Roadha Mihaaru
ނަޝީދު ސައުދީ އަށް ފުރާވަޑައިގެންފި

ނަޝީދު ސައުދީ އަށް ފުރާވަޑައިގެންފި

15 އޮކްޓޯބަރ 2018

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް މިއަދު ފުރާވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް މިއަދު ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުގެ އަރިހުގައި ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ވެސް ބައިވެރިވެވަޑައިގަތެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނިކޮށް، ރަސްގެފާނުގެ ދައުވަތު ދައުވަތަކަށް ނަޝީދު މި ކުރައްވާ ދަތުރުފުޅާ ގުޅޭ ތަފްސީލެއް އެމަނިކުފާނު އަދި އެމްޑީޕީއަކުން ވެސް ހާމައެއް ނުކުރެ އެވެ. ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބު ނާކާމިޔާބުވެވަޑައިގަތްއިރު، އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި އެންމެ ބޮޑަށް ގުޅުން ބަދަހި ކުރެއްވި އެއް ގައުމަކީ ސައުދީ އަރަބިއްޔާ އެވެ.

އެއާއެކު ޗައިނާގެ ގުޅުމަށް ބެހެއްޓެވި ޝައުގުވެރިކަމާ އެކު ރާއްޖެއާ ޒަމާންވީ އެކުވެރި ގައުމުތައް ކަމަށްވާ އިންޑި އާއި ސްރީ ލަންކާގެ ބަދަހި ގުޅުން ވަނީ ހީނަރުވެފަ އެވެ.

މިދިޔަ މަހުގެ 23ގައި ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވުމުން، ރަސްގެފާނު ވަނީ ފޯނުން ގުޅުއްވައި އިބޫ އަށް މަރުހަބާ ވިދާޅުވެފަ އެވެ. އެ ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

ރަސްގެފާނު ސަލްމާންގެ އިތުރުން ސައުދީގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން ވެސް ވަނީ އިބޫއަށް ގުޅުއްވައި، މަރުހަބާ ދަންނަވައިފަ އެވެ.