ސައޫދީ އަރަބިއްޔާ އިން ފ. އަތޮޅުގައި ފަށާ އަގު ބޮޑު މަޝްރޫއުގެ މަގްސަދަކީ އިރުމަތީ އޭޝިއާ އަށް އެ ގައުމުން ކުރާ ތެލުގެ ވިޔަފާރި އަށް ރައްކާތެރިކަން ހޯދައިދިނުން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
06 މާޗް 2017
ސައޫދީ އަރަބިއްޔާ އިން ފ. އަތޮޅުގައި ފަށާ އަގު ބޮޑު މަޝްރޫއުގެ މަގްސަދަކީ އިރުމަތީ އޭޝިއާ އަށް އެ ގައުމުން ކުރާ ތެލުގެ ވިޔަފާރި އަށް ރައްކާތެރިކަން ހޯދައިދިނުން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކްލައިމެޓް ހޯމް އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ސައޫދީން ވަނީ ބައިނަލްއަގްވާމީ ކަންކަމާ ގުޅޭ ގޮތުން އެ ގައުމުން ދެކޭ ގޮތް ދިވެހިންނަށް ހާމަކޮށްދީފައި ކަމަށާއި އަދި ރާއްޖޭގައި ފައި ސާބިތު ކުރަން ނިންމީ އެކަމުގައި އެކަށީގެންވާ ވަރަށް ދިވެހިންގެ ހަމްދަރުދީ ލިބުމުން ކަމަށެވެ.
"ސައުދީން ބޭނުން ވަނީ އެ މީހުންގެ ވިޔަފާރި ދަތުރުތަކުގެ ރައްކާތެރިކަމަށް ރާއްޖޭގައި ބޭސްއެއް ގާއިމުކޮށް، އެ ތަނުގައި އެކަމާ ގުޅޭ އިންފްރާސްޓްރަކްޗާ ގާއިމު ކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ކްލައިމެޓް ހޯމް އިން ބުނި ގޮތުގައި ސައޫދީ ރަސްކަމުގެ އިގްތިސޯދީ ކުރިމަގު ގުޅިފައި އޮތީ، އެ ގައުމުން ޗައިނާ އަށް ކުރާ ތެލާއި ގޭހުގެ ވިޔަފާރިއާ އެވެ. އަދި އިންޑިއާ ކަނޑު މެދުވެރިކޮށް ކުރާ މި މި ވިޔަފާރި އަށް، ކަނޑުފޭރޭ މީހުންގެ ހިޔަނި އެޅިފައިވާކަން ވެސް އެ ނޫހުން ފާހަގަ ކުރި އެވެ.
ސައޫދީ އަށް ފ. އަތޮޅު "ވިއްކާލުމަކީ" ގަބޫލުކުރަން އުނދަގޫ ނިންމުމެއްކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެ ގައުމުން މިހާރު ކުރަން އެ އުޅެނީ ނުރައްކާތެރިކަމެއް ކަމަށެވެ.
މިކަން އެމަނިކުފާނު އަޅައި ކިޔުއްވީ ދެކުނު ޗައިނާގެ ކަނޑުގައި އޮންނަ ރަށްތަކުގައި ޗައިނާ އިން އަސްކަރީ ވަސީލަތްތައް ގާއިމު ކުރުމާ އެވެ.
"މިއީ އެއަށް ވުރެ ނުރައްކާތެރި ކަމެއް. އެއީ އަޑީގައި ފިލައި ތިބުމަށް ފަހު އެ ނުކުންނަނީ އެ މީހުން ބޭނުންވީމައި،" ނަޝީދު ވިދާޅުވި އެވެ.
އެކަމަކު އެ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވޮޝިންޓަނުގައި ހުންނަ ގަލްފް ސްޓޭޓްސް އެނެލެޓިކްސްގެ ސީނިއާ އެޑްވައިޒަރު ޑރ. ތިއޯޑޯ ކަރަސިކް ވިދާޅުވީ ރާއްޖޭގައި ސައޫދީން އަސްކަރީ މަރުކަޒެއް ގާއިމު ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެކުވެރި ގައުމުތައް ސައޫދީން ބޭނުން ކުރަނީ އެ ގައުމުގެ ސްޓްރެޓެޖިކް ގޯލްތައް ހާސިލް ކުރުމަށް ކަމަށާއި ރާއްޖޭގައި އެ ފަދަ ބިޔަ މަޝްރޫއެއް ފެށުމުގެ މަގްސަދަކީ ގަލްފާއި އިރުމަތީ އޭޝިއާ ގުޅުވާލުން ކަމަށެވެ.
އަދި ޗައިނާއާ އެކު ސައޫދީން ކުރާ އެ ވިޔަފާރި، ކަނޑުފޭރޭ މީހުންގެ ކިބައިން ސަލާމަތް ކުރަން އެކުވެރިގައުމުތަކާ އެކު ގުޅުން ބަދަހި ކުރުން މުހިއްމުކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ފ. އަތޮޅު ސައުދީ އަރަބިއްޔާ އަށް ވިއްކާލާކަމަށް ބުނާ ވާހަކަތައް ރައީސް އަބްދުﷲ ޔާމީން ވަނީ ދޮގު ކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ފ. އަތޮޅު ވިއްކާލާ ވާހަކަތަކަކީ އުފެދިގެން ވާނެ ސުވާލެއް ނޫން ކަމަށާއި އެ އަތޮޅުގައި ހިންގަނީ 10 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ޗާޓުގެ އެންމެ ކުރި އަށް ރާއްޖެ އަރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
ފ. މަޝްރޫއު ނުހުއްޓޭ، މަޝްރޫއު ގެންނާނެ:އަލީ އާރިފް
ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރުމުން މަރުހަބާ ކިޔައިފި
ކުރިއަށް ދާނީ ފ. އަތޮޅުން ދެއްކި މިސާލުން: އަމީތު
ފ. ގެ މައްސަލާގައި ބިރުދެއްކުން ހުއްޓާލަން ގޮވާލައިފި
"ސައޫދީ ސަރުކާރުން ރާއްޖޭގެ އަތޮޅެއް ގަންނާކަށް ނޫޅޭ"
ފ. އަތޮޅުގެ މުއާމަލާތް ހިނގަނީ އަނދިރީގެ ތެރޭގައި
ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީގެ ގަރާރެއް
ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީ މެމްބަރުންގެ ތާއީދު
ފ. އަތޮޅަށް ހަދާ ގޮތެއް އެނގެން ޖެހޭނެ: ކައުންސިލް
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