17 އޮކްޓޯބަރ 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައޫދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައި އެނބުރި އިނގިރޭސި ވިލާތަށް މިއަދު ވަޑައިގެންފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައޫދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައި އެނބުރި އިނގިރޭސި ވިލާތަށް މިއަދު ވަޑައިގެންފި އެވެ.
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދައުވަތަކަށް އެ ގައުމުގެ ވެރިރަށް ރިޔާޒަށް ނަޝީދު ކުރެއްވީ އެއް ދުވަހުގެ ދަތުރުފުޅެކެވެ.
ނަޝީދާ އެއްކޮށް ސައޫދީ އަށް ވަޑައިގެންނެވި، އެމަނިކުފާނުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި އަހުމަދު ނަސީމު ޓުވިޓާގައި ވިދާޅުވީ އެއީ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.
ސައޫދީ އަރަބިއްޔާ އަށް ނަޝީދު ކުރެއްވި ދަތުރުފުޅުގެ ތަފްސީލެއް ނަސީމް ނުދެއްވަ އެވެ. އަދި ދަތުރުފުޅުގައި ބައްދަލު ކުރެއްވި ބޭފުޅެއް ނުވަތަ ދެއްކެވި ވާހަކައެއް ވެސް ހާމައެއް ނުކުރައްވަ އެވެ.
ނަޝީދުގެ ދަތުރުފުޅާ ގުޅޭ އެއްވެސް ތަފްސީލެއް އެމަނިކުފާނުގެ ފަރާތްޕުޅުން އަދި އެމްޑީޕީން ވެސް މިހާތަނަކަށް ނުދެ އެވެ.
ސައޫދީ ނޫސްވެރިޔާ ޖަމާލް: ސައޫދީ ކޮންސިއުލޭޓް ތެރޭގައި ޖަމާލް މަރާލާފައިވާ ކަމަށް ތުރުކީ އޮފިޝަލުން ތުހުމަތު ކުރޭ -- މިހާރު ފައިލް ފޮޓޯ
ސައޫދީ ރަސްގެފާނުގެ ދައުވަތު ގަބޫލުފުޅު ކުރައްވައި ނަޝީދު އެ ގައުމަށް ދަތުރުފުޅެއް ކުރައްވާފައި މިވަނީ ކަންބޮޑުވާ ފަދަ ގޮތަކަށް ސައޫދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގްޖީ ގެއްލިފައި ވަނިކޮށެވެ.
ޖަމާލް އެންމެ ފަހުން ފެނިފައި ވަނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓަށް މި މަހުގެ ދެވަނަ ދުވަހު ވަންނަނިކޮށެވެ. ތުރުކީ ސަރުކާރުގެ އޮފިޝަލުން ބުނަނީ ކޮންސިއުލޭޓް ތެރޭގައި ޖަމާލް މަރާލާފައިވާ ކަމަށެވެ.
ނޫސްވެރިޔާގެ މައްސަލައިގައި އެއްޗެކޭ ވިދާޅު ނުވެ ނަޝީދު ސައޫދީ އަށް ވަޑައިގަތުމުން ގިނަ ބަޔަކު އެކަމަށް ވަނީ ފާޑުކިޔައިފަ އެވެ. އެ ދަތުރުފުޅުގެ ތަފްސީލު ދިނުމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ގޮވާލައިފަ އެވެ.
ޖަމާލްގެ މައްސަލައިގައި ސައޫދީ ސަރުކާރާ އެކު ދިވެހި ސަރުކާރު އޮތް ކަމަށް ބުނެ ފޮރިން މިނިސްޓްރީން ވަނީ ބަޔާނެއް ނެރަފަ އެވެ.
ނޫސްވެރިޔާ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ނުހިންގައިފި ނަމަ ސައޫދީއާ ދެކޮޅަށް ދަތިރި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބައެއް ގައުމުތަކުން ބުނެފައިވާތީ އެކަމާ ދެކޮޅަށް ވެސް ރާއްޖެއިން ވާހަކަ ދައްކާފައިވެ އެވެ.
"ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ ބިރު ދައްކައި ނުވަތަ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ސިޔާސީ ގޮތުން ޕްރެޝަރުކޮށް، އެއްވެސް ގައުމެއްގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫ އަރާނެ ކަމެއް ކުރުން ދިވެހިރާއްޖެ އިން ކުށްވެރި ކުރަން،" ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
ނަޝީދުގެ ސައުދީ ދަތުރުފުޅަށް އެތައް ބައެއްގެ ފާޑުކިޔުން
ޚާޝުގްޖީގެ މަރުން ރިލްވާންގެ ހަނދާންތައް!
ފ. އަތޮޅު ދީފި ނަމަ ހަރުކަށި ފިކުރު ފެތުރޭނެ
11 އަހަރަށް ފަހު ނަޝީދާއި ވަހީދު އެއްމޭޒަކުން!
ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ނަޝީދުގެ ވާހަކަފުޅާ މެދު ޝަހީމްގެ ނުރުހުން!
ނޫސްވެރިޔާގެ މައްސަލައިގައި ރާއްޖެ ސައޫދީއާ އެކު
ރަސްގެފާނުގެ ދައުވަތަކަށް ނަޝީދު ސައުދީއަށް
މަންދޫބުންނަށް ގައުމުތަކުން ދިނީ ފުރަގަސް: އިދިކޮޅު
ފ. މަޝްރޫއު ނުހުއްޓޭ، މަޝްރޫއު ގެންނާނެ:އަލީ އާރިފް