ހިތުގެ އާލާސްކަންފުޅާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޭބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ރޭ ނިންމައިފި އެވެ.
ހިތުގެ އާލާސްކަންފުޅާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޭބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ރޭ ނިންމައިފި އެވެ.
ގާސިމް ގޭބަންދަށް ބަދަލުކުރަން ނިންމި ކަމުގެ ލިޔުން ރޭ 11:23 ގައި އޭނާގެ ގާނޫނީ ވަކީލުންނާ ހަވާލުކޮށްފައިވާއިރު، އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން ކަމަށް ޖޭޕީން ބުންޏެވެ.
އެ ޕާޓީން ބުނީ ގާސިމް ގޭބަންދަށް ބަދަލުކުރަން ކަރެކްޝަނަލް ސާވިސް އިން ނިންމި ނަމަވެސް އޭނާގެ އާލާސްކަންފުޅު އަދިވެސް ރަނގަޅު ނުވާތީ، އޮންނަވާނީ ހޮސްޕިޓަލްގައި ކަމަށެވެ.
މި މަހުގެ 24 ގައި ބޭއްވި ގާސިމްގެ ޝަރީއަތުގެ ފަހު އަޑުއެހުމުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ކޯޓު ރޫމުގެ ތެރެއަށް ވެއްޓުމާއެކު، އެ ދުވަހުން ފެށިގެން ގާސިމް ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ.
އައިޖީއެމްއެޗުން ގާސިމް ބެއްލެވި، ހިތުގެ ޚާއްސަ ޑރ. އަލީ ޝަފީގް ލަފާ ދެއްވާފައިވަނީ ގާސިމްގެ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށެވެ. ކުރިން ތިން ފަހަރެއްގެ މަތިން މެޑިކާ އާއި އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވާއިރު، ގާސިމް ބެއްލެވި ހުރިހާ ޑޮކްޓަރުން ވެސް ލަފާދީފައި ވަނީ އޭނާ ރާއްޖެ އިން ބޭރަށް ގެންގޮސްގެން ފަރުވާ ދިނުމަށެވެ. ސަބަބަކީ އެ ފަރުވާ އަދި ޓެސްޓްތައް ރާއްޖެ އިން ހެދެން ނެތުމެވެ.
ނަމަވެސް ގާސިމް ބޭސްފަރުވާ އަށް ފުރުމުގެ ހުއްދަ ސަރުކާރުން ނުދީ އުޅޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އިދިކޮޅު ހަރަކާތުގެ ޖަލްސާއެއްގައި ގާސިމް ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ޖެހީ ވެސް ގާސިމް ބަލި ހާލަތުގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ. އެއީ ޖުމްހޫރީ ޕާޓީގެ ހަރުގެ ކުނޫޒްގައި ދެއްކެވި ވާހަކައިގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވުމުންނެވެ.
ނަމަވެސް އެ ހުކުމާ އެކު، ގާސިމަށް ރާއްޖެ އިން ބޭރުން ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަން ދައުލަތުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނުމަށް ފަހު، ގާސިމްގެ ހުކުމުގައި ހިމެނޭ، ބޭސްފަރުވާ އަށް އޭނާ ފޮނުވުމުގެ ބައި ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މިކަން މީޑިއާ އަށް އިއްޔެ އެނގިފައިވާއިރު، ގާސިމް އައިޖީއެމްއެޗުގައި އެޑްމިޓް ކުރި ފަހުން މިދިޔަ ހަތަރު ދުވަހު ވެސް ސަރުކާރުން ބުނަމުން އައީ ގާސިމް ބޭސްފަރުވާ އަށް ފޮނުވުމާ ގުޅޭ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ގާސިމްގެ އަރިހަށް މިދިޔަ ހޯމަ ދުވަހުގެ ރޭ އައިޖީއެމްއެޗަށް ވަޑައިގަތުމަށް ފަހު، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު "މިހާރު" އަށް ވިދާޅުވެފައި ވަނީ "ގާސިމް ބޭރަށް ފޮނުވުމާ ގުޅޭ ވަރަށް ގިނަ ކަންކަން މިހާރު ފުރިހަމަ ވެއްޖެ" ކަމަށެވެ.
"ދެން ހުރީ ވަރަށް މަދު ކަންތައްތަކެއް. ގާސިމް ރާއްޖެ އިން ބޭރަށް ފޮނުވުމަށްޓަކައި ފެސިލިޓޭޓް ކޮށްދޭންޖެހޭ ކަންކަން ވެސް ކޮށްދެމުން މި އަންނަނީ. އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ،" އަޒްލީން މިދިޔަ އަންގާރަ ދުވަހު މިހާރު އަށް ވިދާޅުވެފައިވެ އެވެ.
ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުން ލަސްވަނީ ކީއްވެތޯ "މިހާރު" ން އެ ދުވަހު ދެންނެވުމުން އަޒްލީން ވިދާޅުވީ އޭގެ ކުރިން ވަރަށް ގިނަ ކަންކަން ނިންމަންޖެހޭތީ ލަސްވީ ކަމަށެވެ.
ގާސިމާ މެދު އަމަލުކުރަނީ ހެޔޮ ނިޔަތަކު ނޫން: ޖޭޕީ
ގާސިމަށް ކުރިމަތިވީ ހާޒިރުނުވެވޭ ބައްޔެއް ނޫން: ކޯޓު
ގާސިމް މަރަށް ތެޅެނީ، މުއައްސަސާތައް ބަލަހައްޓައިގެން!
ގެއަށް ދޫކުރެވޭ ވަރަށް ވުރެ ގާސިމް ސީރިއަސް: ސަމީރު
ކަރެކްޝަންސް އިން ގާސިމާ ހަވާލުވެއްޖެ
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ
ކަރެކްޝަނުން ވަނީ ކޯޓުގެ ހުރުމަތް ކަނޑާފައި: ވަކީލުން
"ގާސިމްގެ ފަރުވާ އަށް އިތުރު މުއްދަތެއް ދެވޭކަށް ނެތް
ގާސިމް އިތުރު ފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސްގެ މަންދޫބެއްގެ ގޮތުން އަޒްލީން، ގާސިމް އަރިހަށް