20 ސެޕްޓެމްބަރ 2017
ހިތުގެ ބައްޔަކަށް ސިންގަޕޫރުގައި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިތުގެ އޮޕަރޭޝަނެއް މިއަދު ކުރައްވާފައިވާ އިރު އެ އޮޕަރޭޝަން ކާމިޔާބު ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ހިތުގެ ބައްޔަކަށް ސިންގަޕޫރުގައި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިތުގެ އޮޕަރޭޝަނެއް މިއަދު ކުރައްވާފައިވާ އިރު އެ އޮޕަރޭޝަން ކާމިޔާބު ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
އާއިލާއާ ހަވާލާދީ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު "މިހާރު" އަށް ވިދާޅުވީ ރާއްޖޭ ގަޑިން މިއަދު ހެނދުނު އަށެއް ޖަހާކަށްހާއިރު ކުރި ގާސިމްގެ ހިތުގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި މިހާރު އޮންނެވީ އައިސީޔޫގައި ކަމަށެވެ. އާއިލާގެ އެދުމާއެކު އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަތަކެއް ދިމާވެ، ވީ އެންމެ އަވަހަކަށް އޮޕަރޭޝަން ކުރުމަށް، އޭނާ ބެއްލެވި ސިންގަޕޫރުގެ ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ. ފަރުވާ އަށް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި މަޑު ކުރުމަށް ވެސް ޑޮކްޓަރުން ލަފާ ދެއްވާފައިވެ އެވެ.
ސިންގަޕޫރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގެ ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް ގާސިމް ބެއްލެވުމަށް ފަހު ދެއްވި ލިޔުމެއްގައި ވިދާޅުވީ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަ ދިމާވެފައިވުމުން، ވީހާ ވެސް އަވަހަކަށް އޭނާގެ އޮޕަރޭޝަން ކުރަން ޖެހޭ ކަމަށެވެ.
ގާސިމް ހުންނެވި ހާލަތުން ހާޓް އެޓޭކެއް ނުވަތަ ކުއްލިއަކަށް މަރުވުމުގެ ރިސްކު އޮތުމުން ސިންގަޕޫރުގައި ވީ އެންމެ އަވަހަކަށް އޮޕަރޭޝަން ކުރަން ޑޮކްޓަރު ޗުން ލެންގް ވަނީ ލަފާ ދެއްވާފަ އެވެ.
ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ ގާސިމްގެ ހާލު ގޯސްވެ، ސިންގަޕޫރުގައި ފަރުވާ ހޯއްދެވުމަށް ކަރެކްޝަންސް އިން އެންމެ ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވީ މިދިޔަ ހޮނިހިރު ދުވަހަށެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަރެކްޝަން ސާވިސް އިން ގާސިމްގެ ބޭސް ފަރުވާ އަށް އިތުރު 10 ދުވަސް ވަނީ ދީފަ އެވެ.
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ
މުއްދަތު އިތުރުކޮށް ނުދީ، ގާސިމް އަންނަން އަންގައިފި
އިމިގްރޭޝަންގެ ކަންކަން ނުނިމޭތީ ގާސިމް އެޑްމިޓްނުކުރެވި
"ގާސިމްގެ ފަރުވާ އަށް އިތުރު މުއްދަތެއް ދެވޭކަށް ނެތް
ގާސިމް އިތުރު ފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގެންފި
ގާސިމަށް ކުރި ހުކުމާ ހިލާފުވީ ސަރުކާރުން: ރިޔާޒް
ގާސިމެއް ނުފިލާ، ހޯދަންވީ ފިލައިގެން އުޅޭ ކުށްވެރިން
ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ނުކުރުމުން ކޯޓަށް
ގާސިމް މަތިންދާބޯޓަކަށް ނޭރުވި
ގާސިމްގެ ބޭސްފަރުވާއަށް އިތުރު 10 ދުވަސް ދީފި