20 ސެޕްޓެމްބަރ 2020
ރާއްޖެ އަށް ޗައިނާ އިން ދޫކޮށްފައިވާ ލޯނުތައް ފަސްކޮށް ދިނުމުގެ މަޝްވަރާގެ ނަތީޖާ ރަނގަޅު ވާނެ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޒަންގް ލިއޮންގް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ޗައިނާ އިން ދޫކޮށްފައިވާ ލޯނުތައް ފަސްކޮށް ދިނުމުގެ މަޝްވަރާގެ ނަތީޖާ ރަނގަޅު ވާނެ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޒަންގް ލިއޮންގް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ޗައިނާ އިން ރާއްޖެ އަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށް ދިނުމުގެ މަޝްވަރާތައް ކުރިއަށް ދަނިކޮށް ކޮވިޑް-19 ބަލިމަޑުކަން ކުރިމަތިވާ ގުޅިގެން އިތުރު ދަތިތަކެއް ރާއްޖެ އަށް ކުރިމަތި ވެފައިވާ ކަން ގަބޫލު ކުރައްވާ ކަމަށެވެ. ސަރުކާރަށް ދޫކޮށްފައިވާ ލޯނުތައް ފަސްކޮށްދޭން ކުރިން ނިންމާފައިވާ ކަމަށާއި ކޮމާޝަލް ލޯނުތައް ފަސްކުރުމުގެ މަޝްވަރާގެ ނަތީޖާ ވެސް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ކުރިއަށް ދާ މަޝްވަރާތަކުގައި ރަނގަޅު ނަތީޖާތަކެއް އަޅުގަނޑުމެން ނެރެދޭނަން،" ސަފީރު ވިދާޅުވި އެވެ.
ލިއޮންގް ވިދާޅުވިގޮތުގައި، ކޮމާޝަލް ލޯނުތައް ގިނައިން ދޫކޮށްފައި ހުރީ ދިވެހި ސަރުކާރުގެ ކުންފުނިތަކަށް ކަމަށް ވާތީ އެ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ޗައިނާގެ ބޭންކްތަކަށް އެ ގައުމުން ބާރު އަޅަމުންދެ އެވެ.
ޗައިނާ އިން ރާއްޖެ އަށް ގިނަ އަދަދެއްގެ ލޯނު ދޫކޮށް، ދަރަނީގެ ދަންތުރައެއް ހަދާފައިވާ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒު ވިޔަސް އެ ގައުމުން ބުނަމުން ދަނީ ލޯނު ދެމުން ދަނީ ވަކި ކަމަކަށް މަޖުބޫރު ކޮށްގެން ނޫން ކަމަށެވެ. ލޯނުތަކުގެ އަދަދު ކަމަށް ބުނެ ދައްކަނީ ސައްހަ އަދަދެއް ނޫން ކަމަށް ވެސް ޗައިނާ އިން ބުނެފައިވެ އެވެ.
ރަށްތައް އަތުލާ ވާހަކައިގެ އަސާސެއް ނެތް:ޗައިނާ
ޗައިނާގެ ސަފީރު: ދޮގު މައުލޫމާތު ގަބޫލެއް ނުކުރެވޭނެ
ލޯނުތަކާ ގުޅިގެން ނަޝީދާއި ޗައިނާ ސަފީރުގެ ދެބަސްވުމެއް
"ވަކިވެ މި ދަނީ ދިވެހިިންގެ ރީތި ހަނދާންތަކާއެކުގައި"
ދަރަނި ރިސްޓްރަކްޗާކުރަން މަޖިލީހުން ސަރުކާރަށް ލަފާދީފި
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
ފެސިލިޓީ ހަދަން ޗައިނާ މަސައްކަތު މީހުންނާއި ތަކެތި
ރާއްޖޭން ޗައިނާއަށް 1 މިލިއަން ދަޅު މަސް ހަދިޔާކުރަނީ
ސްޓޭޑިއަމް އަޅާ ކުންފުނީގެ ވެރިން ރައީސް އަރިހަށް