މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާނުލި ނަމަ، ރައީސް އަބްދުﷲ ޔާމީނަށް 65 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތީސް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
14 އޮކްޓޯބަރ 2018
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާނުލި ނަމަ، ރައީސް އަބްދުﷲ ޔާމީނަށް 65 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތީސް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 42 ޕަސެންޓެވެ. ރައީސް ޔާމީނާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް 134،705 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓު ދިން މީހުންގެ 58 ޕަސެންޓެވެ.
"އޮޅުވާލި ވޯޓު" ނަމުގައި ޕީޕީއެމުން ސިލްސިލާ ގޮތެއްގައި ކުރަމުން އަންނަ މުޒާހަރާގައި އަބްދުއްރަހީމް ވިދާޅުވީ އޮޅުވާލުމެއްގެ ތެރެއިން ވެސް ބަދަލު ނުކުރެވުނު 96،000 ރައްޔިތުން އަދިވެސް ތިބީ ރައީސް ޔާމީނާ އެކު ކަމަށެވެ. އަދި ޕީޕީއެމުން އިންސާފު ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށާއި ދިވެހިންގެ އެއްބާރުލުން މިކަމުގައި ފުރިހަމައަށް ބޭނުންވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުގަ އެވެ. އަދި ދިވެހިންނަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރަނީ ޕީޕީއެމް ކަމަށާއި ރައީސް ޔާމީނަކީ ދިވެހިންގެ ހައްގުގައި ނުކުމެވަޑައިގެންނެވި ލީޑަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވި އިރު، އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، އިންތިޚާބު ބާތިލް ކުރުމަށް އެދި ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލައިގައި ބާއްވާ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި މިއަދަށް ވަނީ ތާވަލްކޮށްފަ އެވެ.
"އެމަނިކުފާނު (ރައީސް ޔާމީން) މިއަދު ވެސް ހުންނެވީ ދިވެހި ރައްޔިތުންގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއް ކުރައްވަން ވަރަށް ކެރިވަޑައިގެން ސާބިތުކަމާ އެކީގައި. އަޅުގަނޑުމެން މިތިބީ އެމަނިކުފާނު ކުރައްވާ މަސައްކަތުގައި ފުކެއް ވެސް ދުލެއް ނުދީ ކުރިއަށް ދާން ތައްޔާރަށް. ޕީޕީއެމަކީ އަބަދުވެސް މި ގައުމުގެ މިނިވަންކަން ދިފާއު ކުރާނެ ޕާޓީއެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެވަރަށް އޮޅުވާލައިގެން ނުވަތަ އެ ކުރި ކަމެއް ކޮށްގެން ވެސް 96،000 ވޯޓު ރައީސް ޔާމީން އެކަނި ނެންގެވި ނެންގެވުން ތިޔަބޭފުޅުން އެބަ ޖެހޭ ފިލާވަޅު ލިބިގަންނަން،."
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމުން އަބަދުވެސް ހައްގު ހޯދަން މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިންނެވެ. އަދި އިދިކޮޅު ފަރާތްތަކަކީ ގާނޫނީ އިމުން ބޭރުން މަސައްކަތް ކުރާ ބައެއް ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެގޮތުން އިދިކޮޅު ފަރާތްތަކަކީ މިނިވަން ކަމަށް ލޯބި ނުކުރާ، ތަރައްގީ ކުރަން ބޭނުން ނުވާ ބައެއްގެ ގޮތުގައި އަބްދުއްރަހީމް ސިފަ ކުރެއްވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމު އަޅުވެތިކޮށްގެން، ވެރިކަމުގެ ދަހިވެތި ކަމުގައި ކަމަށް ވެސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.
އެކަމަކު، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން ގައުމަށް ގެންނެވި ތަރައްގީއާއެކު ކުރިއަށް ދިއުމަށެވެ.
އަބްދުއްރަހީމް، ޝަރީފަށް: ޖެހޭނީ ކުޑަކަކޫ ޖަހަން
ކޯޓަށް ދިޔައީ އިންތިޚާބު ގަޑުބަޑު ކުރީމާ: ނިހާން
ޕީޕީއެމުން އިދިކޮޅަށް: ކާމިޔާބީ އޮތީ ވަރަށް ކައިރީގައި
އިންތިހާބު ސައްހަ ނޫން ކަމުގެ ބަޔާނަށް އާދޭސް ކުރަނީ
މަސައްކަތް ހުއްޓާލާނީ އިންސާފު ލިބުނީމާ: އަބްދުއްރަހީމް
އިންތިޚާބު ބާތިލްކުރަން ހިސާބު އަދަދެއް ވެސް ނުބުނެވޭ
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި: މުއިއްޒު
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު