މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނެ ބަޔާން ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފުންނަށް އެކި ފަރާތްތަކުން އަނެއްކާވެސް ގުޅަމުންދާ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
02 ނޮވެމްބަރ 2018
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނެ ބަޔާން ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފުންނަށް އެކި ފަރާތްތަކުން އަނެއްކާވެސް ގުޅަމުންދާ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ކުރި ބޮޑެތި ތުހުމަތުތަކުން، ސުޕްރީމް ކޯޓުގެ ނިންމުމާ އެކު ސަލާމަތްވެވަޑައިގެންފައިވާ ޝަރީފް "މިހާރު" އަށް ވިދާޅުވީ އިއްޔެ އާއި ރޭ އެ ކޮމިޝަންގެ ހަތަރު މުވައްޒަފަކަށް ބަޔަކު ގުޅައި ރިޔާސީ އިންތިޚާބު ސައްހަ ނޫން ކަމަށް ބުނެ ބަޔާން ދިނުމަށް "އާދޭސް" ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮންބައެއްކަމެއް ޝަރީފް ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވިގޮތުގައި، ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލަތައް ހައި ކޯޓަށް ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވަނިކޮށް އަނެއްކާވެސް ބަޔާންތަކެއް ނަގަން ބަޔަކު އުޅޭ ސަބަބެއް އީސީއަށް ވެސް ނޭނގެ އެވެ. އަދި އެއީ ކޮން އިދާރާއަކަށް ހުށަހަޅަން ނަގާ ބަޔާންތަކެއް ކަމެއް ވެސް ސާފުނުވާ ކަމަށް ވިދާޅުވި އެވެ.
"މިއީ ޕީޕީއެމުންތޯ ނުވަތަ ޕީޕީއެމަށް ސަޕޯޓް ކުރާ ބަޔަކުތޯ އެއް ދަންނަވާކަށް އަޅުގަނޑަކަށް އަދި ނޭނގޭ. އެނގޭހާ އެއްޗަކީ އަޅުގަނޑުމެން މުވައްޒަފުންނަށް ގުޅައި އާދޭސް ކުރަމުން ދާ ކަން،" ޝަރީފް ވިދާޅުވި އެވެ.
ބަޔާން ދިނުމަށް އެދިފައިވަނީ އީސީގެ މަސައްކަތްތަކުގައި މާލޭގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެއްވެސް މުވައްޒަފަކު މިހާތަނަށް ބަޔާން ދީފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މުވައްޒަފުން ދެންނެވި ކަމަށް ވަނީ ތިމަންނަމެން ކުރިމަތީގައޭ ހުރިހާ ކަމެއް ހިނގީ. އެހެންވީމާ އިންތިޚާބު ސައްހަ ނޫން ކަމަށް ބަޔާނެއް ނުދެވޭނެއޭ،" ޝަރީފް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ވާދަކުރައްވައި ރައީސް އަބްދުﷲ ޔާމީން ބޮޑު ތަފާތަކުން ނާކާމިޔާބުވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާކަން އިއުލާން ކުރެއްވުމަށް ފަހު ވަކި ހިސާބަކުން އެ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނު ސުޕްރީމް ކޯޓަށް ވެސް ހުށަހެޅުއްވި އެވެ.
ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށްޓަކައި އީސީގެ މުވައްޒަފުންނާއި ވޯޓް ކަރުދާސް ޗާޕްކުރި އެމްސެވަންގެ މުވައްޒަފުން ކޯޓުގައި ހެކިބަސް ދިނުމަށް ޝަރުތުކޮށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހެޅި މައްސަލަ އޭރު ފެންމަތިވި އެވެ.
ލިޔެވޭ އަނގޮއްޓިއަކާއި ވޯޓު ކަރުދާހުގައި ކެމިކަލްތަކެއް ބޭނުން ކޮށްގެން ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލި ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ސާބިތު ނުވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ރިޔާސީ އިންތިޚާބުގެ ކަންކަން ތަހުގީގު ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެދިވަޑައިގަތެވެ. ނަމަވެސް ކޯޓުން އެކަމަށް ވަކި އަމުރެއް ނުނެރުނެވެ.
އިބޫ ރައީސްކަމުގެ ހުވާ ކުރެއްވުމަށް ނިންމަވާފައި ވަނީ މި މަހު 17ގަ އެވެ.
އަބްދުއްރަހީމް، ޝަރީފަށް: ޖެހޭނީ ކުޑަކަކޫ ޖަހަން
ކޯޓަށް ދިޔައީ އިންތިޚާބު ގަޑުބަޑު ކުރީމާ: ނިހާން
އޮޅުވާނުލިނަމަ 65 ޕަސަންޓު ވޯޓު ލިބޭނެ :އަދުރޭ
"ބަލި ގަބޫލުނުކުރެވެނީއެއް ނޫން"! ދެން ކޮން ކަމެއް؟
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"
ޔާމީނަށް ލުއި ދެވޭނީ ކޯޓު މަރުހަލާ ނިމުމުން: ރައީސް
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
އިބޫ ހުވާ ކުރައްވާނެ ދުވަސް ސޫމޯޓޯއަކުން ނިންމިދާނެ
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
75،000ރ. އިން ޕީޕީއެމް ޖޫރިމަނާކޮށްފި