17 އެޕްރީލް 2018
އަމިއްލަ މާލީ ނިޒާމެއް ނެތި ޔުނިވަސިޓީ ތަރައްގީއެއް ނުކުރެވޭނެ ކަމަށް އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
އަމިއްލަ މާލީ ނިޒާމެއް ނެތި ޔުނިވަސިޓީ ތަރައްގީއެއް ނުކުރެވޭނެ ކަމަށް އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
އެ ޔުނިވަސިޓީގެ ތިން ވަނަ ދަސްވެނިވުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ދަރިވަރުންގެ ފެންވަރު ކުރިއަރުވައި އައިޔޫއެމް ތަރައްގީ ކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ޔުނިވަސިޓީ ޑިވެލޮޕްމަންޓް ފަންޑުގެ ނަމުގައި ފަންޑެއް ހުޅުވައި އެއިން މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އައިޔޫއެމްގެ ތިން ވަނަ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އައިޔޫއެމް އިން މިހާރު ވަނީ ހުޅުމާލޭގައި ވަގުފް އިމާރާތެއް އެޅުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި އައިޔޫއެމް ހޯލްޑިންސް ނަމުގައި ކުންފުންޏެއް އުފައްދައި، ޔުނިވަސިޓީ ޑިވެލޮޕްމަންޓް ފަންޑު ބޮޑުކުރެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިސްލާމިކް ޔުނިވަސިޓީ އުފެއްދުމާ އެކު، އެ ތަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. އައިޔޫއެމްގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަނީ ޔުނިވަސިޓީ އަކަށް އެންމެ ރަނގަޅު މާހައުލެއްގައި ނޫން ކަމަށާއި އެ މައްސަލަ އަށް ހައްލު ހޯދައިދޭން ސަރުކާރުގައި އެދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ދަރުބާއައިޔޫއެމްގެ ތިން ވަނަ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"އައިޔޫއެމްގެ އަމާޒަކީ ފުދުންތެރި މުއައްސަސާ އަކަށް ވުން. ޔުނިވަސިޓީ އަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، މިހާރު ޔުނިވަސިޓީ ހިންގަމުން ދަނީ، ޔުނިވަސިޓީ ފަދަ މުއައްސަސާ އަކަށް މުނާސަބު އިިމާރާތެއްގައި ކަމުގައި ނުުވުން. މި ކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގައި ވާނީ އެދިފައި،" ޝަހީމް ވިދާޅުވި އެވެ.
ބޭރުގެ ޔުނިވަސިޓީތަކާ އެކު އެއްބަސްވުންތައް ގާއިމްކޮށް، ރާއްޖެ އަށް އެކި ތަމްރީންތަކާއި ސްކޮލަޝިޕްތައް ހޯދައިދެމުން އަންނަ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އަދި އަންނަ ހަފުތާގެ އާދިއްތަ ދުވަހު މަދީނާގެ އިސްލާމިކް ޔުނިވަސިޓީއާ އެކު ސޮއިކުރަން ހަމަޖައްސާފައިވާ ކަމަށާއި އެކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަން ވެސް ވިދާޅުވި އެވެ.
ދަރުބާރުގޭގައި ބޭއްވި އައިޔޫއެމްގެ ތިން ވަނަ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން: ރޭ ވަނީ 304 ދަރިވަރުން ދަސްވެނިވެފައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ޝަހީމް ވިދާޅުވީ އައިޔޫއެމް އިން މަސައްކަތް ކުރަމުން އަންނަނީ އިރުމައްޗާއި ހުޅަނގުގެ އިސްލާމީ ޔުނިވަސިޓީތަކުން ނަމޫނާ ހޯދައި ރާއްޖެ އަށް ފެތޭ ގޮތަށް ޒަމާނީ އިސްލާމީ ތައުލީމެއް ފޯރުކޮށްދިނުމަށެވެ.
ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްއާ ހަަމައަށް 646 ދަރިވަރުން ރޭ ވަނީ އައިޔޫއެމް އިން ދަސްވެނިވެފަ ވެ އެވެ.
ކޮރަޕްޝަން ހުއްޓުވޭނެ ގޮތް ހޯދަންޖެހޭ: އާދަމް ޝަރީފް
އައިޔޫއެމް ތަރައްގީކުރަން ސައޫދީން އެހީވަނީ
ޗާންސެލަކަމުން އިސްތިއުފާ ނުދިނުމުން ޝަހީމަށް ފާޑުކިއުން
އައިޔޫއެމް ހިންގުމަށް ވައިސް ޗާންސެލާއެއް ހަމަޖައްސައިފި
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ސައުދީގައި
އައިޔޫއެމް-މަދީނާ ޔުނިވަސިޓީ ގުޅިގެން މަސައްކަތް ކުރަނީ
އައިޔޫއެމްގެ ކޯސްތަކަށް ރެކޯޑު އަދަދަކަށް ދަރިވަރުން
އައިޔޫއެމް އިން އަންނަ އަހަރުގެ ކޯސްތަކަށް ހުޅުވާލައިފި
ތިން ސަރަހައްދެއްގައި އައިޔޫއެމްގެ ކެމްޕަސް އަޅަނީ
އައިޔޫއެމްއާ މެލޭޝިޔާގެ ޔުނިވާސިޓީއާއެކު އެއްބަސްވުމެއް