10 އެޕްރީލް 2018
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އޮންނަވާ ގޮޅީގެ ހާލަތު ރަނގަޅު ނޫން ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އޮންނަވާ ގޮޅީގެ ހާލަތު ރަނގަޅު ނޫން ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ރިޔާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން އޭނާ ހުންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން މާފުށީ ޖަލުގަ އެވެ.
ރިޔާޒްގެ ބޭބެ، އަހުމަދު ރިޔާޒް "މިހާރު" އަށް ވިދާޅުވީ ރިޔާޒް ހުންނަވާ ގޮޅީގެ ހާލަތު ވަރަށް ދަށް ކަމަށެވެ. އެގޮތުން ގޮޅީގައި ހުންނަ ފަންކާ އިން ގޮވާ އަޑާ ހެދި އެއްގޮތަކަށް ވެސް ރިޔާޒަށް ނުނިދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގޮޅިން ރިޔާޒް ނެރެނީ ގަޑިއިރަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފައިގެ ނިޔަފަތީގައި އިންފެކްޝަނެއް ހުރީމަ މިދިޔަ މާޗް 26 ގައި އެކަން (ކަރެކްޝަންސް) ސަމާލު ކަމަށް ގެނައި. އެކަމަކު އެކަމަށް ވެސް އަޅައެއް ނުލާ،" އަހުމަދު ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އޭނާގެ ކޮއްކޮ އާ މެދު ތަފާތުކުރުންތައް ގެންގުޅެމުން އަންނާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"މައުލޫމާތު ލިބިފައިވާ ގޮތުން މިއީ ރައީސް އަބްދުﷲ ޔާމީންގެ ބޭނުމަށް، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އަންގަވައިގެން ކުރާ ކަންކަން،" އަހުމަދު ރިޔާޒް ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހު އިއުލާން ކުރި ކުއްލި ނުރައްްކަލުގެ ހާލަތުގެ ދަށުން ރިޔާޒް ހައްޔަރު ކޮށްފައި ވަނިކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އަމުރުކުރީ އޭނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެންނެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ނިންމި ނިންމުން އަލުން މުރާޖާ ކޮށްދިނުމަށް އޭނާގެ ވަކީލުން ވަނީ ކޯޓުގައި އެދިފަ އެވެ.
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާގެ އިތުރުން ރިޔާޒްގެ މައްޗަށް ދައުވާކުރާ އިތުރު ދެ މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ.
އެއީ މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަތް މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރާ ދައުވާ އަކާއި ފުލުހުންގެ ތަހުގީގެއްގައި ރިޔާޒްގެ ފޯނު ހުޅުވައި ނުދިން މައްސަލާގައި ރިޔާޒާ ދެކޮޅަށް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ އެކެވެ.
ރިޔާޒަކީ ކުށްވެރިއެއް ނޫން، އަނިޔާ ނުދީ: ޖޭޕީ
ރިޔާޒް އަނިޔާއަކަށް ބޮލެއް ނުލަނބާނެ: އާއިލާ
ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނީ އަސާސެއް ނެތި
ނާޒިމާއި ރިޔާޒް، ލޮލުގެ ޑޮކްޓަރަކަށް ދައްކައިފި
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ
"ގާސިމްގެ ފަރުވާ އަށް އިތުރު މުއްދަތެއް ދެވޭކަށް ނެތް
ގާސިމް އިތުރު ފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގެންފި
ގާސިމާ މެދު އަމަލުކުރަނީ ހެޔޮ ނިޔަތަކު ނޫން: ޖޭޕީ
ގާސިމަށް ކުރިމަތިވީ ހާޒިރުނުވެވޭ ބައްޔެއް ނޫން: ކޯޓު
ގާސިމް ގޭބަންދަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި