Roadha Mihaaru
އިބޫގެ ތައުލީމީ ސިޔާސަތު:ލުއި ލޯނާއި ގިނަ ސްކޮލާޝިޕް

އިބޫގެ ތައުލީމީ ސިޔާސަތު: ލުއި ލޯނާއި ގިނަ ސްކޮލަޝިޕްތައް!

06 ސެޕްޓެމްބަރ 2018

ހިލޭ މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތާއި ކިޔެވުމަށް ސަރުކާރުން ދޫކުރާ ލޯންތަކަށް ލުއިތަކެއް ހޯދައިދެއްވާނެ ކަމުގެ ވައުދާއެކު އިދިކޮޅު ކޯލިޝަންގެ ތައުލީމީ ސިޔާސަތު މިރޭ އިއުލާން ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ ހއ. ދިއްދޫން އަހުމަދު ސާއިލް އަލީ

ހިލޭ މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތާއި ކިޔެވުމަށް ސަރުކާރުން ދޫކުރާ ލޯންތަކަށް ލުއިތަކެއް ހޯދައިދެއްވާނެ ކަމުގެ ވައުދާއެކު އިދިކޮޅު ކޯލިޝަންގެ ތައުލީމީ ސިޔާސަތު މިރޭ އިއުލާން ކުރައްވައިފި އެވެ.

އެކި އުމުރުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ތައުލީމީ ސިޔާސަތުގެ ތަފްސީލް ދެއްވަމުން އިބޫ ވިދާޅުވީ ގައުމު އިސްލާހު ކުރުމަށް ތައުލީމީ ނިޒާމް ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށެވެ.

"ގައުމުގެ ކުރިއެރުމާއި ތަރައްގީ ބިނާވެފައި އޮންނާނެ ތައުލީމުގެ މައްޗަށް. ތައުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ އަހުލާގު ރަނގަޅު އަނެކާ އަށް އިހުތިރާމް ކުރާ ކުއްޖަކަށް ވާންޖެހޭ،"

Teacherun ge musaara bodu kuraanan: Ibu

Teacherun ge musaara bodu kuraanan: Ibu

The most trusted news source in the Maldives

Mihaaru

ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެއްވަން އިބޫ ވައުދުވެ ވަޑައިގަތުން--

އިބޫ ވިދާޅުވީ ގިނަ ޒުވާނުންނަށް މަތީ ތައުލީމް ހާސިލް ނުކުރެވެނީ އަގު ބޮޑުކަމުން ކަމަށެވެ. އަދި ކިޔަވަން ލޯން ހޯދަން ވަރަށް ދަތި އިރު ކިޔަވާ ނިންމުމަށް ފަހު ލޯން ދެއްކުމަކީ ބޮޑު ތަކުލީފެއް ކަމަށް އިބޫ ވިދާޅުވި އެވެ.

އެކަންކަން ހައްލު ކުރެއްވުމަށް ގިނަ ސްކޮލާޝިޕްތައް ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެގޮތުން ޑިގްރީއާ ހަމައަށް ރާއްޖޭގައި ތިބެގެން ހިލޭ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުގައި ކިޔަވަން ބޭނުން ނަމަ ލޯން ސްކީމެއްގެ ދަށުން ބޭނުން ގައުމެއްގައި ކިޔެވުމުގެ މަގު ފަހި ކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މިހާރު އަމިއްލަ ހަރަދުގައި ކިޔަވަމުން އަންނަ މީހުންނަށް ވެސް ލޯން ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެ ލޯނަކީ ފަސޭހަ އިން ދެއްކޭނެ ލޯނަކަށް ވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ޖީސީއީ އޯލެވަލް އިން އެއް ވަނަ ހޯދާ ދަރިވަރުން އިހުތިޔާރު ކުރާ ޔުނިވާސިޓިއަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ސްކޮލާޝިޕް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ގައުމަށް މުހިންމު ދާއިރާތަކުން މަތީ ތައުލީމް ހާސިލް ކުރުމަށް ހާއްސަ ސްކޮލާޝިޕްތަކެއް ތައާރަފް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.