07 މެއި 2018
ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ދެ ލަނޑާ އެކު ކްލަބް ގްރީންސްޓްރީޓްސް އަތުން 4-1 އިން މޮޅުވެ ނިއު ރޭޑިއަންޓުން އެސްޓީއޯ މާލޭ ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ދެ ލަނޑާ އެކު ކްލަބް ގްރީންސްޓްރީޓްސް އަތުން 4-1 އިން މޮޅުވެ ނިއު ރޭޑިއަންޓުން އެސްޓީއޯ މާލޭ ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
ދެ ވަނަ ބުރުގައި ނިއު ކުޅުނު ފުރަތަމަ މެޗުން ހޯދި މޮޅާ އެކު އެއް ވަނައިގައި އޮތީ 19 ޕޮއިންޓް ހޯދައިގެންނެވެ. ތިން ޕޮއިންޓް ފަހަތުން ދެ ވަނައިގައި، 16 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ގްރީންސްޓްރީޓްސް އޮތީ އަށް ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.
މި ސީޒަނުގައި ވަރަށް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ދަގަނޑޭ ވަނީ މިއަދު ވެސް އޭނާގެ މޮޅު ކުޅުން ތަކުރާރުކޮށް ސީޒަނުގައި ޖެހި ލަނޑުގެ އަދަދު 14 އަށް އަރުވައިފަ އެވެ. ދަގަނޑޭ ވަނީ މެޗުގެ ދެ ވަނަ މިނެޓުގައި ނިއު އަށް ކުރި ހޯދައިދީފަ އެވެ. މުހައްމަދު އުމެއިރު ޖައްސާލި ބޯޅަ އޭރިއާގެ ބޭރު ރޮނގާ ދިމާލުން ކޮންޓްރޯލް ކޮށްލުމަށް ފަހު އޭނާ ވަނީ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
އޭގެ ފަހުން އެ ޓީމުން އުފެއްދި ނުރައްކާތެރި ފުރަތަމަ ހަމަލާގައި ދަގަނޑޭ ދެ ވަނަ ގޯލެއް ޖެހި އެވެ. މިއީ 18 ވަނަ މިނެޓުގައި އަކްރަމް އަބްދުލްގަނީ ނެގި ހުރަހެއް އޭރިއާ ތެރެއިން ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ދަގަނޑޭ ޖެހި ގޯލެކެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދުގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުގައި މުހައްމަދު ފައިސަލް ކުޅެން އެރުވި އެވެ.
ހާފު ނިމުމުގެ ކުރިން ނިއުގެ ތިން ވަނަ ލަނޑު ޖަހައިދިނީ، މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އެވެ. ދަގަނޑޭ ދިން ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު އޭނާ ވައްދާލީ ތިރީ ކަނަށެވެ.
ސެންޓޭ (10) ލަނޑު ޖެހުމުން އަކްރަމް (13) އާއި އުމެއިރު (37) އަދި ބޮބީ (ވ) މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ސެންޓޭ އަށް ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ގޯލްކުރިމަތިން މުޅިން ހުހަށް ހުރެ އޭނާ އަށް ބޭނުން ގޮތަކަށް ޖަހަން ލިބުނު ނަމަވެސް ޖައްސާލީ ދަގަނޑޭ އަށެެވެ. އެކަމަކު ދަގަނޑޭ އަށް އެ ބޯޅަ ނުލިބި ދިޔައީ ބޭރަށެވެ.
