10 ޖުލައި 2018
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ތަރައްގީކުރަން ސައޫދީ އަރަބިއްޔާ އިން އެހީ ދޭން މަސައްކަތް ކުރާނެ ކަމަށް އެ ގައުމުން ބުނެފައިވާ ކަމަށް އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ތަރައްގީކުރަން ސައޫދީ އަރަބިއްޔާ އިން އެހީ ދޭން މަސައްކަތް ކުރާނެ ކަމަށް އެ ގައުމުން ބުނެފައިވާ ކަމަށް އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާ އިރު، އެ މަނިކުފާނުގެ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވިކަން އިއުލާން ކުރެއްވި ފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ، އައިޔޫއެމް މިހާރު ހިންގަމުން އަންނަނީ ޔުނިވާސިޓީއެއް ހިންގަން އެކަށީގެންވާ ފަދަ އިމާރާތެއްގައި ނޫން ކަމަށެވެ. އެހެންވެ އެ މައްސަލަ ހައްލުކޮށްދޭން ރައީސްގެ އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އައިޔޫއެމްގެ އާ އިމާރާތް އަޅާނެ ބިމެއް ރައީސް މިހާރު ހަމަޖައްސައިދެއްވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ދެ މަސް ކުރިން ސައުދީ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ އިސްލާމިކް މިނިސްޓަރާ ބައްދަލުކުރައްވައި، އައިޔޫއެމް އަށް ޒަމާނީ ބިނާއެއް އެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
"ސައޫދީ އަރަބިއްޔާ އިން އަޅުގަނޑު ގާތުގައި ވަނީ ބުނެފައި، ބިން ހަމަޖައްސައި، އެ ތަން ކުރަހައި އެ ތަނަށް ބޭނުންވާ ހަރަދާއެކު ހުށަހެޅުމަށް. އޭރުން އެކަން ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް. އެހެންވީމަ އެ އޮތީ ދޮރެއް ހުޅުވިފައި. މާތްﷲ އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ހަމަޖެހިގެން ދާނެ،" މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޝަހީމް ވިދާޅުވި އެވެ.
އައިޔޫއެމްގެ މަޝްރޫއަކީ ރައީސް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށާއި ތަރިތަކުގެ ވިދުވަރު އުޑުދަށުގައި ހުންނާނެ ގޮތަކަށް އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމަށް އެ މަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އައިޔޫއެމް މިހާރު ހިންގަމުން އަންނަނީ ކުރިން މައުހަދާއި ކުއްލިއްޔާ ހިންގި އިމާރާތުގަ އެވެ. އެ ޔުނިވާސިޓީ އަށް ޖާގައިގެ ދަތިކަން ހުރި ނަމަވެސް، އެ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވެ އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ސައުދީގައި
ޗާންސެލަކަމުން އިސްތިއުފާ ނުދިނުމުން ޝަހީމަށް ފާޑުކިއުން
އައިޔޫއެމް ހިންގުމަށް ވައިސް ޗާންސެލާއެއް ހަމަޖައްސައިފި
އައިޔޫއެމް-މަދީނާ ޔުނިވަސިޓީ ގުޅިގެން މަސައްކަތް ކުރަނީ
މާލި ނިޒާމެއް ނެތި ޔުނިވަސިޓީ ތަރައްގީއެއް ނުވާނެ
ކޮރަޕްޝަން ހުއްޓުވޭނެ ގޮތް ހޯދަންޖެހޭ: އާދަމް ޝަރީފް
އައިޔޫއެމްގެ ކޯސްތަކަށް ރެކޯޑު އަދަދަކަށް ދަރިވަރުން
އައިޔޫއެމް އިން އަންނަ އަހަރުގެ ކޯސްތަކަށް ހުޅުވާލައިފި
ތިން ސަރަހައްދެއްގައި އައިޔޫއެމްގެ ކެމްޕަސް އަޅަނީ
އައިޔޫއެމްއާ މެލޭޝިޔާގެ ޔުނިވާސިޓީއާއެކު އެއްބަސްވުމެއް