ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި ހުންނެވުމަށް ފަހު، ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން އެ ގައުމަށް ވަޑައިގެންފި އެވެ.
28 ނޮވެމްބަރ 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި ހުންނެވުމަށް ފަހު، ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން އެ ގައުމަށް ވަޑައިގެންފި އެވެ.
ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަމީމް "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ގާސިމް ޖަރުމަނަށް ވަޑައިގަތީ އެ ގައުމުގެ ސަރުކާރުން ދިން ޚާއްސަ ހުއްދައެއްގެ ދަށުން މެޑިކަލް ޑޮކްޓަރުންގެ ޓީމަކާ އެކުގަ އެވެ. ޖަރުމަނުގައި ގާސިމް ހުންނަވައިގެން ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރަމުން އަންނަ ކަމަށް ވެސް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ޝަމީމް ވިދާޅުވި އެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ގާސިމްގެ ބޭސްފަރުވާގެ ކަންކަން ޒަމާނުއްސުރެ ކުރިއަށް ގެންދެވީ ޖަރުމަނުން ކަމަށެވެ. އަދި ބޭސްފަރުވާ އަށް ގާސިމް މި ފަހަރު ޖަރުމަނަށް ވަޑައިގަތީ، ސިންގަޕޫރުގައި އޭނާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ޖަރުމަނުގައި ހުންނަވާ، ގާސިމްގެ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް ބަޔާނުގައިވެ އެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އޭނާގެ ބޭސްފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް އާ ކޮށްދީފައިވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެހެންކަމުން މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމަންޓެއް އޮތުމުގެ ސަބަބުން ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންތައްތައް އެ މަނިކުފާނު ކުރިއަށް ގެންދަވަން ޖެހިވަޑައިގަތުމަކީ އެ ގައުމުގެ ސަރުކާރުން ދިން ހާއްސަ އެހީއެއްގެ ދަށުން ނުހަނު ދަތި އުނދަގުލެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ގާސިމް ޖަރުމަނު ވިލާތުގައި މި ވަގުތު ހުންނެވީ އެ ގައުމުގެ ސަރުކާރުން ބޭސްފަރުވާ ކުރެއްވުމަށް އިންސާނިއްޔަތަށްޓަކައި އޭނާ އަށް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުން ކަން ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަޅުގަނޑުމެން އެދެނީ ގާސިމަށް އަވަސް ޝިފާއަކަށެވެ،" ބަޔާނުގައި ވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަން ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް، ހިތްޕުޅުގެ އާލާސްކަންފުޅަށް ބޭސްކުރައްވަން ގާސިމް ސިންގަޕޫރަށް ވަޑައިގަތުމަށް ކަރެކްޝަނުން ދިން މުއްދަތު މިދިޔަ މަހުގެ ތިނެއްގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އޭގެ ފަހުން ގާސިމް ރާއްޖެ އިން ބޭރުގައި ހުންނެވުމަށް އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށް ކަރެކްޝަންސުން އެންގި އެވެ.
ސިންގަޕޫރަށް ވަޑައިގަތުމަށް ސަރުކާރުން ގާސިމަށް ދިން ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު އިތުރު ކޮށްދޭން އާއިލާ އިން އެދުނީ ގާސިމްގެ ޓެސްޓް ހެދުމަށް ފަހު އިތުރު މައްސަލަތަކެއް ދިމާނުވާ ނަމަ، މިދިޔަ މަހުގެ 28 ގެ ފަހުން ދަތުރު ކުރެއްވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ އެވެ. ގާސިމްގެ އާއިލާ އިން ބުނި ގޮތުގައި ގާސިމަށް ރާއްޖެ ވަޑައިގެންނެވެން އޮތީ މުއްދަތު ހަމަނުވާ ޓްރެވަލް ޑޮކިއުމެންޓެއް ގާސިމް އަތުގައި އޮވެގެންނެވެ.
ގާސިމަށް ކުރި ހުކުމާ ހިލާފުވީ ސަރުކާރުން: ރިޔާޒް
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ
ރިޔާޒް އަނިޔާއަކަށް ބޮލެއް ނުލަނބާނެ: އާއިލާ
ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނީ އަސާސެއް ނެތި
އިބޫގެ ތަހުގީގެއް ފެށުމުން ޖަރުމަނުން ކަންބޮޑުވެއްޖެ
ރައީސް ޔާމީން ދަނީ އަނގުރު އަލިފާނާ ދިމާއަށް: ގާސިމް
ކޯލިޝަން ނުހެދޭ ނަމަ ސަބަބަކަށް ވާނީ އެމްޑީޕީ: އަލީ
ގާސިމަށް އެންމެ އިސް ތާޖު ހައްގު: އަލީ ވަހީދު
އަލީ ވަހީދު މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަނީ
ގާސިމް ވަނީ ގަވައިދާ ޚިލާފުވެފައި: އަޒްލީން