28 މެއި 2019
ވެޓަރަންސް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުން ކްލަބް އީގަލްސްގެ މައްޗަށް 2-0 އިން ކުރިހޯދައި ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި މާޒިޔާ އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ވެޓަރަންސް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުން ކްލަބް އީގަލްސްގެ މައްޗަށް 2-0 އިން ކުރިހޯދައި ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި މާޒިޔާ އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
މާޒިޔާގެ މެޗުތައް ހަމަވިއިރު އެ ޓީމަށް ހަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ދެ ވަަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބާއި ތިން ވަނައިގައި އޮތް އޭދަފުށީ ވެޓެރަންސް ޓީމަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. މިހާރު އޮތްގޮތުން ފައިނަލުގެ ފަހު ޖާގަ އަށް ކުޅޭ ސެމީ ފައިނަލުގައި ވާދަކުރާނެ ކަމަށް ބެލެވެނީ ސިފައިންނާއި އޭދަފުށްޓެވެ. ސެމީގެ ހަނި ފުރުސަތެއް ކްލަބް ގްރީން ސްޓްރީޓްސް އަށް ވެސް އެބައޮތެވެ. އެއީ މިއަދު ކުޅޭ މެޗުން ތަފާތު ބޮޑު ނަތީޖާ އަކުން ސިފައިންގެ މައްޗަށް ކުރިހޯދައިގެންނެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ކާމިޔާބުކުރީ އަބްދުލް ވާހިދު މުހައްމަދު އެވެ. ދެ ވަނަ ގޯލު ޖެހީ 2008 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިން ގޯލު ޖެހި ގައުމީ ޓީމުގެ ކުރީގެ ވިންގާ މުހުތާރު ނަސީރު (ޓޫކިލޯ) އެވެ.
މާޒިޔާ އަށް އިއްޔެގެ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ ކުރިއަށް ކުޅޭ އާދަމް ލަރީފް (ރޮނާ) އަށް ރަތް ކާޑު ދެއްކުމެވެ. އޭނާ ވަނީ ފައިނަލު މެޗަށް އޭނާ ވަނީ ސަސްޕެންޑްވެފަ އެވެ. އިއްޔެގެ މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކީ އީގަލްސްގެ މުހައްމަދު ނާޒިމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާގެ ޓޫކިލޯ އެވެ.
ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ މި ވެޓެރަންސް މުބާރާތަކީ ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅުނު ކުޅުންތެރިންނާއި ގައުމީ ޓީމުގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިން ރާއްޖޭގައި ކުޅޭ ހަމައެކަނި ފުޓްބޯޅަ މުބާރާތެވެ. ވެޓެރަންސް ޓީމުތަކުން އަންނަނީ ރާއްޖޭން ބޭރުގައި އޮންނަ ވެޓެރަންސް މުބާރާތްތަކުގައި ވެސް ވާދަކުރަމުންނެވެ.
މީގެ ކުރިން އެފްއޭއެމުންނާއި ސޮކަ ވެޓެރަންސް އެސޯސިއޭޝަނުން މި މުބާރާތް ބޭއްވި ނަމަވެސް ފަހަކަށް އައިސް މި މުބާރާތް ހިންގަނީ މޯލްޑިވްސް ސޮކަމޭޓްސް އިންނެވެ.
ބޮޑު މޮޅަކާ އެކު މާޒިޔާ ސެމީ އަށް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ ފަސްވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ސެންޓޭ ކުޅެން ނުކުމެ މާޒިޔާ ސަލާމަތް ކޮށްފި
ވެލެންސިއާ އިން ފެންނަނީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު