Roadha Mihaaru

ހުޅުމާލޭގައި މަނާ ތަންތަނުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރަން ފަށައިފި

ހުޅުމާލޭގައި ޕާކްކުރުން މަނާ ތަންތަނުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.

މަނާ ތަންތަނުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

20 ޖުލައި 2025

ހުޅުމާލޭގައި ޕާކްކުރުން މަނާ ތަންތަނުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.

ހުޅުމާލެ ފުލުހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ޓްރެފިކްގެ ގަވާއިދާ ހިލާފަށް ހުޅުމާލޭގެ އެކި ތަންތަނުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލޭގައި ޕާކްކުރުން މަނާ ތަނެއްގައި ހުރި ސައިކަލްތަކެއް ފުލުހުން ޓޯކުރަނީ.-- ފޮޓޯ: ހުޅުމާލެ ޕޮލިސް

ހުޅުމާލޭގައި ޕާކްކުރުން މަނާ ތަނެއްގައި ހުރި ސައިކަލްތަކެއް ފުލުހުން ޓޯކުރަނީ.-- ފޮޓޯ: ހުޅުމާލެ ޕޮލިސް

އޭގެ ތެރޭގައި ކަފިހިހުރަސް މައްޗާއި ޑަބަލް ލައިން ކުރަހާފައި ހުންނަ ތަންތަނުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ހިމެނެ އެވެ.

މިއީ މަގުތަކަކީ އެންމެނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ކުރާ ކަމެއް ކަމަށް ހުޅުމާލެ ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި ޕާކްކުރުން މަނާ ތަނެއްގައި ހުރި ސައިކަލްތަކެއް.-- ފޮޓޯ: ހުޅުމާލެ ޕޮލިސް

ހުޅުމާލޭގައި ޕާކްކުރުން މަނާ ތަނެއްގައި ހުރި ސައިކަލްތަކެއް.-- ފޮޓޯ: ހުޅުމާލެ ޕޮލިސް

ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް ވެހިކަލް ޕާކްކުރުން މަނާ މަގުތަކުގައި ޕާކްކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 420 ވެހިކަލް މިދިޔަ މަހު ވެސް ޓޯކުރި އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ. ޓޯކުރާ ވެހިކަލްތައް ފުލުހުން ދޫކުރަނީ 750ރ. ގެ ޖޫރިމަނާއާ އެކު، ކުރިން ކޮށްފައި ހުރި ވެހިކަލްގެ އެހެން ޖޫރިމަނާތަކާއި ނުދައްކާ ހުރި އަހަރީ ފީތައް ވެސް ދައްކައި ހަލާސްކުރުމުންނެވެ.