ފުލުހުންގެ ތަހުގީގަށް ފޯނެއް ހުޅުވައި ނުދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ކުރާ ދައުވާ ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދަށް ތާވަލުކޮށްފި އެވެ.
09 ޖުލައި 2017
ފުލުހުންގެ ތަހުގީގަށް ފޯނެއް ހުޅުވައި ނުދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ކުރާ ދައުވާ ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދަށް ތާވަލުކޮށްފި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ، މިދިޔަ މާޗް މަހު ފުލުހުންގެ ތަހުގީގެއްގައި ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން ރިޔާޒް އެކަން ނުކުރި ކަމަށް ބުނެ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް 10:30 ގައި ހާޒިރުވެވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ވަނީ ރިޔާޒަށް އަންގައިފަ އެވެ.
އާ ގާނޫނުލް އުގޫބާތް ބުނާ ގޮތުން ފުރަތަމަ އޮންނާނީ ކުށް ސާބިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ. ކުށް ސާބިތުވެއްޖެ ނަމަ ދައުލަތުގެ ވަކީލާއި ދިފާއީ ވަކީލުންނަށް، ހުކުމާ މެދު ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެ އެވެ. ބައެއް މައްސަލަތަކުގައި ކުށް ސާބިތުކުރުމާއި ހުކުމް އިއްވުން އޮންނަނީ ދެ ދުވަހެއްގަ އެވެ.
އަޑުއެހުންތައް ނިންމާފައިވާ މައްސަލަ އަނބުރާ ގެންދަން ރިޔާޒު ވަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެ ދައުވާ އަނބުރާ ގެންދަން ޕީޖީގެ ކިބައިން އޭނާ އެދިވަޑައިގަތީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން، ތިމާއާ ދެކޮޅަށް ދައުވާއެއް އުފުލިދާނެ ފަދަ މައުލޫމާތެއް ނުދިނުމަކީ ހަނު ހުރުމުގެ ތެރޭގައި ހިމެނޭނެ ކަމެއް ކަމަށް އެ ގާނޫނުގައި ބުނެފައިވާތީ އެވެ.
ޕީޖީ އައިޝަތު ބިޝާމަށް ރިޔާޒް ފޮނުއްވި ސިޓީއެއްގައި ވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނު އޮތްގޮތުން، ފޯނެއްގެ ކޯޑު ޖަހައި، އެ ފޯނު ހުޅުވައި ނުދީގެން ދައުވާ ކުރުމަކީ އެ ގާނޫނުގެ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށެވެ. ފަހުން ހެދޭ ގާނޫނަކީ ތުހުމަތު ކުރެވޭ މީހާ އަށް ފައިދާވާ ގޮތަށް އޮތް ގާނޫނެއް ނަމަ އެ ގާނޫނު، މާޒީގައި ހިނގާފައިވާ ކަންކަމަށް ވެސް ހިނގާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަން ފާހަގަކުރައްވައި އެ ސިޓީގައި ރިޔާޒް އެދިވަޑައިގެންފައިވަނީ ދައުވާ އަނބުރާ ގެންދިއުމަށެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 48 ވަނަ މާއްދާގެ ބުނާ ގޮތުން ތުހުމަތު ކުރެވޭ މީހާގެ ކިބައިން އަތު ލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާނެއް ނުވަތަ ހަށިގަނޑުގެ ބޭރުން ނުވަތަ ހަށިގަނޑުގެ އެތެރެއިން ސާމްޕަލެއް ހޯދަން އެދޭ ހާލަތުގައި އެއިން ސާމްޕަލެއް ނުދިނުމަކީ ނަފްސާ ދެކޮޮޅަށް ބަޔާން ނުދިނުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެ ގާނޫނުގެ 49 ވަނަ މާއްދާގެ ރ. ގައި ބުނަނީ ވަކި އެއްޗެއް އޮތް ތަނެއް ނުވަތަ ވަކި ތަނެއް ހުޅުވޭނެެ ގޮތް ނުވަތަ ތަޅުދަނޑިއެއް ނުވަތަ ޕާސްވޯޑެއް ނުވަތަ ތަނެއް ހުޅުވޭނެ ނަމްބަރުތަކެއް ބުނެދިނުމަކީ ހަނު ހުރުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
ރިޔާޒްގެ ޝަރީއަތް ހިނގިއިރު ކޯޓުގައި އޭނާގެ ދިފާއީ ވަކީލުން ވަނީ ފޯނު ހުޅުވައި ނުދިނުމަކީ ހަނު ހުރުމުގެ ހައްގު ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެފަ އެވެ. ރައްދުގައި ދައުލަތުން އޭރު ކޯޓުގައި ބުނެފައިވަނީ ފޯނު ހުޅުވަން ކޯޓަކުން އެންގުމުން އެކަން ކުރަން ޖެހޭނެ ކަމަށާއި އެފަދަ ހާލަތެއްގައި އެއީ ހަނު ހުރުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. ޕީޖީ އޮފީހުން ހިންގި އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން ރިޔާޒްގެ ދައުވާ އަނބުރާ ގެންދަން ވެސް އޭނާ ކުރިން އެދިވަޑައިގަތެވެ. އެކަމަކު ޕީޖީން އޭރު ނިންމާފައި އޮތީ ރިޔާޒްގެ ދައުވާ އަނބުރާ ނުގެންދިއުމަށެވެ.
ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނީ އަސާސެއް ނެތި
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ސައުދުގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފި
ރިޔާޒާއި ފަލާހް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
އަޅުގަނޑު މިހުރީ ގަދަކޮށް، ދޫނުދެއްވާތި: ފާރިސް
ރިޝްވަތުގެ ތުހުމަތު ކުރެވޭ ޝާފިއުގެ ބަންދަށް 5 ދުވަސް
ގާސިމް ހައްޔަރުކުރި ނަމަވެސް ހަރަކާތްތައް ނުހުއްޓާނެ
އިންޒާރު ދިން ކަމަށް ބުނެ ހައްޔަރުކުރި މީހާ ދޫކޮށްފި
އަލީ ރަޝީދުގެ މައްސަލަ ބަލަން އިދިކޮޅުން ގޮވާލައިފި