އޭގެ ފަހުން ގްރީންސްޓްރީޓްސް އިން ނިއު އަށް ނުރައްކާކުރި އެވެ. އެގޮތުން 58 ވަނަ މިނެޓުގައި ނިއުގެ ރިލްވާން ވަހީދު (ރިލޭ) ޖައްސާލި ބެކްޕާހެއް ކީޕަރު ފައިސަލް އަތަށް ނެގުމުން، ގޯލް ކައިރިން ލިބުނު ނުސީދާ ހިލޭ ޖެހުން ގްރީންސްޓްރީޓްސްގެ ސޮބުލް އިލިއާ ޖެހުމުން ނިއުގެ ޑިފެންޑަރުން ބްލޮކްކުރި އެވެ. އޭގެ ދެ މިނެޓު ފަހުން އިލިއާ އޭރިއާ ތެރެއިން ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހުނުއިރު އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ގެ ޝޮޓެއް ފައިސަލް މަތަކުރި އެވެ. އަދި އެ ޓީމުގެ ރޮލޭންޑް ރަސެލް ފޮނުވާލި ބޯޅައެއް ނިއުގެ ހާރޫން އަމީރީ ވަނީ ގޯލް ރޮނގުމަތިން ސާފުކޮށްލައިފަ އެވެ.
ނިއުގެ ހަތަރު ވަނަ ލަނޑު 67 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭގެ ފަހުން ތަފާތު ބޮޑުކުރަން ދަގަނޑޭ އަށް ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އަދި ނިއުގެ ކީޕަރު ފައިސަލަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފަހު ވަގުތު ގްރީންސްޓްރީޓްސް އިން ސުން ކަނޑުވާލި އެވެ. އަމީރީ ފަހަތަށް ޖައްސާލި ބޯޅަ ފައިސަލަށް ކުރިއަށް ފޮނުވާނުލެވެނިކޮށް ގްރީންސްޓްރީޓްސްގެ އިލިއާ ވަނީ ހޯދައި ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ ނިއު އިން މިއަދު މޮޅުވީ މޮޅު ކުޅުމަކާ އެކު ކަމަށާއި އެކަމަކު ދެ ވަނަ ހާފުގައި ކުޑަކޮށް ހަމަޖެހިލެވުމުން އޭގެ ފައިދާ އިދިކޮޅު ޓީމުން ނެގި ކަމަށެވެ. އަދި ލިބުނު ފުރުސަތުތަކާ ބަލާއިރު ލަނޑު ނުޖެހުނު ނަމަވެސް މާބޮޑު ޝަކުވާއެއް ނެތް ކަމަށާއި ޓީމުން އެޓޭކްތައް އުފައްދާތީ ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.
އޭނާ ބުނީ އިމްރާނަށް ލިބުނީ ސީރިއަސް އަނިޔާއެއް ނޫން ކަމަށާއި ބަދަލުކުރީ އުކުޅުވަޅަށް ތަދެއް އަރައިގެން ކަމަށެވެ. އެކަމަކު އޭގެ ތަފްސީލް އެނގޭނީ މާދަމާ ޓެސްޓްތައް ހެދުމުން ކަމަށް ބުންޏެވެ.
ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ޑިފެންސަށް ހެދުނު އާދައިގެ ގޯސްތަކެއްގެ ފައިދާ ނަގައި ނިއު އިން ކުރީކޮޅު ދެ ލަނޑު ޖަހައި ހަމަޖެހިލި ކަމަށެވެ. އެކަމަކު ދެ ވަނަ ހާފުގައި ގްރީންސްޓްރީޓްސް ޓީމުން ރަނގަޅަށް ކުޅުނުކަން ސުޒޭން ފާހަގަކުރި އެވެ.
ބޮޑު މޮޅާ އެކު ނިއު އެއް ވަނަ އަށް
ގްރީން ބަލިކޮށް އީގަލްސް ދެ ވަނަ އަށް
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ
ގްރީންގެ ޓާގެޓަށްދާން އަދި މަސައްކަތް ކުރަންޖެހޭ: ރިލޭ
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
އުނދަގޫ މޮޅަކުން ނިއު އަށް ބޮޑު ލީޑެއް
ނިއު އަށް ލީގުގެ ކުރީގައި ހަމަޖެހިލުމުގެ ފުރުސަތެއް
ވިކްޓަރީ އަތުން ނިއު މުހިއްމު މޮޅެއް ހޯދައިފި
"އެންމެ ބޮޑު ކަންބޮޑުވުމަކީ ވިކްޓަރީ ކުޅޭ ސްޓައިލް"