06 ޖުލައި 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ނެގި ލޯނުތަކަށް ދަރަނީގެ ގޮތުގައި ރާއްޖެ އިން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ޗައިނާގެ ސަފީރު ޒަންގް ލިއޮން އަނެއްކާވެސް ރައްދު ދެއްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ނެގި ލޯނުތަކަށް ދަރަނީގެ ގޮތުގައި ރާއްޖެ އިން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ޗައިނާގެ ސަފީރު ޒަންގް ލިއޮން އަނެއްކާވެސް ރައްދު ދެއްވައިފި އެވެ.
އިންޓްރެސްޓް ބޮޑުކޮށް ޗައިނާ އިން ދިން ލޯނުތަކުން ރާއްޖެ ދަރާފައިވާ ކަމަށް ނަޝީދު މީގެ ކުރިން ވިދާޅުވުމުން ވެސް ސަފީރު ވަނީ ތަރައްގީ އަށް އެހީވުން ނޫން އެޖެންޑާއެއް ޗައިނާގެ ނެތް ކަމަށް ވިދާޅުވެ ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވައިފަ އެވެ.
ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު މި ފަހަރު ހިތްހަމަޖެހިވަޑައިނުގަތީ، އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ އިން ދަރަނީގެ ގޮތުގައި ޗައިނާގެ އެކިއެކި ކުންފުނިތަކަށް 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އަންނަ އަހަރުން ފެށިގެން ބަޖެޓްގެ 15 ޕަސެންޓް ޗައިނާގެ ލޯންތައް ދައްކަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޗައިނާ ކޮމިއުނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) ކުންފުނިން އެޅި ސިނަމާލެ ބްރިޖުން މިސާލު ނަންގަވައި ނަޝީދު ވިދާޅުވީ އެ ބްރިޖު އަޅައި ދިނުމަށް އިންޑިއާގެ ޖީއެމްއާރުން 77 މިލިއަން ޑޮލަރުގެ ކޯޓޭޝަނެއް ހުށަހެޅި ކަމަށެވެ. އެކަމަކު ޗައިނާގެ ކުންފުނިން ހުށަހެޅި އަގު ބޮޑު ކަމަށް ވިދާޅުވެ، އެ ކުންފުންޏަށް 300 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
MMA data shows the foreign debt is MVR 49.6 billion at the 1st Q of this year,equivalent to $ 3.21 billion. Total loans from China include $872 million concessional loans and $657 million preferential loans up to last Nov. it means $1.529 billion in total when projects complete. pic.twitter.com/h8JXZemEML
— Zhang Lizhong (@AmbassadorZhang) July 6, 2019
ޗައިނާގެ ސަފީރު ކުރެއްވި ޓުވީޓު.
ނަޝީދު އެގޮތަށް ވިދާޅުވެފައި ވަނިކޮށް، ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިނަމާލެ ބްރިޖު އެޅުމުގެ މަޝްރޫއަށް ހޭދަވީ 198 މިލިއަން ޑޮލަރު ކަމަށެވެ. އެއާއެކު ރާއްޖޭގައި ހިންގި ބައެއް މަޝްރޫއުތަކަށް ރާއްޖެ އިން ހޯދި ލޯނުތަކުގެ ތަފްސީލްތައް ވެސް ހިއްސާ ކުރެއްވި އެވެ.
ސީސީސީސީ އިން ހެދި ސިނަމާލޭ ބްރިޖްގެ މަސައްކަތުގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ދީފައިވާ ލޯނެވެ. މި މަޝްރޫ އަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި ސަފީރު ވިދާޅުވި ގޮތުގައި ރާއްޖެ އިން ދަރަނީގެ ގޮތުގައި އެކި ގައުމުތަކަށް ދައްކަން ޖެހޭ 3.21 ބިލިއަން ޑޮލަރުގެ ތެރެއިން ޗައިނާ އަށް ދައްކަން ޖެހޭނީ 1.53 ބިލިއަން ޑޮލަރެވެ.
ޗައިނާގެ އެހީ އާއި ލޯނު ނަގައިގެން މި ސަރުކާރުން ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ޕްރޮޖެކްޓަކުގެ ތެރޭގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީ އާއި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިމެނެ އެވެ.
ޗައިނާ އިން ނަގާފައިވާ ލޯނުތަކުގެ ތެރޭގައި ކޮންސެޝަނަލް ލޯނުގެ ގޮތުގައި ދީފައިވާ 872 މިލިއަން ޑޮލަރާއި ޕްރިފެރެންޝަލް ލޯނުގެ ގޮތުގައި 657 މިލިއަން ޑޮލަރު ހިމެނޭ ކަމަށް ސަފީރު ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު އެހީތެރިކަމެއްވި ގައުމަކީ ޗައިނާ އެވެ. މިދިޔަ ސަރުކާރުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އިގްތިސާދީ ގޮތުންނާއި ހާރިޖީ ގޮތުން ވެސް ވަރަށް ގާތް ގުޅުމެއް އޮތީ އުފެދިފަ އެވެ.
އާއްމުކޮށް، ޗައިނާ އަށް ފާޑު ވިދާޅުވާ ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ޗައިނާގެ ދަރަނީގެ މަޅިއަކަށް ރާއްޖެ ވެއްޓެމުންދާ ކަމަށެވެ. ޗައިނާ އަށް ރާއްޖެ ދަރާފައިވަނީ 3.2 ބިލިއަން ޑޮލަރު ކަމަށް އެ ގައުމުން ބުނާ ކަމަށާއި އެއީ ހަމަ އަގުތޯ ބަލަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަމަވެސް، ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު، ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި، ވިދާޅުވެފައި ވަނީ ޗައިނާ އަށް ދަރާފައި އޮތް އަދަދު 3.2 ބިލިއަން ރުފިޔާއާ ގާތް ވެސް ނުކުރާ ކަމަށެވެ.
ޗައިނާގެ ސަފީރު: ދޮގު މައުލޫމާތު ގަބޫލެއް ނުކުރެވޭނެ
ރަށްތައް އަތުލާ ވާހަކައިގެ އަސާސެއް ނެތް:ޗައިނާ
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ސަފީރުގެ ރައްދު: ޗައިނާއަކީ މާލީގޮތުން އެހީވާ ގައުމެއް
ޗައިނާ ލޯނުތައް ފަސޭހަ، އެކަމަކު މަޝްވަރާ ކުރާނެ
"ވަކިވެ މި ދަނީ ދިވެހިިންގެ ރީތި ހަނދާންތަކާއެކުގައި"
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން
ޗައިނާއާ އެކު ހެދި އެފްޓީއޭ މަރެއް ނުވޭ: ސައީދު