ބޭސްފަރުވާއަކަށް ސިންގަޕޫރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެން ކަރެކްޝަނަލް ސާވިސް އިން ނިންމާފައިވާކަން "މިހާރު"އަށް އެނގިއްޖެ އެވެ.
01 އޮކްޓޯބަރ 2017
ބޭސްފަރުވާއަކަށް ސިންގަޕޫރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެން ކަރެކްޝަނަލް ސާވިސް އިން ނިންމާފައިވާކަން "މިހާރު"އަށް އެނގިއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވުމުގެ ކުށުގައި ތިން އަަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ގާސިމަށް ރާއްޖޭން ބޭރުގައި ފަރުވާ ހޯއްދަވަން ކަރެކްޝަނުން އެންމެ ފަހުން ދިން ހަތް ދުވަހުގެ މުއްދަތު މާދަމާ ހަމަވާނެ އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހަތް ދުވަހަށް ފަހު އިތުރަށް މުއްދަތު ދެވެން ނެތުމުން ގާސިމް ރާއްޖެ ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާސިމް ރާއްޖެ ވަޑައިނުގެންފި ނަމަ، އެ އޮންނަ އުސޫލެއްގެ ތެރެއިން އަމަލު ކުރާނެ އެވެ. އިތުރު ތަފްސީލެއް ނުދެއްވި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ކަރެކްޝަނުން މިހާރު ނިންމާފައި ވަނީ ގާސިމް ގެންނަން ފުލުހުންގެ އެހީތެރިކަން ހޯދާށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކަރެކްޝަނުން އެގޮތަށް ނިންމިޔަސް، ފުލުހުންގެ އެހީތެރިކަމަށް ރަސްމީކޮށް އަދިއެއް ނޭދެ އެވެ.
ސިިންގަޕޫރުގައި ގާސިމް ވަނީ ހިތުގެ އޮޕަރޭޝަނެއް ކުރައްވައިފަ އެވެ. އޭނާގެ ބޭސްފަރުވާއަށް އެންމެ ފުރަތަމަ ދެ ބުރެއްގެ މަތިން 20 ދުވަސް ދިނެވެ. އެކަމަކު ސިންގަޕޫރުގައި ގާސިމް ބައްލަވާ ޑޮކްޓަރުން ބުނެފައި ވަނީ ތިން މަސް ދުވަހު އެ ގައުމުގައި އޭނާ މަޑުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
މިދިޔަ މަހުގެ 25 ގައި ސިންގަޕޫރު އެއާލައިންސް އިން ރާއްޖެ ވަޑައިގަތުމަށް ގާސިމް މަސައްކަތް ކުރެއްވި އެވެ. އެކަމަކު އާއިލާ އިން ބުނީ، ހިތުގެ އޮޕަރޭޝަނާ ގުޅިގެން ގާސިމް ބޯޓަށް ނޭރުވި ކަމަށެވެ. އެހެންވެ ގާސިމަށް ރާއްޖެ ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.
ކަރެކްޝަނުން ހަތް ދުވަހުގެ މުއްދަތެއް ދިނީ އޭގެ ފަހުންނެވެ.
ބޭސްފަރުވާއަށް ގާސިމް ބޭރުގައި ހުންނެވުމުގެ މުއްދަތު ކަރެކްޝަނަލް ސާވިސް އިން އިތުރުނުކޮށްދިން މައްސަލަ، ގާސިމްގެ ވަކީލުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
ގާސިމްގެ ވަކީލުން ވިދާޅުވި ގޮތުގައި ގާސިމް ބޭރުގައި ފަރުވާ ކުރެއްވުމުގެ މުއްދަތު ކަރެކްޝަނުން އިތުރު ނުކޮށްދިނީ ކްރިމިނަލް ކޯޓުން ކުރި ހުކުމާ ޚިލާފަށެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމުން ސަރުކާރަށް ފެންނަނީ ހަމައެކަނި ޖަލު ހުކުމުގެ ވާހަކަ އެކަނި ކަމަށާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރަން ކޯޓުން ކުރި އަމުރަށް ސަރުކާރުން ތަބާނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ގާސިމަށް ކުރި ހުކުމާ ހިލާފުވީ ސަރުކާރުން: ރިޔާޒް
ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ނުކުރުމުން ކޯޓަށް
"ގާސިމްގެ ފަރުވާ އަށް އިތުރު މުއްދަތެއް ދެވޭކަށް ނެތް
ގާސިމް އިތުރު ފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގެންފި
ގާސިމް ވަނީ ގަވައިދާ ޚިލާފުވެފައި: އަޒްލީން
ޖަރުމަން ސަރުކާރުގެ ހުއްދައަކާއެކު ގާސިމް ޖަރުމަނަށް
ގާސިމަށް އާ ޓްރެވަލް ޑޮކިއުމަންޓެއް ދުލެއް ނުކުރި
ގާސިމް މަތިންދާބޯޓަކަށް ނޭރުވި
މުއްދަތު އިތުރުކޮށް ނުދީ، ގާސިމް އަންނަން އަންގައިފި
ގާސިމްގެ ހިތުގެ އޮޕަރޭޝަން ކާމިޔާބު