Roadha Mihaaru
"ރައީސާ ގުޅޭ އެއްވެސް ވާހަކައެއް ސައުދީން ނުދައްކާ"

ރައީސް ޔާމީނާ ގުޅޭ އެއްވެސް ވާހަކައެއް ސައުދީން ނުދައްކާ: ނަޝީދު

17 އޮކްޓޯބަރ 2018

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައުދީ އަރަބިއާ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީނާ ގުޅޭ އެއްވެސް ވާހަކައެއް ސަައުދީން ދައްކާފައި ނުވާ ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައުދީ އަރަބިއާ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީނާ ގުޅޭ އެއްވެސް ވާހަކައެއް ސަައުދީން ދައްކާފައި ނުވާ ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދައުވަތަކަށް ނަޝީދު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު އެނބުރި އިނގިރޭސިވިލާތަށް ނަޝީދު ވަނީ ވަޑައިގެންފަ އެވެ.

އެ ދަތުރުފުޅާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުވެ ދެއްކެވި ވާހަކަތަކުގައި، ސައުދީން ރާއްޖެއާ ގުޅުން ބާއްވަނީ އެއިރެއްގައި އޮންނަ ސަރުކާރަކާ އެކު ކަމަށް ވަލީ އަހުދު މުހައްމަދު ވިދާޅުވި ކަމަށެވެ. އަދި ރައީސް ޔާމީނާ ގުޅޭ އެއްވެސް ވާހަކައެއް ވަލީ އަހުދު ވިދާޅުނުވާ ކަމަށް ވެސް ނަޝީދުގެ ޓްވީޓްގައިވެ އެވެ.

ނަޝީދުގެ ޓްވީޓް

އެމްޑީޕީގެ ސަރުކާރުގައި މިނިސްޓަރު ކަން ކުރެއްވި މުހައްމަދު ނަސީމް ވެސް ނަޝީދާ އެކު ސައުދީ އަށް ވަޑައިގަތެވެ. އެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށް ނަސީމް ވެސް ވަނީ ވިދާޅުވެފަ އެވެ.

ރަސްގެފާނު ސަލްމާން ރަސްކަމަށް ވަޑައިގަތް ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި ސައުދީން ވަނީ ރާއްޖެއާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށް، ރާއްޖެ އަށް ދޭ އެހީތައް ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.