04 އެޕްރީލް 2023
މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ލީގުގައި ދިވެހި ފުޓްބޯޅައިގެ ކުރީގެ ގަދަ ދެބާރު ކަމަށްވާ ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުޅުނު މެޗުތައް އެއްވަރުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ލީގުގައި ދިވެހި ފުޓްބޯޅައިގެ ކުރީގެ ގަދަ ދެބާރު ކަމަށްވާ ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުޅުނު މެޗުތައް އެއްވަރުވެއްޖެ އެވެ.
އެއް ނަމްބަރު ޓާފް ގައި ކުރިއަށްދާ މުބާރާތުގައި ނިއު އެއްވަރުވީ އިއްޔެ ހަވީރު ސްޓެލްކޯއާ ވާދަކޮށް 1-1 އިންނެވެ.
ނިއު އާއި ސްޓެލްކޯ ހިމެނޭ ގުރޫޕް ބީ ގެ ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބާއި މިދިޔަ އަހަރުގެ ޗެމްޕިއަން ހުޅުމާލޭ ވެޓެރަންސް ކްލަބް ބައްދަލުކުރި މެޗު ވެސް ނިމިފައި ވަނީ ހަމަ މި ނަތީޖާއިން އެއްވަރު ވެގެންނެވެ.
ސްޓެލްކޯއާ ދެކޮޅަށް ނިއު އިން ވަނީ މެޗުގައި ފުރަތަމަ ލަޑު ޖަހައި ކުރި ހޯދައިފަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު މި ލަނޑު ޖަހައިދިނީ އަބްދުﷲ ސުޖާއު އެވެ. އަދި މެޗު ނިމެނިކޮށް ސްޓެލްކޯ އަށް އެއްވަރު ކޮށްދިނީ އަހުމަދު ނާޒިމް އެވެ.
ނިއުގެ ކެޕްޓަން އަލީ ޝަމީމް (އައްޔަ) އަށް ވަނީ ލީޑު ފުޅާ ކުރަން ވެސް ފުރުސަތު ލިބިފަ އެވެ. ނަމަވެސް ސްޓެލްކޯގެ ގޯލުގައި ހުރި ކީޕަރު ހުސެއިން ހަބީބު ވަނީ ހުށިޔާރުކަމާ އެކު ހަމަލާތައް ދިފާއު ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ކީޕަރު ހަބީބް އެވެ.
ނިއު ވަނީ ވެޓެރަންސް ލީގު ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ. އެޓީމު މިއަހަރުގެ މުބާރާތުގައި ވާދަ ކުރަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މި ފަހަރު ނިއުގެ ޓީމުގައި ކުރީގެ ފޯވާޑް ޝާހު އިސްމާއީލް (ސާޔާ) އާއި މިޑްފީލްޑަރު ތޮއްޑޫ މުހައްމަދު ނިޒާމް ހިމެނެ އެވެ.
ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ކ. އަތޮޅު ހުރައަށް ނިސްބަތްވާ ހުއްރިއްޔާ އަހަރުތަކަކަށް ފަހު މި އަހަރުގެ ވެޓެރަންސް ލީގުގައި ވާދަކުރާއިރު އެ ޓީމު އެއްވަރުވީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާ 0-0 އިންނެވެ.
މި އަހަރުގެ ވެޓެރަންސް ޓީމުގައި ވާދަކުރާ ހުއްރިއްޔާ ޓީމް.-- ފޮޓޯ: ހުއްރިއްޔާ
ހުރާ ޓީމުގައި ގޯލްކީޕަރު އިސްހާގު އީސާ އާއި އަހުމަދު އަތީފްގެ އިތުރުން ޔޫސުފް އަޒީމް (ޔޫއްޓޭ) އަދި ފޯވާޑް މައުސޫމް އަބްދުލްޣަފޫރު (މާސޭ) ހިމެނެ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާސޭ އެވެ.
އެމްއެސްއެމް ޓީމުގައި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި މުހައްމަދު ސިނާން (ނާނި) އަދި ޑިފެންޑަރު ސޮބާހު މުހައްމަދާއި މިޑްފީލްޑަރު އަޝްރަފް ލުތުފީ (ސަމްޕަތު) ގެ އިތުރުން އައްސަދު އަބްދުލް ގަނީ ހިމެނެ އެވެ.
ހުއްރިއްޔާ އާއި އެމްއެސްއެމް ހިމެނޭ ގުރޫޕް ސީ ގެ ދެވަނަ މެޗުގައި މިއަދު ހަވީރު ޕޮލިސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާނެ އެވެ.
ނިއު/ސިފައިން ކަޓައި، ހުރާ އާއި ގްރާންޑޭ ސެމީ އަށް
ނިއު ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެއްޖެ
ގްރީން ކަޓުވާލައި ކުއާޓާގެ ފަހު ޖާގަ ހުއްރިއްޔާ އަށް
ސްޓެލްކޯ ކަޓުވާލައި ނިއު ގޮވައިގެން ސިފައިން ކުއާޓާއަށް
ހުޅުމާލެއަށް އެއްވަނަ، މޮޅެއްނުލިބި ނިއު އިންތިޒާރުގައި
ގޮފާގެ ފޮތުން ސަފުހާއެއް: ސަޕޯޓަރުން ކުރިމަތީ ކުޅުންތެރިން ލަދުގަންނަވާލުން
ވެެލެންސިއާ އިން ވެޓެރަންސް ކަޕް ކާމިޔާބުކޮށްފި
ވެޓްރަންސް ކަޕް: ފައިނަލުގެ ފަހު ޖާގަ ނިއު އަށް
ވެޓްރަންސް ކަޕް: ޕޮލިސް ބަލިކޮށް ނިއު ސެމީއާ ގާތަށް
ވެޓްރަންސް ކަޕް: ވެލެންސިއާ ފައިނަލާ ގާތަށް