22 މެއި 2018
މިދިއަ އާދިއްތަދުވަހު ހިރިޔާ ސްކޫލްގެ ދޮރުމަތި އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފަ އެވެ. ކާރާއި ސައިކަލްތަކުގެ ބަރުގަނުތަކުން މުޅި ސަރަހައްދު އޮތީ ގުގުމާލައިފަ އެވެ. ހިރިޔާ އާއި ތާޖުއްދީން ސްކޫލް ކުދިން ނިމޭ ގަޑިއަށް ވުމާ އެކު މުޅި ހިސާބު ފުރާލައި، ވެހިކަލްތަކަށް ގުޑާ ވެސް ނުލެވެ އެވެ.
މިދިއަ އާދިއްތަދުވަހު ހިރިޔާ ސްކޫލްގެ ދޮރުމަތި އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފަ އެވެ. ކާރާއި ސައިކަލްތަކުގެ ބަރުގަނުތަކުން މުޅި ސަރަހައްދު އޮތީ ގުގުމާލައިފަ އެވެ. ހިރިޔާ އާއި ތާޖުއްދީން ސްކޫލް ކުދިން ނިމޭ ގަޑިއަށް ވުމާ އެކު މުޅި ހިސާބު ފުރާލައި، ވެހިކަލްތަކަށް ގުޑާ ވެސް ނުލެވެ އެވެ.
އެ ތޮއްޖެހުމަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިމުން ގެނައީ ދަރިފުޅު ބަލައި ސްކޫލް ދޮށަށް ގޮސް ހުރި އާދައިގެ ފުލުސް މީހެކެވެ: ޓްރެފިކް ފުލުހެއް ވެސް ނޫނެވެ. އެކަން ތަފާތުވާ ސަބަބަކީ ވެސް އެއެވެ.
ފަރުހާދު ނަސީރު އޭނާގެ ދަރިފުޅު ގޮވައިގެން ސްކޫލުން ނިކުތް އިރު، މަގު އޮތީ ވެހިކަލްތަކުން ބެދިފަ އެވެ. ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އޭރު ވެހިކަލްތަކުން ތޮއްޖެހިފައި އޮންނަތާ ވިއްސަކަށް މިނިޓް ވެއްޖެ އެވެ. އެކަމަކު އޭނާ ޓްރެފިކް ހަމަޔަކަށް އަޅުވާލީ ވަރަށް އަވަހަށެވެ.
ބޮއްކުރާ އިބްރާހިމް ނައީމްގެ ޕޯސްޓު.
ބޮއްކުރާ އިބްރާހިމް ނައީމްގެ ނަމުގައި ފޭސްބުކްގައި ޝާއިއު ކުރި މި ވާހަކައާ އެކު، އާންމުންގެ ތައުރީފު ފަރުހާދަށް ދަނީ އޮހެމުންނެވެ. އޭނާ އަށް ސެލިއުޓް ކުރި މީހުން މަދެއް ނޫނެވެ. އަމިއްލައަށް އިސްނަގައިގެން އެކަން ކޮށްލިލެއް ފުރިހަމަކަމަށް އާންމުން އެއްބަސްވެ އެވެ.
ނައީމް ބުނީ ދަރިފުޅު ގޮވައިގެން ފަރުހާދު ނިކުތްއިރު، މަގު އޮތީ ބެދިފައި ކަމަށެވެ. މުޅި ތަނުގެ ޓްރެފިކް ހަމަޔަކަށް އެޅެންދެން ފަރުހާދު ހަރަކާތްތެރިވި ކަމަށް ވެސް އޭނާ ބުންޏެވެ.
"މި ބޭފުޅާ އަށް ސެލިއުޓް ކުރަން،" ފަރުހާދު މަގު މެދުގައި ހުއްޓާ ނެގި ފޮޓޯއާ އެކު ނައީމް ބުންޏެވެ.
އާންމު ގޮތެއްގައި މާލޭގެ މަގުތައް ތޮއްޖެހިއްޖެ ނަމަ، އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަނީ ޓްރެފިކް ފުލުހުން ގޮސްގެންނެވެ. އެކަމަކު ބައެއް ފަހަރު، މަގުމަތީގައި ޑިއުޓީގައި އުޅޭ ފުލުހުން ވެސް އެ މަސައްކަތުގައި އުޅެ އެވެ. ނަމަވެސް މިއީ ދަރިފުޅު ބަލާ ސްކޫލަށް ދިޔަ ފުލުހަކު އެގޮތަށް އިސްނަގައިގެން އެހާ ބޮޑު ޓްރެފިކް ތޮއްޖެހުމެއް ހަމަޔަކަށް އެޅުވިތަން ފެނުނު ފުރަތަމަ ފަހަރަށް ވެދާނެ އެވެ.
މިރުފަތު ފާއިޒް ފޭސްބުކްގައި ކުރި ކޮމެންޓެއް.
އިބްރާހިމް އަފީފްގެ ނަމުގައި ފޭސްބުކްގައި ކޮމެންޓު ކުރި މީހަކު ބުނީ އެގޮތަށް ކޮންމެ ފުލުހެއް ވެސް ޒިންމާ އަދާކުރާ ނަމަ، މިއަށް ވުރެ ސުލްހަވެރިވާނެ ކަމަށެވެ.
ކުރިން ފުލުހުންގެ އިސް މަގާމެއް އަދާކޮށްފައިވާ މިރުފަތު ފާއިޒް އޭނާގެ ފޭސްބުކްގައި ފާޅުކުރި ކޮމެންޓްގައި ބުނި ގޮތުގައި ބޭނުންވަނީ ފަރުހާދު ކަހަލަ ފުލުހުންނެވެ.
އެކަމަކު ބައެއް އެހެން މީހުންގެ ހިޔާލު ތަފާތެވެ. އިބްރާހިމް ހަލީމްގެ ނަމުގައި ކޮމެންޓު ކުރި މީހަކު ބުނީ ޓްރެފިކް ފުލުހެއް ނޫން ވިޔަސް، ފުލުހެއްވެއްޖެ ނަމަ، އެކަންކަމުގައި ހަރަކާތްތެރިވާން ޖެހޭނެ ކަމަށެވެ. އަދި ކަންކަން އޮންނަ ގޮތް އޮޅުވާލައިގެން މެޑަލް ޖަހަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
އެކަމަކު ހަލީމްގެ ވާހަކަ އަށް ރައްދުދީ މިދޫ މެކް ނަމުގައި ކޮމެންޓު ކުރި މީހަކު ބުނި ގޮތުގައި އަމިއްލަ އަށް ފެނިގެން މަގުމައްޗަށް ނިކުމެ ޓްރެފިކް ހައްލުކުރަން އުޅުމަކީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. އެފަދަ ކަމެއް ފެނުމުން އެކަން ފާހަގަކޮށް ތައުރީފް ކުރުމަކީ އޮޅުވާލުމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ ކަމެއް އޭގެ ނުބައި ގޮތުގައި ނަގާ ބަޔަކާއި ރަނގަޅު ގޮތުގައި ނަގާ ބައެއް އުޅޭ. އަޅުގަނޑު ހިޔާރުކުރީ އެ އަމަލު ރަނގަޅު ގޮތުގައި ނަގަން،" މިދޫ މެކް ލިއުނެވެ.
ކޮންމެއަކަސް ފަރުހާދުގެ އެ އަމަލަށް ގިނަ މީހުން ކުރީ ތައުރީފެވެ. އެތައް ބަޔަކު އޭނާގެ ފޮޓޯ ފޭސްބުކްގައި ޝެއާކުރި އެވެ.
ފުލުހުންގެ މިކަހަލަ އެއްވެސް ކަމަކާ ބެހޭ ގޮތުން އެ މީހުން އަމިއްލައަށް ވާހަކައެއް ނުދައްކަ އެވެ. ދޭ މައުލޫމާތެއް ދެނީ ފުލުހުންގެ މީޑިއާ އިންނެވެ. އެކަމަކު ފަރުހާދުގެ އަމަލާ ބެހޭ ގޮތުން ފުލުސް މީޑިއާ އިން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.
ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާނެ ގޮތް ހަދަނީ
ޓްރެފިކް ފުލުހުންގެ މަސައްކަތް އާންމުކުރަން ފަށައިފި
ނުގަވައިދުން ޕާކްކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި
4 ފުރޮޅުލީ އުޅަނދަށް ވަންވޭ ކުރުމުން މަޖީދީމަގަށް ލުއިވާނެ
ރޯދަ މަހު ބާޒާރުމަތި ބެލެހެއްޓުން ވަރުގަދަ ކުރަނީ
މާލެ އަށް ސަޅީ ހަރުކަށިވުން!
ބްރިޖުގައި ފޯނު ބޭނުން ކުރުން އާންމު ވެފައި!
މަގުތައް ތޮއްޖެހިއްޖެ، ފުލުހުން ކޮބާ؟
ބަރު އުޅަނދު ދުއްވުން ރޯދަމަހު ވަކި ވަގުތެއްގައި މަނާ
ޓްރެފިކް ޕޮލިސް: ބޮކި ދިއްލެނީ ފާލުން ނެއްޓުނީމަތަ!