ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސާޖަރީއެއް ހެދުމަށް، އެ މަނިކުފާނުގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވި ހިސާބުން ރައީސަކީ ފައިސަލް ކަމަށާއި ރައީސްކަމުގެ މަގާމުން އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވަކިވެފައި ކަމަށް ބުނެ ޕީޕީއެމުން އަނެއްކާވެސް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސާޖަރީއެއް ހެދުމަށް، އެ މަނިކުފާނުގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވި ހިސާބުން ރައީސަކީ ފައިސަލް ކަމަށާއި ރައީސްކަމުގެ މަގާމުން އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވަކިވެފައި ކަމަށް ބުނެ ޕީޕީއެމުން އަނެއްކާވެސް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ފެބްރުއަރީ 25، 2022 ހެނދުނު 6:00 ގައި ނައިބު ރައީސްއާ ޒިންމާތައް ހަވާލުކުރެއްވުމަށް ފަހު ރައީސް އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ އެ ދުވަހުގެ ހެނދުނު 9:30 ގަ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ގާނޫނީ ވަކީލުންގެ ޓީމަކުން މައްސަލަ ހުށަހެޅުމަށް ފަހު ކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާއަށް ޒިންމާތައް އަދާނުކުރެއްވޭ ހާލަތެއް މެދުވެރިގެން އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގެވުމުން ނައިބު ރައީސް ކުރެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ހުވާ ކަމަށާއި އެހެންވެ އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސްކަމުގެ މަގާމުގައި މިހާރު ހުރެވޭނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ.
އިދިކޮޅު ޕީޕީއެމްގެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގައި. -- ފޮޓޯ: ޕީޕީއެމް
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް އެ ކޯޓުން މައްސަލަ އަދި ބަލައެއް ނުގަނެ އެވެ. މީގެ ކުރިން ވެސް މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެފަހަރު މައްސަލަ ބަލައެއް ނުގަތެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު "އާލާސްކަންފުޅެއް ޖެހޭ ކޮންމެ ފަހަރަކު" ނައިބު ރައީސް، ރައީސްކަމުގެ ހުވާކުރެއްވުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތައް އުފެދިދާނެ ކަމަށެވެ. މިއީ ވަރަށް ބޮޑު ދުސްތޫރީ މައްސަލައެއް ކަމަށެވެ.
"ނައިބު ރައީސްގެ ހުވާގައި ވަރަށް ރަނގަޅަށް ބަޔާންކޮށްފައި އެބަ އޮވޭ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާ މަސައްކަތްތަކެއް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަށް އެހީތެރިވެދިނުމަށް. އެހެންވީމާ ގާނޫނީ ފަރުވާއެއް ބޭނުންވާ ކަމެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން، ވަރަށް ސާފުކޮށް އޮތް މައްސަލައެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ނައިބު ރައީސް، ރައީސްކަމުގެ ހުވާ ކުރެއްވި ފަހުން އިބްރާހިމް މުހައްމަދު ސޯލިހް އަލުން ރައީސްކަމުގެ ހުވާކުރެއްވިކަން އެނގިފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ދެ ބޭފުޅަކު ރައީސްކަމުގެ ހުވާ ކުރައްވާފައި ވާތީ އެކަމަށް ޖަވާބެއް ބޭނުންވާ ކަމަށެވެ.
ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން ވެރިކަމަށް ވަޑައިގެން، މި މައްސަލަ ތަހުގީގުކުރައްވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ދެ ރައީސުން" ގެ މައްސަލަ މިފަހަރު ވެސް ބަލައިނުގަތް
ރައީސަކީ ފައިސަލް ކަމަށް ބުނާ މައްސަލަ ބަލައެއްނުގަތް
ރައީސަކީ ފައިސަލްތޯ ސުވާލު އުފައްދައި ގަރާރެއް!
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބެއް ނެތް!
ޔާމީނަށް ލުއި ދެވޭނީ ކޯޓު މަރުހަލާ ނިމުމުން: ރައީސް
އިންތިހާބު ސައްހަ ނޫން ކަމުގެ ބަޔާނަށް އާދޭސް ކުރަނީ
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އިބޫ ހުވާ ކުރާނެ ދުވަހަކާ މެދު ހޫނު ބަހުސްތަކެއް!
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
އަހަރެމެން ލީ ވޯޓަށް ދެން ވާނީ ކިހިނެއް؟