Roadha Mihaaru
އައިޔޫއެމްއާ މެލޭޝިޔާގެ ޔުނިވާސިޓީއާއެކު އެއްބަސްވުމެއް

އައިޔޫއެމް އިން މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީއާއެކު އެއްބަސްވުމެއް ގާއިމްކޮށްފި

15 އޯގަސްޓް 2017

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާއި މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމެއް މިއަދު ގާއިމްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާއި މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމެއް މިއަދު ގާއިމްކޮށްފި އެވެ.

މެލޭޝިއާގެ ޔުނިވާސިޓީ އޮފް ކެބަންގްސާން (ޔޫކޭއެމް) އާ އެކު މައިގަނޑު ހަތް ކަމަކަށް އަލި އަޅުވާލައި ގާއިމްކުރި މި އެއްބަސްވުމުގައި އައިޔޫއެމްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ޔޫކޭއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. ރިޒާ އަތިކް އޮކޭ ރަހުމަތު ވަނީ ސޮއިކުރައްވައިފަ އެވެ.

އެއްބަސްވުމުގައި ހިމެނޭ ކަންތައްތައް

- ދެ ޔުނިވާސިޓީ ދެމެދުގައި ދަރިވަރުން ތަމްރީނާއި ތަޖުރިބާ ލިބިގަތުމަށް ބަދަލުކުރުން

- ފެކަލްޓީ އެކްސްޗޭންޖު ޕްރޮގްރާމާބެހޭ ފުރުސަތުތައް ތަނަވަސްކޮށްދިނުން

- ދެ ޔުނިވާސިޓީ ގުޅިގެން ރިސާޗުގެ ދާއިރާއާ ގުޅޭ ޕްރޮޖެކްޓުތައް ހިންގުން

- ދެ ޔުނިވާސިޓީ ގުޅިގެން ބޭނުންތެރި ދާއިރާތަކުން ކުރު މުއްދަތުގެ ޕްރޮގްރާމްތައް ހިންގުން

- ދެ ޔުނިވާސިޓީ ގުޅިގެން މުވައްޒަފުން ތަމްރީނާއި ތަޖުރިބާގަތުމުގެ ޕްރޮޖެކްޓް ހިންގުން

- ދެ ޔުނިވާސިޓީ ގުޅިގެން މަހާސިންތާ އާއި އިންޓަނޭޝަނަލް ކޮންފަރެންސާއި ސެމިނާ އަދި ވޯކްޝޮޕް ހިންގުން

އައިޔޫއެމް އާއި މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އައިޔޫއެމްގެ ޗާންސެލާ ޑރ. ޝަހީމް (ކ) ވާހަކަދައްކަވަނީ.-- ފޮޓޯ: އައިޔޫއެމް

އައިޔޫއެމް އާއި މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އައިޔޫއެމްގެ ޗާންސެލާ ޑރ. ޝަހީމް (ކ) ވާހަކަދައްކަވަނީ.-- ފޮޓޯ: އައިޔޫއެމް

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އައިޔޫއެމްގެ ޗާންސެލާ ޑރ. ޝަހީމް ވިދާޅުވީ އެ ގައުމުގެ ތައުލީމީ ނިޒާމަކީ ނަމޫނާ އަދި ފުރިހަމަ ވެފައިވާ ނިޒާމެއް ކަމަށެވެ. އޭގެ އެއް ހެއްކަކީ މެލޭޝިޔާއިން ތައުލީމް ހާސިލްކުރާ ދިވެހި ދަރިވަރުން އެނބުރި ރާއްޖެ އައިސް ތަފާތު ދާއިރާތަކުގައި ހިދުމަތް ކުރުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

މިއަދު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީގެ ތަރަައްގީ އަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަން ޝަހީމް ފާހަގަކުރެއްވި އެވެ.

ކުރީގެ މައުހަދު ޔުނިވާސިޓީއަކަށް ބަދަލުކޮށް، އެތަނަށް އަންނަނީ ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ދުނިޔޭގެ ނަން މަޝްހޫރު ޔުނިވާސިޓީތަކާއެކު ތަފާތު އެއްބަސްވުންތައް އަންނަނީ ގާއިމްކުރަމުންނެވެ.