04 ޖޫން 2018
ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް 2-1 އިން ކުރިހޯދައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ހަމަޖެހުމެއް ހޯދައިފި އެވެ.
ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް 2-1 އިން ކުރިހޯދައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ހަމަޖެހުމެއް ހޯދައިފި އެވެ.
ދެ ވަނަ ބުރުގައި ނިއު ކުޅުނު ފުރަތަމަ މެޗުން ވަނީ މާޒިޔާ އަތުން ބަލިވެފަ އެވެ. އެހެން ކަމުން މިއަދުގެ މެޗަށް ނުކުތްއިރު ނިއު އަށް އޮތީ މޮޅުވުން މަޖުބޫރުވެފަ އެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި ސިފައިންނާއި ނިއު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މުހައްމަދު ޒިޔާދު އެވެ. ސިފައިންގެ ލަނޑު ކާމިޔާބުކުރީ ހަމްދާން ޖައުފަރު އެވެ. މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކީ އަޝްރަފު ލުތުފީ (ސަމްޕަތު) އެވެ.
މި މެޗަށް ފަހު ދެ ވަނަ ބުރުގެ ތާވަލްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު ވެލެންސިއާ އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއު އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ޕޮލިހާއި ފަސް ވަނައިގައި އޮތް ސިފައިންނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ދެ ވަނަ ބުރުގައި ފަސް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅޭއިރު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަށް ސީދާ ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ދެ ވަނަ އާއި ތިން ވަނަ އަށްދާ ދެ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ކުޅުނު މެޗުން މާޒިޔާ ވަނީ 2-0 އިން ޕޮލިހުގެ މައްޗަށް ކުރިހޯދައިފަ އެވެ.
ނިއު/ސިފައިން ކަޓައި، ހުރާ އާއި ގްރާންޑޭ ސެމީ އަށް
ސްޓެލްކޯ ކަޓުވާލައި ނިއު ގޮވައިގެން ސިފައިން ކުއާޓާއަށް
ނިއު ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެއްޖެ
ނިއު އާއި ސިފައިންގެ މެޗު އެއްވަރު
ހުޅުމާލެއަށް އެއްވަނަ، މޮޅެއްނުލިބި ނިއު އިންތިޒާރުގައި
ނިއު އާއި ހުއްރިއްޔާ ކުޅުނު މެޗުތައް އެއްވަރު
ނިއު އާއި ވިކްޓަރީގެ ސަސްޕެންޝަން ދަމަހައްޓައިފި
މެޗަކުން ބަލިނުވެ މާޒިޔާ ވެޓްރަންސް ކަޕް ކާމިޔާބުކޮށްފި
އޭދަފުށި ކަޓުވާލުމަށް ފަހު ސިފައިން ފައިނަލަށް
ސިފައިންނާއި އޭދަފުށި އެއްވަރު، މާޒިޔާ ފައިނަލާ ގާތަށް