12 ޖޫން 2018
ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުން ޕެނަލްޓީ ޖަހައިގެން 4-2 އިން މާޒިޔާ ބަލިކޮށް ފައިނަލްގެ ފަހުގެ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓުން ހޯދައިފި އެވެ.
ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުން ޕެނަލްޓީ ޖަހައިގެން 4-2 އިން މާޒިޔާ ބަލިކޮށް ފައިނަލްގެ ފަހުގެ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓުން ހޯދައިފި އެވެ.
އަންނަ ބުދަ ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗުގައި ނިއު ނުކުންނާނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި މި ފަހަރު ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ފައިނަލަށް ދަތުރުކޮށްފައިވާ ވެލެންސިއާއާ ދެކޮޅަށެވެ. ދެ ވަނަަ ބުރުގައި ނިއު ވަނީ 3-0 އިން ވެލެންސިއާ އަތުން ބަލިވެފަ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. މާޒިޔާގެ ލަނޑު އިސްމާއިލް މުހައްމަދު ޖެހިއިރު، ނިއުގެ ގޯލު ކާމިޔާބުކުރީ އަލީ ޝަމީމް (އައްޔަ) އެވެ.
ޕެނަލްޓީގައި މާޒިޔާ އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީ އެކެވެ. އަހުމަދު ނާޒު (އާކޭ)، މުހައްމަދު މުހާޒް އަދި މުހައްމަދު އަބްދުﷲ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުނުވިއިރު، އެ ޓީމުން ހަމައެކަނި ކާމިޔާބުކުރީ އަބްދުލް ވާހިދު ޖެހި ޕެނަލްޓީ އެވެ.
ނިއު މޮޅުވީ ފޮނުވާލި ތިން ޕެނަލްޓީ ވެސް ކާމިޔާބު ކޮށްގެންނެވެ. ނިއުގެ ޕެނަލްޓީތައް ޖެހީ އައްޔަ، މައުސޫމް އަބްދުލް ގަފޫރު (މާސޭ) އަދި މުހައްމަދު ޒިޔާދު އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް އާކޭ ހޮވުނުއިރު، 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކީ ނިއުގެ އަޝްރަފު ލުތުފީ (ސަމްޕަތު) އެވެ.
ކުރިން އެފްއޭއެމުން މި މުބާރާތް ބޭއްވި ނަމަވެސް ފަހަކަށް އައިސް މި މުބާރާތް ބޭއްވީ އެކި ފަރާތްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފާއިތުވި އަހަރުތަކުގައި ބާއްވާފައިވަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ.
ވެޓްރަންސް ކަޕް: މާޒިޔާ އަށް މުހިއްމު މޮޅެއް
މާޒިޔާ ބަލިކޮށް ނިއު އިން ވެޓެރަންސް ކަޕް ދިފާއުކޮށްފި
ނިއު ބަލިކޮށް މާޒިޔާ ފުރަތަމަ ފަހަރަށް ފައިނަލަށް
ވެޓެރަންސް ކަޕް: ނިއު އާއި މާޒިޔާ ސެމީ އަށް
ނިއު/ސިފައިން ކަޓައި، ހުރާ އާއި ގްރާންޑޭ ސެމީ އަށް
ސްޓެލްކޯ ކަޓުވާލައި ނިއު ގޮވައިގެން ސިފައިން ކުއާޓާއަށް
ހުޅުމާލެއަށް އެއްވަނަ، މޮޅެއްނުލިބި ނިއު އިންތިޒާރުގައި
ނިއު ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެއްޖެ
ނިއު އާއި ހުއްރިއްޔާ ކުޅުނު މެޗުތައް އެއްވަރު
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!