16 ސެޕްޓެމްބަރ 2018
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް މިނިވަން ނުކޮށް، ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަކީ "އަނިޔާގެ އިންތިހާ" ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް މިނިވަން ނުކޮށް، ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަކީ "އަނިޔާގެ އިންތިހާ" ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ ފެބުރުއަރީ މަހު 1 ގައި ނެރުނު އަމުރާ ގުޅިގެން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، މާޗް، 2، 2018 ގައި ރިޔާޒް ހައްޔަރުކުރީ މުޒާހަރާއަކުންނެވެ. އެކަމަކު ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން މިދިޔަ އޭޕްރީލް މަހު ހައި ކޯޓުން ހުކުމް ކުރީ ފުލުހުންގެ ތަހުގީގަކަށް އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލައިގަ އެވެ.
އެ ހުކުމް، އިއްޔެގެ ނިޔަލަށް ތަންފީޒުކޮށް ނިމިފައިވާތީ، ރިޔާޒް ބަންދުގައި ބެހެއްޓޭނެ އެއްވެސް އަސާސެއް ނެތް ކަމަށް އޭނާގެ ގާނޫނީ ވަކީލުން ބުނެ އެވެ.
ރިޔާޒްގެ އަނބިކަނބަލުން، އައިޝަތު ނަދާ "މިހާރު" އަށް ވިދާޅުވީ "ރިޔާޒު ބަންދުން ދޫނުކޮށް ހިފަހައްޓާފައި ވަނީ ގާނޫނާ ޚިލާފަށް" ކަމަށެވެ. އޭނާ ބަންދުކުރީ ވެސް ނުހައްގުން ކަމަށާއި ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް މިނިވަން ނުކުރުމަކީ ބޭއިންސާފެއް ކަމަށް ވިދާޅުވި އެވެ.
"ނުހައްގުން ޖަލަށް ލައި ދެމުންދާ އަނިޔާ އާއި އާއިލާ އަށް ކުރިމަތިކުރުވާ ނިކަމެތި ހާލަތުން، ރިޔާޒުގެ ހިތްވަރަށް ބަދަލެއް ނާންނާނެ. މާދަމާ ދޫކޮށްލިއަސް ހުންނާނީ ސާބިތުކަންމަތީގައި. ކިތަންމެ އަނިޔާއެއް ދިނަސް ބޭއިންސާފަށް ރިޔާޒު ބޮލެއް ނުލަނބާނެ،" ނަދާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން އެކުލަވާލި ކޯލިޝަންގައި އެންމެ އިސްކޮށް ޖުމްހޫރީ ޕާޓީގެ ފަރާތުން އޭރު މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ރިޔާޒެވެ. ބައެއް ކަންކަން ކުރައްވަނީ ގާނޫނީ އިމުން ބޭރުގައި ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް އޭނާ ފާޑުވިދާޅުވަމުން ގެންދެވި އެވެ. އެއާއެކު، ރިޔާސީ އިންތިޚާބަށް އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރެން ލީޑަރުންގެ ފަރާތްޕުޅުން މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ވެސް ރިޔާޒެވެ.
ނަދާ ދެކެވަޑައިގަންނަވާ ގޮތުގައި، ގާނޫނާ ޚިލާފަށް ރިޔާޒް ބަންދުކުރީ، ސިޔާސީ ގޮތުން އޭނާ ކުރެއްވި މަސައްކަތް ހުއްޓުވާލައި، އަޑު ކަނޑުވާލުމަށެވެ. އެހެންކަމުން މި ސަރުކާރުގައި ރިޔާޒަށް އިންސާފު ލިބި މިނިވަން ކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އެނާ ވިދާޅުވީ ގާނޫނީ އިމުގެ ތެރޭގައި މިނިވަން މުއައްސަސާތަކުން މަސައްކަތް ކުރަން ފެށި ދުވަހަކުން، ރިޔާޒަށް ވެސް އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައި ހުންނެވި ކަމަށެވެ.
ރިޔާޒް، ބަންދުން ދޫނުކޮށް ހިފަހައްޓާފައިވަނީ، ޖަލަށް ލުމަށް ހުކުމް ކުރުމުގެ ކުރިން، އޭނާ ބަންދުގައި ބަހައްޓަން ނެރެފައިވާ އަމުރަށް ރިއާޔަތްކޮށްގެން ކަމަށް ކަރެކްޝަންސް އިން އަންގާފައިވާ ކަމަށް ވަކީލުން ބުންޏެވެ. ޝަރީއަތް ނިމެންދެން ރިޔާޒް ބަންދުކުރަން އަމުރުކުރީ އޭނާގެ މައްޗަށް މިދިޔަ އަހަރު އުފުލާފައިވާ، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެންނެވެ.
"ނަމަވެސް ޝަރީއަތުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމަށް ބަދަލުކުރެވޭ ހިސާބުން ފެށިގެން އޭގެ ކުރިން އެ މީހާގެ މައްޗަށް އެހެން ހުރިހާ މައްސަލަތަކެއްގައި ކޮށްފައިވާ ބަންދު އަމުރުތައް ބާތިލްވެގެންދާކަމީ އެއާ މެދު ދެބަސްނުވެވޭނެ ކަނޑައެޅިގެން އެނގެން އޮތް ސާފު އަމަލީ އުސޫލެކެވެ. އަދި އެއީ މިއަދާ ހަމައަށް ވެސް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަމަލުކުރަމުން ގޮސްފައިވާ ގާނޫނީ އުރުފެކެވެ،" ވަކީލުން އިއްޔެ ނެރުނު ބަޔާނުގައި ވެ އެވެ.
ކަރެކްޝަންސްގެ ބަންދުގައި ރިޔާޒު ބަހައްޓަން ބުނާ މައްސަލަތަކުގެ ޝަރީއަތްތައް އަދި ނުފަށަ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 140 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ޝަރީއަތް ފެށުމުގެ މުއްދަތު ހަމަވެފައިވާތީ ބާތިލް މައްސަލަތަކެއް ކަމަށް ވެސް ބަޔާނުގައި ވަކީލުން ބުންޏެވެ.
ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނީ އަސާސެއް ނެތި
ރިޔާޒަކީ ކުށްވެރިއެއް ނޫން، އަނިޔާ ނުދީ: ޖޭޕީ
ރިޔާޒް އޮންނަވާ ގޮޅީގެ ހާލަތު ރަނގަޅެއް ނޫން: އާއިލާ
ގައިދީންނާ ބައްދަލުކުރަން ވަނީ ދަތިކޮށްފައި: ވަކީލުން
ޖަރުމަން ސަރުކާރުގެ ހުއްދައަކާއެކު ގާސިމް ޖަރުމަނަށް
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ
ޖަލު އޮޕަރޭޝަން: ފޯނާއި ސިމް ކާޑާއި މަސްތުވާތަކެތި
ސްކޭމާއި ޓެރަރިޒަމަށް ތުހުމަތުކޮށް ޖަލު ފާސްކުރަނީ
އެންމެ ގިނަ ސިމް ރާއްޖޭގައި ނޫޅޭ ބިދޭސީންގެ ނަމުގައި!
ސްކޭމް ކޯލް: ނުހުއްޓުވެނީތަ، ނުހުއްޓުވަނީތަ؟