03 ޖޫން 2019
ޕެނަލްޓީ ޖަހައިގެން 4-3 އިން ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ކުރިހޯދައި މެޗަކުން ބަލިނުވެ މާޒިޔާ އިން ފުރަތަމަ ފަހަރަށް ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ޕެނަލްޓީ ޖަހައިގެން 4-3 އިން ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ކުރިހޯދައި މެޗަކުން ބަލިނުވެ މާޒިޔާ އިން ފުރަތަމަ ފަހަރަށް ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މި ފަހަރުގެ ވެޓެރަންސް މުބާރާތަށް ރަނގަޅަށް ތައްޔާރުވި މާޒިޔާ ވަނީ 2017 ވަނަ އަހަރުގެ ފައިނަލުގައި ނިއު އަތުން ބަލިވެފަ އެވެ. މި ފަހަރުގެ މުބާރާތުގެ ފައިނަލުން މާޒިޔާ ފުރުސަތު ހޯދީ މެޗަކުން ބަލިނުވެ ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ފައިނަލުގައި ސިފައިން ބަލިކޮށް ވަނީ އެ ކްލަބް ތާރީހުގައި ފުރަތަމަ ފަހަރަށް ވެޓެރަންސް ތަށި އުފުލާލައިފަ އެވެ.
ސިފައިންގެ ހަމްދާން (ކ) ކައިރިން މާޒިޔާގެ ޓޫކިލޯ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން މާޒިޔާ އިން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެކަމަކު ސަސްޕެންޝަންގެ ސަބަބުން އާދަމް ލަރީފް (ރޮނާ) އާއި އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވުނު ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރު (އައްޔަ) ނެތުމުން މާޒިޔާ އަށް ފުރުސަތުތަކުގެ ބޭނުން ހިފުމުގައި މައްސަލަތަކެއް ދިމާވި އެވެ. އެ ޓީމުގެ މުހުތާރް ނަސީރު (ޓޫކިލޯ) ފޮނުވާލި ދެ ހަމާލާއެއް ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.
މާޒިޔާ އިން ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ ސިފައިން ލިބުނު ފުރުސަތުގެ ބޭނުން ހިފައި ލީޑުނެގުމެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ފަޒާލް އެވެ. ސިފައިން މި މެޗުން މޮޅުވާން ދަނިކޮށް މާޒިޔާ އަށް މެޗުގެ ފަހުކޮޅުގައި އެއްވަރުކޮށްދިނީ މުހައްމަދު އަރީފް އެވެ.
މެޗުގެ ނަތީޖާ އެއްވަރުވެގެން ނިމުމުން ބޯ ވިއްސާރައިގައި ކުރިއަށްދިޔަ ޕެނަލްޓީގައި މާޒިޔާ އިން ވަނީ ތިން ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ސިފައިންނަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. ސިފައިންގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަލީ ޝަމީމް (ކޮޔަރު އައްޔަ) ޖެހި ޕެނަލްޓީ މާޒިޔާގެ ކީޕަރު މުހައްމަދު ޝިނާން (ނާނީ) ވަނީ މަތަކޮށްފަ އެވެެ. އަދި ސިފައިންގެ ޓީމަށް ކުޅުނު އައްސަދު އަބްދުލް ގަނީ ޖެހި ޕެނަލްޓީ ވެސް ދިޔައީ ބޭރަށެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް މާޒިޔާގެ އަރީފް ހޮވުނުއިރު، 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ މުހައްމަދު ރަޝީދު އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް މާޒިޔާގެ ކީޕަރު ނާނީ ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހާސިލްކުރީ އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބްގެ އިސްމާއިލް މުހައްމަދު (އިއްސެ) އެވެ. އެންމެ މޮޅު ފޯވާޑަކަށް ސިފައިންގެ އައްސަދު ހޮވުނުއިރު، އެންމެ މޮޅު ޑިފެންޑަރަކީ އެ ޓީމުގެ އަލީ ޝަރީފް (އައްޔަ) އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ވ.2) މުބާރާތުގެ މޮޅު ކުޅުންތެރިޔާ ނާނީއާ ޓްރޮފީ ހަވާލުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފެއާ ޕްލޭ ޓީމަކަށް ސިފައިން ހޮވުނުއިރު، ފެއާ ޕްލޭޔަރަކަށް ހޮވުނީ އެ ޓީމުގެ އިސްމާއިލް އަނިލް އެވެ. އަދި މުބާރާތުގެ 50 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އޭދަފުށީ އަބްދުއްރައްޒާގު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ މާޒިޔާގެ އަކުރަމް ރަމްޒީ އެވެ. އަދި އެންމެ މޮޅު މިޑްފީލްޑަރަކީ އެ ޓީމުގެ އަބްދުލްވަހީދު އެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ ވެލެންސިއާ އާއި ނިއު ރޭޑިއަންޓް މި ފަަހަރު ނުކުޅެ އެވެ. ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ވެލެންސިއާ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނަށް ވަނީ ރެލިގޭޓްވެފަ އެވެ. އަނެއްކޮޅުން ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި ނިއު އޮތީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ.
ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ ވެޓެރަންސް މުބާރާތަކީ ކުރީގެ ތަރިންގެ ކުޅުން މިހާރު ފެންނަ ހަމައެކަނި މުބާރާތެވެ. ކޮންމެ ރޯދަ މަހަކު ބާއްވާ މި މުބާރާތުގައި ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅުނު ކުޅުންތެރިންނާއި ގައުމީ ޓީމުގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިން ކުޅެ އެވެ. މި މުބާރާތް މިހާރު އިންތިޒާމްކުރަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ. ސޮކަ މޭޓްސްގެ ސްޕޮންސަރަކީ ޖަލްބޫތު މޯލްޑިވްސް އެވެ.
ސިފައިންނާއި އޭދަފުށި އެއްވަރު، މާޒިޔާ ފައިނަލާ ގާތަށް
ގްރީން، މާޒިޔާ އަދި ސިފައިން ދެ ވަނަ ބުރަށް
ފަހަތުން އަރައި ސިފައިން އަތުން މާޒިޔާ މޮޅުވެއްޖެ
ނިއު/ސިފައިން ކަޓައި، ހުރާ އާއި ގްރާންޑޭ ސެމީ އަށް
ސްޓެލްކޯ ކަޓުވާލައި ނިއު ގޮވައިގެން ސިފައިން ކުއާޓާއަށް
ނިއު ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެއްޖެ
ޓީމް އިވެންޓް ފައިނަލްގައި ޑީއެސްސީ އާއި އީގަލްސް
އޭދަފުށި ކަޓުވާލުމަށް ފަހު ސިފައިން ފައިނަލަށް
ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާ އަށް
އޭދަފުށި ބަލިކޮށް މާޒިޔާ އެއް ވަނަ އަށް