Roadha Mihaaru
"ހާރިޖީ ބާރުތައް އޮތީ ޗައިނާ-ސައުދީއަށް ދޫކޮށްލާފައި"

ޚާރިޖީ ބާރުތައް ރައީސް އޮތީ ޗައިނާ-ސައުދީ އަށް ދޫކޮށްލާފައި: ނަޝީދު

26 ޖުލައި 2017

މިނިވަންކަމާ އެކު ޚާރިޖީ ގުޅުން ހިންގުމުގެ ބާރު ލިބުނުތާ 52 އަހަރު އަހަރު ފުރުނުއިރު ރައީސް އަބްދުﷲ ޔާމީން ވަނީ އެ ބާރު ސައުދީ އަރަބިއްޔާ އާއި ޗައިނާ އަށް ދޫކޮށްލައްވާފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިނިވަންކަމާ އެކު ޚާރިޖީ ގުޅުން ހިންގުމުގެ ބާރު ލިބުނުތާ 52 އަހަރު އަހަރު ފުރުނުއިރު ރައީސް އަބްދުﷲ ޔާމީން ވަނީ އެ ބާރު ސައުދީ އަރަބިއްޔާ އާއި ޗައިނާ އަށް ދޫކޮށްލައްވާފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޚާރިޖީ ގުޅުން ހިންގުމުގެ ބާރު އެ ދެ ގައުމަށް ދޫކޮށްލާފައި އޮތް ނަމަވެސް "ދިވެހިން އަލުން ކާމިޔާބު ހޯދާނެ" ކަމަށެވެ.

ނަޝީދު އެންމެ ފަހުން ލަންކާ އަށް ވަޑައިގެން ބޭއްވެވި ނިއުސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަނީ

ނަޝީދު އެންމެ ފަހުން ލަންކާ އަށް ވަޑައިގެން ބޭއްވެވި ނިއުސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ގާތްގުޅުމެއް ބާއްވާ ދެ ގައުމަކީ ޗައިނާ އާއި ސައޫދީ އެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ އަގު ބޮޑު އެއް ބޮޑު މަޝްރޫއު ކަމަށްވާ މާލެ-ހުޅުލެ ބްރިޖު އަޅައިދެނީ ޗައިނާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އެވެ. އަދި އިގުތިސޯދީ ގޮތުން ވެސް ބޮޑެތި އެހީތަކެއް ޗައިނާ އިން އަންނަނީ ރާއްޖެ އަށް ދެމުންނެެވެ.

ޗައިނާގެ ރައީސަކު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެންނެވީ ވެސް މި ވެރިކަމުގަ އެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން 2014 ވަނަ އަހަރު ރާއްޖެ ވަޑައިގެންފައިވާއިރު، ސައުދީގެ ރަސްގެފާނުގެ ސަލްމާން ބިން އަބްދުލްއަޒީޒް ވެސް ވަރަށް ފަހުން ރާއްޖެ ވަޑައިގެންނަވަން އުޅުއްވި އެވެ. އެކަމަކު ފަހުން އެ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވާފަ އެވެ.

މީގެ އިތުރުން ފ. އަތޮޅު ތަރައްގީ ކުރުމަށް ސައުދީ އަރަބިއްޔާ އިން ވެސް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެކަމަކު ސިޔާސީ ހަލަބޮލިކަމާއި އެކަމާ އެތައް ބަޔަކު ދެކޮޅު ހަދަމުންދާތީ ފ. އަތޮޅުގެ މަޝްރޫއާ މެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.