12 އެޕްރީލް 2023
މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ލީގުގައި 4-1 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ލީގުގައި 4-1 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
ހުޅުމާލެ ވެޓެރަންސް އާއި ނިއު ރޭޑިއަންޓްގެ އިތުރުން ގުރޫޕް ބީ ގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި ސްޓެލްކޯ އެވެ. ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ހުޅުމާލެ ވެޓެރަންސް އޮތީ އެއްވަނައިގަ އެވެ. ސިފައިންނާއި ނިއު އަށް ވެސް ދެ ޕޮއިންޓް ލިބިފައި ވާއިރު ސްޓެލްކޯ އަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.
މި ގުރޫޕުގައި ބާކީ އޮތީ ބުރާސްފަތި ދުވަހުގެ ހަވީރު ސިފައިންނާއި ސްޓެލްކޯ ބައްދަލުކުރާ މެޗެވެ. މި ގުރޫޕުން ތިން ޓީމު ކުއާޓާއަށް ހޮވޭއިރު، ނިއު އަށް ފުރުސަތު އޮތީ ގުރޫޕްގެ ފަހު މެޗުގައި ސިފައިން ސްޓެލްކޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އެފްއޭއެމް އެއް ނަމްބަރު ޓާފް ގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފުރަތަމަ ލީޑު ނެގީ ހުޅުމާލެ ވެޓެރަންސް އެވެ. ލީޑު ނަގަން އެޓީމަށް ގޯލު ޖަހައިދިނީ މުހައްމަދު އަޝްރަފް އެވެ. އެކަމަކު މުހައްމަދު ޒިޔާދު ވަނީ ހާފު ނިމުމުގެ ކުރިން ނިއު ރޭޑިއަންޓަށް އެއްވަރު ކޮށްދީފަ އެވެ.
ހުޅުމާލެ ވެޓެރަންސް މެޗު ކާމިޔާބު ކުރީ ފަހު ހާފުގައި ޖެހި ތިން ގޯލުންނެވެ. އެޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ހުސެއިން ސިމާޒް (ކޮކީ) އެވެ. އަހުމަދު ގިތުރީސް އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިން އިރު، ފަހު ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި ކެޕްޓަން އިސްމާއިލް މުހައްމަދު (އިއްސެ) އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައި ވަނީ ގުރޫޕް ސީ ގެ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާއި ޕޮލިސް ކްލަބެވެ. ހަތަރު ޓީމު ހިމެނޭ ގުރޫޕް ސީ އިން ވެސް ތިން ޓީމަށް ކުއާޓާގެ ޖާގަ ލިބޭއިރު، އެމްއެސްއެމް އާއި ޕޮލިސް ކްލަބް ވަނީ ކުއާޓާގެ ޖާގަ ޔަގީން ކޮށްފަ އެވެ.
ނިއު/ސިފައިން ކަޓައި، ހުރާ އާއި ގްރާންޑޭ ސެމީ އަށް
ސްޓެލްކޯ ކަޓުވާލައި ނިއު ގޮވައިގެން ސިފައިން ކުއާޓާއަށް
ނިއު ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެއްޖެ
ނިއު އާއި ހުއްރިއްޔާ ކުޅުނު މެޗުތައް އެއްވަރު
ވެެލެންސިއާ އިން ވެޓެރަންސް ކަޕް ކާމިޔާބުކޮށްފި
ވެޓްރަންސް ކަޕް: ފައިނަލުގެ ފަހު ޖާގަ ނިއު އަށް
ވެޓްރަންސް ކަޕް: ޕޮލިސް ބަލިކޮށް ނިއު ސެމީއާ ގާތަށް
ވެޓްރަންސް ކަޕް: ވެލެންސިއާ ފައިނަލާ ގާތަށް
ވެޓްރަންސް ކަޕް: ނިއު އަށް ހަމަޖެހުމެއް
ވެޓްރަންސް ކަޕް: މާޒިޔާ އަށް މުހިއްމު މޮޅެއް