14 އެޕްރީލް 2023
އެފްއޭއެމް ވެޓެރަންސް ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ސްޓެލްކޯގެ މައްޗަށް ދިވެހި ސިފައިންގެ ކްލަބް 2-1 އިން ކުރި ހޯދައި ނިއު ރޭޑިއަންޓާ އެކު ކުއާޓާ ފައިނަލުގެ ޖާގަ ޔަގީން ކޮށްފި އެވެ.
އެފްއޭއެމް ވެޓެރަންސް ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ސްޓެލްކޯގެ މައްޗަށް ދިވެހި ސިފައިންގެ ކްލަބް 2-1 އިން ކުރި ހޯދައި ނިއު ރޭޑިއަންޓާ އެކު ކުއާޓާ ފައިނަލުގެ ޖާގަ ޔަގީން ކޮށްފި އެވެ.
އިއްޔެގެ މެޗާ އެކު ގުރޫޕް ބީގެ ހުރިހާ މެޗެއް ވަނީ ނިމިފަ އެވެ. ސްޓެލްކޯ އަށް މުބާރާތުގެ ކުއާޓާގެ ޖާގައެއް ހޯދަން އެ މެޗުން މޮޅުވުން އޮތީ މަޖުބޫރު ވެފަ އެވެ.
މި ގުރޫޕުގެ އެއްޗވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގަ ހޯދާފައި ވަނީ، އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް އެވެ. ސިފައިންގެ ކްލަބަށް ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދި އިރު، ތިން މެޗުން ދެ ޕޮއިންޓް ހޯދައިގެން ނިއު ވަނީ ގުރޫޕްގެ ތިންޗވަނަ ހޯދައިފަ އެވެ. ސްޓެލްކޯ އަށް ނިންމާލަން ޖެހުނީ އެންމެ ޕޮއިންޓަކާ އެކު އެވެ.
މެޗުގެ ފުރަތަމަ ހާފު ސިފައިން ނިންމާލީ އަހުމަދު ޝާމިން ޖަހައިދިން ގޯލުން ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ލިބުނު ޕެނަލްޓީއަކުން ސްޓެލްކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަބްދުﷲ މުހައްމަދެވެ. ނަމަވެސް އެއްވަރު ކުރިތާ ފަސް މިނިޓު ވެސް ނުވަނީސް އަހުމަދު ފަޒާލް ވަނީ ދެ ވަނަ ފަހަރަށް ސިފައިންނަށް ލީޑު ނަގައިދީފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ސްޓެލްކޯ އިން ފޮނުވާޅި ގިނަ ހަމަލާތަކެއް ދިފާއު ކުރި ސިފައިންގެ ޓީމުގެ ގޯލްކީޕަރު ހުސެއިން އަހުމަދެވެ.
މުޅިއެކު 11 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ވެޓެރަންސް ލީގުން ގުރޫޕް އޭ އަދި ގުރޫޕް ބީ އިން މިވަނީ ކުއާޓާގެ ޖާގައަށް ޓީމުތައް ހޮވިފަ އެވެ. ގުރޫޕް ބީގެ ހުޅުމާލެ ވެޓެރަންސް، ސިފައިންގެ ކްލަބް އަދި ނިއު ޖާގަ ހޯދާފައި ވާއިރު ގުރޫޕް އޭ އިން ކުއާޓާ އަށް ދަތުރު ކޮށްފައި ވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބެވެ.
ގުރޫޕް ސީ އިން ތިން ޓީމެއް ކުއާޓާއަށް ދަތުރު ކުރާއިރު، މިހާތަނަށް ދެ ޓީމެއް ވަނީ ޖާގަ ޔަގީން ކޮށްފަ އެވެ. އެއީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާއި ޕޮލިސް ކްލަބެވެ.
ކުއާޓާގެ ފަހު ޖާގަ ޔަގީން ވާނީ މިއަދު ހަވީރު ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލު ކުރާ މެޗަށް ފަހު އެވެ. މި މެޗު އެއްވަރު ކޮށްލައިގެން ވެސް ހުއްރިއްޔާ އަށް އަނެއް ބުރުގެ ޖާގަ ޔަގީން ވާއިރު ގްރީން ސްޓްރީޓްސް އަށް އަނެއް ބުރަށް ދެވޭނީ މެޗު ކާމިޔާބު ކޮށްގެންނެވެ.
ނިއު/ސިފައިން ކަޓައި، ހުރާ އާއި ގްރާންޑޭ ސެމީ އަށް
ނިއު ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެއްޖެ
ވެޓްރަންސް ކަޕް: ނިއު އަށް ހަމަޖެހުމެއް
ނިއު އާއި ސިފައިންގެ މެޗު އެއްވަރު
ހުޅުމާލެއަށް އެއްވަނަ، މޮޅެއްނުލިބި ނިއު އިންތިޒާރުގައި
ނިއު އާއި ހުއްރިއްޔާ ކުޅުނު މެޗުތައް އެއްވަރު
ނިއު އާއި ވިކްޓަރީގެ ސަސްޕެންޝަން ދަމަހައްޓައިފި
މެޗަކުން ބަލިނުވެ މާޒިޔާ ވެޓްރަންސް ކަޕް ކާމިޔާބުކޮށްފި
އޭދަފުށި ކަޓުވާލުމަށް ފަހު ސިފައިން ފައިނަލަށް
ސިފައިންނާއި އޭދަފުށި އެއްވަރު، މާޒިޔާ ފައިނަލާ ގާތަށް