Roadha Mihaaru
ހަތަރު ފުރޮޅުލީ ބައިސްކަލް ހުޅުމާލޭގައި ދުއްވުން މަނާ

ހަތަރު ފުރޮޅުލީ ބައިސްކަލް ހުޅުމާލޭގައި ދުއްވުން މަނާ

03 އޯގަސްޓް 2016

ހަތަރު ފުރޮޅުލީ ބައިސްކަލް (ސައިކަލް ބަގީ)، ހުޅުމާލޭގައި ދުއްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަތަރު ފުރޮޅުލީ ބައިސްކަލް (ސައިކަލް ބަގީ)، ހުޅުމާލޭގައި ދުއްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފި އެވެ.

އެ ކޯޕަރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އިންޖީނުލީ އުޅަނދުފަހަރު ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ ބައިސްކަލާއި އެ ޒާތުގެ އުޅަނދުތައް ދުއްވުމަކީ ރައްކާތެރި ކަމެއް ނޫންކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ލަފާދީފައިވާ ކަމަށެވެ.

އެހެންވެ ހަތަރު ފުރޮޅުލީ ބައިސްކަލް ދުއްވުން އިއްޔެ އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ހުޅުމާލޭ މަތިން ނަގާފައިވާ ފޮޓޯއެއް: ހަތަރު ފުރޮޅުލީ ބައިސްކަލް ދުއްވުން ވަނީ މަނާކޮށްފައި. --ފޮޓޯ:އެޗްޑީސީ

ހުޅުމާލޭ މަތިން ނަގާފައިވާ ފޮޓޯއެއް: ހަތަރު ފުރޮޅުލީ ބައިސްކަލް ދުއްވުން ވަނީ މަނާކޮށްފައި. --ފޮޓޯ:އެޗްޑީސީ

"ވީމާ މި ތަކެތި ހުޅުމާލޭގެ މަގުތަކުގައި ދުއްވުމަކީ އެ ތަކެތި ބޭނުންކުރާ ފަރާތްތަކަށާއި މަގުމަތި ބޭނުންކުރާ އެހެން ފަރާތްތަކަށް ރައްކާތެރި ކަމަކަށް ނުފެންނާތީވެ ހަތަރު ފުރޮޅުލީ ބައިސްކަލް އަދި މި ނޫން ވެސް މިޒާތުގެ އުޅަނދު ހުޅުމާލޭގައި ދުއްވުމާއި އަދި މިތަކެތި ބެހެއްޓުމަށް ހުޅުމާލޭގެ އެއްވެސް އާއްމު ސަރަހައްދެއްގެ ބޭނުން ކުރުމަކީ މަނާކަމެއް ކަމުގައި އަންގައި އިއުލާނު ކުރަމެވެ،" އެޗްޑީސީގެ ބަޔާނުގައި ވެ އެވެ.

ހަތަރު ފުރޮޅުލީ ބައިސްކަލް ދުއްވުން މަނާ ކޮށްފައިވާ އިރު ހުޅުމާލޭގައި ހުންނަ ބައެއް ގެސްޓް ހައުސްތަކުން އަންނަނީ އެ އުޅަނދުތައް ކުއްޔަށް ދޫކޮށްގެން އާމްދަނީ ހޯދަމުންނެވެ.