19 މެއި 2018
ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް މިއަދު ހަވީރު ދިވެހި ސިފައިންގެ ކްލަބާ 1-1 އިން އެއްވަރުވެއްޖެ އެވެ.
ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް މިއަދު ހަވީރު ދިވެހި ސިފައިންގެ ކްލަބާ 1-1 އިން އެއްވަރުވެއްޖެ އެވެ.
ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތް މި އަހަރަށް ހުޅުވައިދިނީ ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަގުނަ ހިދުމަތްތަކެއްކޮށްދީފައިވާ ސްރީލަންކާގެ ކޯޗު ސުމިތު ވަލަޕޮލާ އެވެ.
މިއަދު ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ނިއު އިންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްދިނީ ކުރިއަށް ކުޅޭ އަލީ ޝަމީމް (އައްޔަ) އެވެ. ދިވެހި ސިފައިންގެ ކްލަބަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހަސަން ފަޔާޒު އެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފަޔާޒަށް ޓްރޮފީ ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
ނިއު އަކީ މި މުބާރާތުގެ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ޓީމެވެ. މި ފަހަރު އެ ޓީމުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލުމުގެ އަމާޒުގައި މުބާރާތަށް ނުކުތްއިރު، އެ ޓީމުގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރޭގައި މައުސޫމް އަބްދުލް ގަފޫރު (މާސޭ)، އަޝްރަތު ލުތުފީ (ސަމްޕަތު) އަދި މުހައްމަދު ނިޒާމް (ތޮއްޑޫ) ހިމެނެ އެވެ.
މި ފަހަރުގެ މުބާރާތުގައި ހަތް ޓީމު ވާދަކުރެ އެވެ. ހަތް ޓީމު ދެ ގްރޫޕަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި އޮތީ ނިއު އާއި ސިފައިންގެ އިތުރުން ވިކްޓަރީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ވެލެންސިއާ، އީގަލްސް، ޕޮލިސް އަދި މާޒިޔާ އެވެ.
ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް ދެ ވަނަ ބުރަށް ދަތުރުކުރާއިރު، ދެ ވަނަ ބުރުގެ ފަހު ޖާގަ ލިބޭނީ ގްރޫޕް އެކެއްގެ ތިން ވަނަ ޓީމާއި ދޭއްގެ ތިން ވަނަ ޓީމު ބައްދަލުކުރާ ޕްލޭއޮފް މެޗުން މޮޅުވާ ޓީމެކެވެ. ގްރޫޕް ދޭއްގެ އެންމެ ފުލަށްދާ ޓީމު ކަޓާނެ އެވެ.
ދެ ވަނަ ބުރު ލީގު އުސޫލުން ކުޅުމަށް ފަހު އެއް ވަނަ އަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭއިރު، އަނެއް ޖާގަ ލިބޭނީ ދެ ވަނަ އާއި ތިން ވަނަ ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
ކުރިން އެފްއޭއެމުން މި މުބާރާތް ބޭއްވި ނަމަވެސް ފަހަކަށް އައިސް މި މުބާރާތް ބޭއްވީ އެކި ފަރާތްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފާއިތުވި އަހަރުތަކުގައި ބާއްވާފައިވަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެލެންސިއާ އެވެ. އެ ޓީމު ވަނީ މި މުބާރާތުގެ ތަށި ހަތަރު ފަހަރު އުފުލާލައިފަ އެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވެލެންސިއާ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.
ނިއު/ސިފައިން ކަޓައި، ހުރާ އާއި ގްރާންޑޭ ސެމީ އަށް
ސްޓެލްކޯ ކަޓުވާލައި ނިއު ގޮވައިގެން ސިފައިން ކުއާޓާއަށް
ނިއު ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެއްޖެ
ވެޓްރަންސް ކަޕް: ނިއު އަށް ހަމަޖެހުމެއް
ހުޅުމާލެއަށް އެއްވަނަ، މޮޅެއްނުލިބި ނިއު އިންތިޒާރުގައި
ނިއު އާއި ހުއްރިއްޔާ ކުޅުނު މެޗުތައް އެއްވަރު
ނިއު އާއި ވިކްޓަރީގެ ސަސްޕެންޝަން ދަމަހައްޓައިފި
މެޗަކުން ބަލިނުވެ މާޒިޔާ ވެޓްރަންސް ކަޕް ކާމިޔާބުކޮށްފި
އޭދަފުށި ކަޓުވާލުމަށް ފަހު ސިފައިން ފައިނަލަށް
ސިފައިންނާއި އޭދަފުށި އެއްވަރު، މާޒިޔާ ފައިނަލާ ގާތަށް