01 ޖޫން 2018
އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަޔެއްގައި ހިމެނިގެން ދިވެހި ޕްރިމިއާ ލީގަށްދާން ކްލަބް ގްރީން ސްޓްރީޓްސް އަދި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެ ޓީމުގެ ވިންގް އަހުމަދު ރިލްވާން (ރިލޭ) ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަޔެއްގައި ހިމެނިގެން ދިވެހި ޕްރިމިއާ ލީގަށްދާން ކްލަބް ގްރީން ސްޓްރީޓްސް އަދި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެ ޓީމުގެ ވިންގް އަހުމަދު ރިލްވާން (ރިލޭ) ބުނެފި އެވެ.
ލީގުގެ ގަދަ ހަޔެއްގެ ފަހު ޖާގަ އަށް ވާދަކުރަނީ ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. އެންމެ ފުލުގައި އޮތް ވެލެންސިއާ އަށް ގަދަ ހަޔެއްގެ ހުރިހާ ދޮރެއް ވަނީ ބަންދުވެފަ އެވެ.
ގްރީން ސްޓްރީޓްސް ހަ ވަނައިގައި އޮތީ 13 ޕޮއިންޓާ އެކު އެވެ. ހަތް ވަަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޔުނައިޓެޑް ވިކްޓަރީ އަށް ދެން ޕްރިމިއާ ލީގުގެ ޖާގަ ލިބޭނީ ބާކީ ތިން މެޗުން އެ ޓީމު މޮޅުވެ، ގްރީން ސްޓްރީޓްސް އަތުން ޕޮއިންޓް ގެއްލިގެންނެވެ.
ލީގުގައި އެންމެ ފަހުން ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-3 އިން ގްރީން ސްޓްރީޓްސް މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ރިލޭ ވަނީ އެ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ހެޓްރިކެއް ހަދަން ވެސް ފުރުސަތު ލިބުނެވެ.
އެ މެޗަށް ފަހު ރިލޭ ބުނީ ހާސިލްކުރެވުނީ އެ މެޗުން ކަނޑައެޅި ޓާގެޓް ކަމަށެވެ.
"ޓާގެޓްކޮށްފައި ނުކުތީ. އެއީ މި ތިން ޕޮއިންޓް ވަރަށް މުހިއްމު ޕްރިމިއާ ލީގަށް ދާން. ޕްރިމިއާ ލީގަށް ހަމަ ވަންނަން ވެގެން. އެ ކުރި މަސައްކަތް ޓީމު އެންމެން. އަދި ވެސް އެގޮތަށް އޮތީ،" ކުރިން ވިޔަންސާ އާއި ވެލެންސިއާ އަށް ކުޅުނު ރިލޭ ބުންޏެވެ.
މިދިޔަ އަހަރުތަކުގައި ވެލެންސިއާ އަށް ކުޅުމަށް ފަހު މި ސީޒަނުގައި ގްރީން ސްޓްރީޓްސް އަށް ބަދަލުވެ ރިލޭ އަންނަނީ ގިނަ މެޗުތަކެއްގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
"ކަންތައްތައް ހުންނަ ގޮތުން މިދިޔަ އަހަރު ވެލެންސިއާގައި ޕާފޯމަންސް ދަށީ. ގްރީން އަސްލު މި ޓީމު ވަރަށް ރަނގަޅު. މެނޭޖްމަންޓާ ހުރިހާ އެއްޗެއް ވެސް. އިރާދަކުރެއްވިއްޔާ ޕްރިމިއާ ލީގަށް ދާއިރު މި އަށް ވުރެ ރަނގަޅުވާނެ،" މި ސީޒަނުގައި މިހާތަނަށް ތިން ގޯލު ޖަހާފައިވާ ރިލޭ ބުންޏެވެ.
ޓީސީ މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ޕްރިމިއާ ލީގަށް ދިއުމުގެ މަސައްކަތުގެ 99 ޕަސެންޓް ނިމިފައިވާ ކަމަށާއި ދެން އޮތް އެއް ޕަސެންޓަކީ ހިފަހައްޓައިލުން ކަަމަށެވެ.
ލީގުގައި މިރޭ ގްރީން ސްޓްރީޓްސް ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މެޗު ފަށާނީ 10 ޖަހާއިރު އެވެ.
ގްރީން ބަލިކޮށް އީގަލްސް ދެ ވަނަ އަށް
ދަގަނޑޭގެ ދެ ލަނޑާ އެކު ނިއު ލީޑު ދަމަހައްޓައިފި
ގްރީން އާއި ވެލެންސިއާ: ދެ ޓީމަށް ވެސް ޕްރެޝަރު ބޮޑު
ބޮޑު މޮޅާ އެކު ނިއު އެއް ވަނަ އަށް
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ހިތްހަަމަޖެހުމެއް
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ
ފަހު ވަގުތު ވިކްޓަރީ އަތުން މާޒިޔާ އަށް މޮޅެއް
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް