19 މެއި 2019
ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ފަހަތުން އަރައި އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބް 3-2 އިން ބަލިކޮށް މާޒިޔާ ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.
ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ފަހަތުން އަރައި އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބް 3-2 އިން ބަލިކޮށް މާޒިޔާ ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.
މާޒިޔާ އެއް ވަނައިގައި އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އޭދަފުށްޓައް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބާއި ހަތަރު ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ވިކްޓަރީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ހަ ވަނައިގައި އޮތް ޕޮލިހާއި އެންމެ ފުލުގައި އޮތް އީގަލްސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މި ފަހަރުގެ މުބާރާތް ކުރިއަށްދާ ގޮތަށް ބަލާއިރު ލީގު ބުރުގެ އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެެވެ. މާޒިޔާ މި ވަގުތު ތިން ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގައި އޮތްއިރު، މި ބުރުގައި އެ ޓީމަށް ބާކީ އޮތީ ގްރީން ސްޓްރީޓްސް އާއި އީގަލްސްއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގެ ކުރީކޮޅުގައި އޭދަފުށްޓައް ދެ ގޯލުގެ ލީޑެއް ނަގައިދިނީ އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓެ) އެވެ. ކްލަބް ވެލެންސިއާ ޓީމަށް މި މުބާރާތް މީގެ ކުރިން ކުޅުނު ގިނަ ކުޅުންތެރިން ހިމެނޭ އޭދަފުށީ ޓީމުގެ މައްޗަށް މާޒިޔާ އިން ކުރި ހޯދީ ވަރުގަދަ ކުޅުމެއް ދައްކައިގެންނެވެ.
މާޒިޔާގެ ލަނޑުތައް ކާމިޔާބުކުރީ އަބްދުލް ވާހިދު ހަސަން، ހަމްޒާ ހަސަން އަދި މުހައްމަދު ނިޔާޒް އެވެ. ނަތީޖާ ހަމަހަމަކުރަން އޭދަފުށީ ޓީމުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. މާޒިޔާ ޓީމަށް ކުޅޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު އާދަމް ލަރީފް (ރޮނާ) އާއި މުހުތާރް ނަސީރު (ޓޫކިލޯ)، އަހުމަދު ނާޒު (އާކޭ) އަދި އަލީ އުމަރު ހިމެނެ އެވެ.
މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީގެ އަބްދުލް ރައްޒާގު ޔޫސުފް އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކީ މާޒިޔާގެ މުހައްމަދު ނިޔާޒް އެވެ.
ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ މި ވެޓެރަންސް މުބާރާތް މީގެ ކުރިން އެފްއޭއެމުންނާއި ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފަހުން ބާއްވާފައިވަނީ މި ފަހަރު ވެސް މުބާރާތް އިންތިޒާމުކުރާ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ. މި މުބާރާތުގައި ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅުނު ކުޅުންތެރިންނާއި ގައުމީ ޓީމުގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިން ކުޅެ އެވެ. މިދިޔަ އަހަރުތަކުގައި މި މުބާރާތުގެ ވާދަވެރިކަން ބޮޑުވެ އެކި ކުޅުންތެރިންގެ ޓްރާންސްފާތައް ވެސް ވަނީ ހިނގައިފަ އެވެ.
މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ވިކްޓަރީ އެވެ. މެޗު ފަށާނީ މާދަމާ ހަވީރު 16:30 ގަ އެވެ.
މެޗަކުން ބަލިނުވެ މާޒިޔާ ވެޓްރަންސް ކަޕް ކާމިޔާބުކޮށްފި
ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާ އަށް
ސިފައިންނާއި އޭދަފުށި އެއްވަރު، މާޒިޔާ ފައިނަލާ ގާތަށް
ވެޓްރަންސް ކަޕް: ފައިނަލުގެ ފަހު ޖާގަ ނިއު އަށް
ވެޓްރަންސް ކަޕް: މާޒިޔާ ބަލިކޮށް ވެލެންސިއާ ފައިނަލަށް
ވެޓްރަންސް ކަޕް: މާޒިޔާ އުއްމީދު ބޮޑުކޮށްފި
ވެޓްރަންސް ކަޕް: މާޒިޔާ އަށް މުހިއްމު މޮޅެއް
މާޒިޔާ ބަލިކޮށް ނިއު އިން ވެޓެރަންސް ކަޕް ދިފާއުކޮށްފި
ނިއު ބަލިކޮށް މާޒިޔާ ފުރަތަމަ ފަހަރަށް ފައިނަލަށް
ބޮޑު މޮޅަކާ އެކު މާޒިޔާ ސެމީ އަށް