ސަރުކާރަށް ފާޑު ކިޔުމަކީ އަދަބު ލިބޭ ކުށަކަށް ހެދުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލި، ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ފާޑު ކިޔުމަކީ އަދަބު ލިބޭ ކުށަކަށް ހެދުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލި، ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާ ގުޅިގެން ފުލުހަށް ހާޒިރު ކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
ސަރުކާރަށް ފާޑުކިޔުމަކީ ކުށެއްގެ ގޮތުގައި ހަދައި، އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތް ކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ރައީސް މިގޮތަށް ވިދާޅުވީ މީހަކަށް ބިރު ދެއްކުން ފަދަ ގޮތަކަށް ދޭހަވާ ގޮތަކަށް "އެކްސް" ގައި ޕޯސްޓެއް ކުރި ކަމަށް ބުނެ، އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށް ހުސައިން ޝާފިއު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާތީ އެވެ.
ޝާފިއު އަށް ފުލުހުން ފޮނުވި ޗިޓުގައިވާ ގޮތުން އޭނާ މާދަމާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ހަޑިހުތުރު ބަސް ބޭނުންކޮށް، ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި މި މަހުގެ އަށް ވަނަ ދުވަހު ކުރި ޕޯސްޓަކާ ގުޅިގެން ސުވާލު ކުރުމަށެވެ.
އެއީ ސިނގިރޭޓު އަގުބޮޑުވުމާ ގުޅިގެން ނުރުހުން ފާޅުކޮށް އޭނާ ކޮށްފައިވާ ޕޯސްޓެކެވެ. އެ ޕޯސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ހަޑިހުތުރު ބަސް ބޭނުންކޮށް، ސިނގިރޭޓު ފޮއްޓެއް ގަތީ 270ރ. އަށް ކަމަށް ބުނެފައިވެ އެވެ. އެ ޕޯސްޓު ނިންމާލަމުން "މަށަށް ކަލޭ މަގެއް މަތިން ނުފެއްނާތި" ކަމަށް ބުނެ އިންޒާރު ދެ އެވެ.
ޝާފިއު އަށް ފުލުހުން ފޮނުވި ޗިޓާ އެކު، އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ވިދާޅުވީ ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް ވެފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިންގެ އަބުރަށް އުނިކަން އަންނަ ފަދަ ގޮތަކަށް ވާހަކަ ދެއްކި ކަމަށް ބުނެ ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދުގެ މައްސަލަ ބަލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް މިދިޔަ ހަފުތާގައި ވަނީ އަންގައިފަ އެވެ.
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން
ކުރިމަތިން ފެންނަނީ ނާމާން، ބަނަ ދުވަސްތަކެއް: އިބޫ
ފައްޔާޒު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ
2028 ގައި ވާދަކުރުމާ މެދު އިބޫގެ ޖަވާބެއް ނެތް!
ފެންނަނީ ބިރުވެރިކަމުގެ ތެރެއަށް ފުރޮޅޭ މަންޒަރު: އިބޫ
2023: ރޫޅުމާއި ވެއްޓުމާއި އާދަޔާ ޚިލާފު ކާމިޔާބީ!
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ފައްޔާޒުގެ ވަރުގަދަ އިންޒާރެއް އިދިކޮޅަށް!
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން
ރައީސް އިދިކޮޅަށް: ވާދަވެރި ކެމްޕޭނަކަށް ނުކުމޭ!