ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކޮށް މިއަދު ނިމިފައިވާތީ އޭނާ ބަންދުގައި ބަހައްޓާފައިވަނީ ގާނޫނީ އެއްވެސް އަސާސެއް ނެތި ކަމަށް އޭނާގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
15 ސެޕްޓެމްބަރ 2018
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކޮށް މިއަދު ނިމިފައިވާތީ އޭނާ ބަންދުގައި ބަހައްޓާފައިވަނީ ގާނޫނީ އެއްވެސް އަސާސެއް ނެތި ކަމަށް އޭނާގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން މިދިޔަ އޭޕްރީލް މަހު ހައި ކޯޓުން ހުކުމް ކުރީ ފުލުހުންގެ ތަހުގީގަކަށް އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލައިގަ އެވެ. އެ މައްސަލައިގައި ޖަލަށްލާން ހުކުމް ކުރުމުގެ ކުރިން ވެސް މިދިޔަ މާޗު މަހުން ފެށިގެން ރިޔާޒް ހުރީ ބަންދުގަ އެވެ.
ރިޔާޒުގެ ވަކީލުން ނެރުއްވި ބަޔާނުގައި ބުނީ މެންދުރު 2:00 ގައި ރިޔާޒުގެ ހުކުމް ތަންފީޒުކުރައްވާފައިވާ ކަމަށެވެ. އެހެންވެ އޭނާ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިވަނީ ގާނޫނީ އަސާސެއްނެތި ކަމަށް ވާތީ އެއީ އާބިޓްރަރީކޮށް ކަމުގައި ދެކޭ ކަމަށް ވެސް ވިދާޅުވެފައި ވެ އެެވެ.
އޭނާ ބަންދުން ދޫނުކޮށް ހިފަހައްޓާފައިވަނީ، ޖަލަށް ލުމަށް ހުކުމް ކުރުމުގެ ކުރިން، ރިޔާޒު ބަންދުގައި ބަހައްޓަން ނެރެފައިވާ އަމުރަށް ރިއާޔަތްކޮށްގެން ކަމަށް ކަރެކްޝަންސް އިން ރިޔާޒަށް އަންގާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ އޭނާގެ މައްޗަށް މިދިޔަ އަހަރު އުފުލާފައިވާ، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެންނެވެ.
"ނަމަވެސް ޝަރީއަތުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމަށް ބަދަލުކުރެވޭ ހިސާބުން ފެށިގެން އޭގެ ކުރިން އެ މީހާގެ މައްޗަށް އެހެން ހުރިހާ މައްސަލަތަކެއްގައި ކޮށްފައިވާ ބަންދު އަމުރުތައް ބާތިލްވެގެންދާކަމީ އެއާމެދު ދެބަސްނުވެވޭނެ ކަނޑައެޅިގެން އެނގެން އޮތް ސާފު އަމަލީ އުސޫލެކެވެ. އަދި އެއީ މިއަދާ ހަމައަށް ވެސް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަމަލުކުރަމުން ގޮސްފައިވާ ގާނޫނީ އުރުފެކެވެ،" ވަކީލުންގެ ބަޔާނުގައި ވެ އެވެ.
ކަރެކްޝަންސްގެ ބަންދުގައި ރިޔާޒު ބަހައްޓަން ބުނާ މައްސަލަތައް މިއަދާ ހަމައަށް އައިއިރު ވެސް ޝަރީއަތް ނުފަށާ ކަން ވެސް ވަކީލުން ފާހަގަކުރެއްވި އެވެ. އެގޮތުން އެ މައްސަލަތަކަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 140 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ޝަރީއަތް ފެށުމުގެ މުއްދަތު ހަމަވެފައިވާ ބާތިލް މައްސަލަތަކެއްކަން ކަމަށް ބަޔާނުގައި ބުންޏެވެ.
އެ ގާނޫނު ބުނާގޮތުން، ހައްޔަރު ނިސްބަތްކުރެވިފައިވާ މައްސަލައެއްވާނަމަ އެ މައްސަލައެއްގެ ޝަރީއަތުގެ ލިޔެކިޔުންތައް ލިބޭތާ 70 ދުވަހުގެ ތެރޭގައި ފަށަން ޖެހޭނެ އެވެ. އެހެންވެ ޝަރީއަތް ފެށުމުގެ މުއްދަތު ހަމަވެފައިވާ މައްސަލަތައް އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ވަނީ ގޮވާލައްވައިފަ އެވެ.
ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް މިނިވަންނުކޮށް ބަހައްޓަން އިރުޝާދު ދިން ފަރާތްތަކާއި އެ އަމަލު ތަންފީޒުކުރި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅިގެންދާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ރިޔާޒަށް ހުކުމް ކުރުން މިއަދަށް ތާވަލުކޮށްފި
ރިޔާޒް އަނިޔާއަކަށް ބޮލެއް ނުލަނބާނެ: އާއިލާ
ފައިސަލް ނަސީމްގެ ޕާސްޕޯޓު ވެސް ދޫކޮށްލައިފި
ރިޔާޒަކީ ކުށްވެރިއެއް ނޫން، އަނިޔާ ނުދީ: ޖޭޕީ
ރިޔާޒް އޮންނަވާ ގޮޅީގެ ހާލަތު ރަނގަޅެއް ނޫން: އާއިލާ
ފާރިސް މާފުށީ ޖަލަށް ބަދަލުކޮށްފި
ރިޔާޒުގެ ޕްރައިވެޓް ސެކިއުރިޓީގެ ފޯނު ހިފަހައްޓައިފި
ރިޔާޒަށް ކުރާ ތުހުމަތެއް އަދިވެސް ނުބުނޭ:އަލީ ހުސެއިން
"ބަޣާވާތްކުރަން ވެސް އިދިކޮޅުގައި ހިތްވަރެއް ނެތް"
ޖަރުމަން ސަރުކާރުގެ ހުއްދައަކާއެކު ގާސިމް ޖަރުމަނަށް