Roadha Mihaaru
ހުޅުމާލޭގައި 15 ޕާކިން އިމާރާތް އަޅަން ހުޅުވާލައިފި

ހުޅުމާލޭގައި 15 ޕާކިން އިމާރާތް އަޅަން ހުޅުވާލައިފި

29 އޯގަސްޓް 2024

ހުޅުމާލޭގައި 15 ޕާކިން އިމާރާތެއް އަޅަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން އެޗްޑީސީން މިއަދު ހުޅުވާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭގައި 15 ޕާކިން އިމާރާތެއް އަޅަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން އެޗްޑީސީން މިއަދު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއު ހިންގުމުގެ ބޭނުމަކީ ހުޅުމާލޭގެ ޕާކިން މައްސަލަ ހައްލު ކުރުމާއި ވެހިކަލްތައް ރައްކާތެރިކޮށް ޕާކް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ޕާކިން ބިލްޑިންގްތަކުގައި ވިޔަފާރިތަކަށް ދޫކުރާ ކޮމާޝަލް ޔުނިޓުތަކެއް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ މަޝްރޫއު ހަވާލު ކުރުމުގައި އިސްކަން ދޭނީ އިންޖިނިއަރިން، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް މޮޑަލަށް ހުށަހަޅާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުންޏެވެ. ނަމަވެސް އެހެން މޮޑަލްތަކަށް ހުށަހަޅާ އީއޯއައިތައް ވެސް ބަލައިގަންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފި ނަމަ ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކާ ކަމަށާއި މޮޑެލް އާއި އޮޕަރޭޓަރުގެ ތަޖުރިބާ އާއި ސީއެސްއާރަށް ބަލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 16 ގެ ކުރިން ހުށަހެޅުމަށް ވެސް އެ އެޗްޑީސީން ބުންޏެވެ.