްރާނާ ކުރައްވަން މަސައްކަތް ކުރެއްވި އެވެ. އެކަމަކު، އެއީ ވެސް މައުލޫއާ ގުޅުން ހުރި ސުވާލެއް ނޫން ކަމަށް ވިދާޅުވެ، އެކަމަށް ޖަވާބު ދެއްވަން އިމްރާނަސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ އިތުރު ސުވާލުތައް ހޯމް މިނިސްޓަރާ ކުރެއްވުމުގެ ފުރުސަތު ނަޝީދު ނުދެއްވި ނަމަވެސް އެމްޑީޕީގެ މެމްބަރުން ވަނީ އެ މެމްބަރުންގެ ދާއިރާތަކުގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިމޭނެ ތާރީހުތަކާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލުތަކަށް ނަޝީދު ފުރުސަތު ދެއްވުމުން އިމްރާން ޖަވާބު ވެސް ދެއްވި އެވެ.
އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރައްވައި، ނިޒާމީ މައްސަލައެއް ނަންގަވައި، ތޯރިގް ވިދާޅުވީ ރިޔާސަތުން މަޖިލިސް ކުރިއަށް ގެންދަން ޖެހޭނީ ގަވައިދާ އެއްގޮތަށް ކަމަށެވެ.
"ގަވައިދަކީ މަނިކުފާނުގެ [ނަޝީދުގެ] ހިތްޕުޅަށް އަރާ ގޮތަށް އޮންނަ އެއްޗަކަށް ހެދީމަކާ މިތާ ތިބި 85 މެމްބަރުން މި ތަނުން ފާސްކޮށްފައި އޮތް ގަވައިދެއް ތަންފީޒެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އެމްޑީއޭގެ ނައިބު ރައީސް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް އެދިވަޑައިގަތީ މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނަންތޯ ނުވަތަ ނޫންތޯ އިމްރާން ސާފުކޮށް ވިދާޅުވުމަށެވެ.
އެއީ އިމްރާނަށް މިއަދު ހުށަހަޅާފައިވާ ސުވާލުގެ މައުލޫއާ ގުޅޭ ސުވާލަކަށް ވިޔަސް އެ ސުވާލާ ގުޅޭ ގޮތުން ޝިޔާމާއި އާމިރަށް ވެސް ނަޝީދު ފުރުސަތު ނުދެއްވި އެވެ.
އެ މައްސަލާގައި އިދިކޮޅު މެމްބަރުން ތެދުވެވަޑައިގެން، މަޖިލީހުގައި އަޑުގަދަ ކުރެއްވި އެވެ. އަދި އެހެން މެމްބަރުން ސުވާލު ކުރެއްވުމަށާއި އެ ސުވާލުތަކަށް އިމްރާން ޖަވާބު ދެއްވަމުން ގެންދެވުމަށް ރިޔާސަތުން އެންގެވިޔަސް މަޖިލީހުގެ ތަޅުން ހަލަބޮލިވެފައިވާތީ އެކަން ކުރިޔަށް ނުގެންދެވުނެވެ.
އެ އަށް ފަހު ނަޝީދު ކަނޑައެޅުއްވީ މިއަދުގެ ޖަލްސާގައި އެ ހިސާބުން އިމްރާނާ ސުވާލުކުރުން ނިންމައިލުމަށެވެ.
ވަޒީރާ ކޮށްފައިވާ ސުވާލުތަކާ ގުޅުން ހުރި އެހެން ސުވާލުތައް ކުރުމަށް ގަވައިދު ތަންދޭއިރު، މަޖިލީހުގައި މިހާތަނަށް އަމަލު ކުރަމުން އައި ގޮތަކީ ސީދާ މައުލޫއާ ނުގުޅޭ ސުވާލެއް ނަމަ ޖަވާބު ދިނުމުގެ އިހުތިޔާރު އެ ވަޒީރަކަށް ދޫކޮށްލުމެވެ.
ފުރުސަތެއް ލިބިއްޖެ ނަމަ ނަޝީދު ވަކިކުރާނަން: ސަލީމް
ޔާމީންގެ ގެކޮޅުގައި ދެމި ބެނާ ނަގަން ގޮވާލައިފި
މަޖިލީހުގައި ނަޝީދުގެ ފެކްޝަނާއި އިދިކޮޅު އެއްގަލަކަށް!
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
ރައްކާތެރިކަމުގެ ޔަގީންކަން މަޖިލީހުން ނުލިބޭ: އިދިކޮޅު
މަޖިލީހަށް ސިފައިން ވައްދާކަށް ނޭދެން: ނަޝީދު
މައިނޯރިޓީގެ އަޑު ނެތި މަޖިލިސް ހިންގާތީ ކަންބޮޑުވެއްޖެ