01 ޖޫން 2019
ޕެނަލްޓީ ޖަހައިގެން އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބްގެ މައްޗަށް 5-4 އިން ކުރިހޯދައި ދިވެހި ސިފައިންގެ ކްލަބުން ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
ޕެނަލްޓީ ޖަހައިގެން އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބްގެ މައްޗަށް 5-4 އިން ކުރިހޯދައި ދިވެހި ސިފައިންގެ ކްލަބުން ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
އަންނަ ހޯމަ ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗުގައި ސިފައިން ނުކުންނާނީ މެޗަކުން ބަލިނުވެ ފައިނަލުން ފުރުސަތު ހޯދި މާޒިޔާއާ ދެކޮޅަށެވެ. ލީގު ބުރުގައި މާޒިޔާ އިން ވަނީ 1-0 އިން ސިފައިންގެ މައްޗަށް ކުރިހޯދައިފަ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާ ނެރެން އެންމެ ރަނގަޅު ދެ ފުރުސަތު ވެސް ލިބުނީ ސިފައިންނަށެވެ. ފުރަތަމަ ހާފުގައި ސިފައިންގެ ޓީމަށް ލިބުނު ޕެނަލްޓީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އަށް ކާމިޔާބު ނުކުރެވުނުއިރު، ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަލީ ޝަމީމް (ކޮޔަރު އައްޔަ) ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ވެޓަރަންސް މުބާރާތްތަކުގައި މީގެ ކުރިން ކްލަބް ވެލެންސިއާ އަށް ކުޅުނު ގިނަ ކުޅުންތެރިން ހިމެނޭ އޭދަފުށީ ޓީމަށް ލަނޑު ޖަަހައިދޭން އެ ޓީމަށް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި އިސްމާއިލް މުހައްމަދު (އިއްސެ) އާއި އަބްދުލްމަޖީދު އިބްރާހިމް (މަޖިއްޓެ) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ޕެނަލްޓީގައި ސިފައިންގެ ޓީމުން ވަނީ ފޮނުވާލި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ފޮނުވާލީ މިދިޔަ އަހަރު މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނު ކޮޔަރު އައްޔަ، ހަމްދާން ޖައުފަރު، އައްސަދު، އަހުމަދު ފަޒާލްގެ އިތުރުން ވިކްޓަރީ އާއި ވެލެންސިއާ އަށް ކުރިން ކުޅުނު ޑިފެންޑަރު އަލީ ޝަރީފް (އައްޔަ) އެވެ.
ސިފައިންގެ ހަމްދާން (ވ) ކައިރިން އޭދަފުށީގެ މަޖިއްޓޭ ބޯޅަ ފޯނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭދަފުށްޓައް ނާކާމިޔާބުވީ އެންމެ ފުރަތަމަ މުހައްމަދު އިބްރާހިމް (ދޮންބެ) ޖެހި ޕެނަލްޓީ އެވެ. އޭގެ ފަހުން އެ ޓީމުގެ އަހުމަދު އިރުފާން، އިސްމާއިލް މުހައްމަދު (ބަނޑާ)، މުހައްމަދު ޒިޔާދު އަދި މުހައްމަދު ނިޒާމް (ނިޒާމްބެ) ފޮނުވާލި ޕެނަލްޓީތައް ވަނީ ކާމިޔާބުކޮށްފަ އެވެ.
ވެލެންސިއާ އާއި ގައުމީ ޓީމުގެ ކުރީގެ ތަރި އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ކޯޗުކަމުގައި ކުޅޭ ސިފައިންގެ ޓީމުން އަންނަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަަމުންނެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ފަހަތުގައި މޮޅު ކުޅުމެއް ދެއްކި އައްޔަ އެވެ. އަދި 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކީ އޭދަފުށީ ޓީމުގެ އިރުފާން އެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ ނިއު އާއި ވެލެންސިއާ މި ފަހަރު ނުކުޅެ އެވެ. ވެލެންސިއާ ނުކުޅެނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފައިވާތީ އެވެ. އަނެއްކޮޅުން ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ސަސްޕެންޑްކޮށްފައިވުމުން އެ ޓީމު ވެސް މި ފަހަރު ނުކުޅެ އެވެ.
ވެލެންސިއާ އިން ވަނީ މި މުބާރާތުގެ ތަށި ފަސް ފަހަރު އުފުލާލައިފަ އެވެ. ނިއު ވަނީ މި މުބާރާތުގެ ތިން ފަަހަރު ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެލެންސިއާ އިން ވަނީ ނިއުގެ މައްޗަށް 4-0 އިން ކުރިހޯދައިފަ އެވެ.
ކުރިން އެފްއޭއެމުން މި މުބާރާތް ބޭއްވި ނަމަވެސް ފަހަކަށް އައިސް މި މުބާރާތް ބޭއްވީ އެކި ކްލަބްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފަހުން ބާއްވާފައިވަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ. ސޮކަ މޭޓްސްގެ ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ޖަލްބޫތު މޯލްޑިވްސް އެވެ.
ސިފައިންނާއި އޭދަފުށި އެއްވަރު، މާޒިޔާ ފައިނަލާ ގާތަށް
ނިއު/ސިފައިން ކަޓައި، ހުރާ އާއި ގްރާންޑޭ ސެމީ އަށް
ސްޓެލްކޯ ކަޓުވާލައި ނިއު ގޮވައިގެން ސިފައިން ކުއާޓާއަށް
ނިއު ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެއްޖެ
މެޗަކުން ބަލިނުވެ މާޒިޔާ ވެޓްރަންސް ކަޕް ކާމިޔާބުކޮށްފި
ވިކްޓަރީ ބަލިކޮށް އޭދަފުށިން ފެށުން ރަނގަޅުކޮށްފި
ވިކްޓަރީ-އޭދަފުށި މެޗުން ވެޓެރަންސް މުބާރާތް ފަށަނީ
ސިފައިން އަތުން ބަލިވެ ޕޮލިސް ކަޓައިފި
ވެޓްރަންސް ކަޕް: ނިއު އަށް ހަމަޖެހުމެއް
ނިއު އާއި ސިފައިންގެ މެޗު އެއްވަރު