22 ސެޕްޓެމްބަރ 2020
ރާއްޖެއަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުތައް ނުދެއްކިއްޖެ ނަމަ އޭގެ ބަދަލުގައި އެ ގައުމަށް ރާއްޖޭގެ ރަށްތަކެއް ދޫކޮށްލަން ޖެހޭނެ ކަމަށް ދައްކާ ވާހަކަައިގެ އެއްވެސް އަސާސެއް ނެތް ކަމަށް ރާއްޖޭގައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުތައް ނުދެއްކިއްޖެ ނަމަ އޭގެ ބަދަލުގައި އެ ގައުމަށް ރާއްޖޭގެ ރަށްތަކެއް ދޫކޮށްލަން ޖެހޭނެ ކަމަށް ދައްކާ ވާހަކަައިގެ އެއްވެސް އަސާސެއް ނެތް ކަމަށް ރާއްޖޭގައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ރޭ ވިދާޅުވެއްޖެ އެވެ.
ޓްވިޓާގައި ހިއްސާކުރެއްވި ވީޑިއޯ މެސެެޖެއްގައި ސަފީރު ވިދާޅުވީ އެއްވެސް ގައުމަކަށް ދޫކޮށްފައިވާ ލޯނެެއްގެ ފައިސާ، އެގައުމަކަށް އުނދަގޫ ވަގުތެއްގައި ދައްކަން ޗައިނާއިން އެއްވެސް އިރެއްގައި ބާރު އަޅާފައި ނުވާނެ ކަމަށެވެ. މުސްތަގުބަލުގައި އެފަދަ ހާލަތެއް މެދުވެރި ވިޔަސް އެކަން ހައްލުކުރާނީ ބައިނަލް އަގުވާމީ އުސޫލުތަކާ އެއްގޮތަށް ދެފަރާތުން ވާހަކަ ދައްކައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައެއް މީހުން ދައުވާކުރާ ގޮތުގައި ދިވެހި ސަރުކާރަށް ޗައިނާގެ ލޯނުތައް ނުދެއްކިއްޖެ ނަަމަ ބަދަލެއްގެ ގޮތުގަައި ބިން ދޭން ނުވަތަ ރަށްތައް ދޭން ޗައިނާ އިން ބުނާނެ. އެކަހަލަ ދައުވާގެ އަސާސެއް ނެތް،" ޖަންގް ވިދާޅުވި އެވެ.
ލޯނުތައް ނުދެއްކިއްޖެ ނަމަ އެގޮތަށް ކަންތައް ކުރާނެ ކަމަށްް ބުނާ ފަރާތްތަކުން އެ ދައްކާ ވާހަކަ އަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ހަދައިގެން ދައްކާ ވާހަކައެއް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. އެއީ ތަރައްގީ ވަމުން އަންނަ އެހެން ގައުމުތަކާ ޗައިނާއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރުވަން ވެގެން ދައްކާ ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝޭޓިވްއަށް ހުރަސްއަޅަަން ދައްކާ ވާހަކައެއް ކަަމަށް ސަފީރު ތުހުމަތުކުރެއްވި އެވެ.
ސަފީރު ވިދާޅުވި ގޮތުގައި ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް އެއްބާރުލުމަކީ ރަޙުމަތްތެރިކަމާ އެކު ކުރި މަޝްވަރާތަކެއްގެ ނަތީޖާ އެވެ. އެއީ އެއް ފަރާތަކުން ހުރިހާ ނިންމުމެއް ނިންމާ ގޮތަށް އޮތް ގުޅުމެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.
"އަދި އެއީ އެއްފަރާތުގެ ފައިދާ އަނެއް ފަރާތުން ނަގާ ގޮތަށް އޮތް ގުޅުމެއް ވެސް ނޫން،" ޖަންގް ވިދާޅުވި އެވެ.
ޗައިނާއިން ލޯނުތައްް ދޫކުރަނީ ދަރަނީގެ މަޅިއަކަށް ވާ ގޮތަށް ކަމަށާއި އެގޮތުން ދޫކުރާ ލޯނުތައް ނުދެއްކިއްޖެ ނަމަ ރާއްޖޭގެ ރަށްތަކެއް އެގައުމާ ހަވާލުކުރަން ޖެހޭނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ތަކުރާރުކޮށްް ވިދާޅުވަމުންނެވެ. އެމަނިކުފާނު އެގޮތަށް ވާހަކަފުޅުދައްކަވާ ކޮންމެ ފަހަރަކު ޗައިނާގެ ފަރާތުން ސަފީރު ޖަންގް ރައްދު ދެއްވަ އެވެ.
މިފަހަރުގެ ވީޑިއޯ މެސެޖްތައް ވެސް ސަފީރު އާއްމުކުރެއްވީ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު އެ މޭރުމުން ވާހަކަފުޅުދެއްކެވުމުންނެވެ.
ޗައިނާގެ ސަފީރު: ދޮގު މައުލޫމާތު ގަބޫލެއް ނުކުރެވޭނެ
ލޯނުތަކާ ގުޅިގެން ނަޝީދާއި ޗައިނާ ސަފީރުގެ ދެބަސްވުމެއް
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
ޗައިނާ ލޯނުތައް ފަސޭހަ، އެކަމަކު މަޝްވަރާ ކުރާނެ
"ވަކިވެ މި ދަނީ ދިވެހިިންގެ ރީތި ހަނދާންތަކާއެކުގައި"
ދަރަނި ރިސްޓްރަކްޗާކުރަން މަޖިލީހުން ސަރުކާރަށް ލަފާދީފި
ލޯނު ފަސްކުރާ މަޝްވަރާގެ ނަތީޖާ ރަނގަޅުވާނެ: ސަފީރު
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
އިންޑިއާގެ ލޯނުތައް މާ ލުއިވާނެ: ފައްޔާޒު
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް