23 މެއި 2018
އެސްޓީއޯ މާލޭ ލީގުގެ އެއް ވަނައިގައި ނިއު ރޭޑިއަންޓް މި ވަގުތު އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ނިއުއާ އެންމެ ގާތުން ވާދަކުރަމުން އައި މާޒިޔާ މި ހަފްތާގައި ކުޅުނު މެޗުން ބަލިވެ ފަހަތަށް ވެއްޓިފައިވާއިރު، މިރޭ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރި ހޯދައިގެން ނިއު އަށް ލީގުގެ ކުރީގައި ރަނގަޅު ލީޑަކާ އެކު ހަމަޖެހިލުމުގެ ފުރުސަތު އެބައޮތެވެ.
އެސްޓީއޯ މާލޭ ލީގުގެ އެއް ވަނައިގައި ނިއު ރޭޑިއަންޓް މި ވަގުތު އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ނިއުއާ އެންމެ ގާތުން ވާދަކުރަމުން އައި މާޒިޔާ މި ހަފްތާގައި ކުޅުނު މެޗުން ބަލިވެ ފަހަތަށް ވެއްޓިފައިވާއިރު، މިރޭ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރި ހޯދައިގެން ނިއު އަށް ލީގުގެ ކުރީގައި ރަނގަޅު ލީޑަކާ އެކު ހަމަޖެހިލުމުގެ ފުރުސަތު އެބައޮތެވެ.
ލީގުގެ އެއް ވަނައިގައި ނިއު އޮތީ ނުވަ މެޗުން ލިބިފައިވާ 22 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 10 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. ނިއު މިރޭގެ މެޗު ކާމިޔާބު ކޮށްފިނަމަ އެ ޓީމަށް ލީގުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.
ނިއު އިން އެންމެ ފަހުން ކުޅުނު މެޗަކީ އޭއެފްސީ ކަޕްގައި އިންޑިއާގައި އައިޒޯލް އަތުން ބަލިވި މެޗެވެ. އެ މެޗުން ބަލިވެ އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުގެ ޖާގަ ނިއު އަތުން ފަހު ވަގުތު ގެއްލުމުން އެ ޓީމަށް މާާޔޫސްކަމެއް ލިބިފައިވާ ކަމަށް ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން ވަނީ ބުނެފަ އެވެ. އެކަމަކު އޭނާ އެ މެޗަށް ފަހު ފާހަގަކުރި އަނެއް ކަމަކީ ރާއްޖޭގެ މުބާރާތްތަށް ކާމިޔާބުކުރަން ނިއު އިން ހުރިހާ ގޮތަކުން މަސައްކަތް ކުރާނެ ކަމެވެ.
މިދިޔަ ސީޒަނުގައި އޮސްކާގެ ކޯޗުކަމުގައި ނިއު އަށް ނުހޯދޭ ހަމައެކަނި މުބާރާތަކީ މާލޭ ލީގެވެ. އޮސްކާ ޓީމާ ހަވާލުވީ ވެސް މިދިޔަ ސީޒަނުގެ މާލޭ ލީގުގެ މެދުތެރެއިންނެވެ. މި ސީޒަނުގެ މާލޭ ލީގުގެ ގިނަ މެޗުތަކަށް ފަހު އޮސްކާ ވަނީ މި ފަހަރު މާލޭ ލީގު ކާމިޔާބު ކުރުމަކީ ނިއުގެ މެނޭޖްމަންޓާއި އޭނާގެ ޓާގެޓެއް ކަމަށް ބުނެފަ އެވެ.
މި ފަހަރު ލީގުގައި ނިއު މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން ވަނީ މޮޅުވެފަ އެވެ. ދެން ކުޅުނު ދެ މެޗަށް ބަލާއިރު ބަލިވީ ވިކްޓަރީ އަތުންނެވެ. އަދި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުވީ އެއްވަރެވެ. މިރޭ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރިހޯދައިފިނަމަ ބާކީ އޮތް ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެން ވެސް ނިއު އަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. މިރޭގެ މެޗަށް ފަހު ނިއު އަށް ބާކީ ދެން އޮތީ އީގަލްސް، ވެލެންސިއާ، ޓީސީ އަދި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.
ލީގުގެ ފުރަތަމަ ބުރުގައި ނިއު ވަނީ 4-1 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފަ އެވެ. ކޯޗު މުހައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔުނައިޓެޑް ވިކްޓަރީ އަންނަނީ ގަދަ ހަޔެއްގައި ހިމެނި ޕްރިމިއާ ލީގުގައި ކުޅުމުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި ވަގުތު ޔުނައިޓެޑް ވިކްޓަރީ ލީގުގެ ހަތް ވަނައިގައި އޮތީ ނުވަ މެޗުން ހަތް ޕޮއިންޓާ އެކު އެވެ.
ހަ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް ރޭ ވިކްޓަރީއާ އެއްވަރުވެ، 10 މެޗުން 10 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމު ފަހަތަށް ޖައްސާލަން ކުރިއަށް ހުރި މެޗުތަކުން ޔުނައިޓެޑް ވިކްޓަރީ އަށް ޕޮއިންޓް ހޯދުން މަޖުބޫރެވެ.
ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނިއު ކުޅޭ މިރޭގެ މެޗު ފަށާނީ 10 ޖަހާއިރު އެވެ.
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
އުނދަގޫ މޮޅަކުން ނިއު އަށް ބޮޑު ލީޑެއް
ވިކްޓަރީ އަތުން ނިއު މުހިއްމު މޮޅެއް ހޯދައިފި
"އެންމެ ބޮޑު ކަންބޮޑުވުމަކީ ވިކްޓަރީ ކުޅޭ ސްޓައިލް"
ދަގަނޑޭގެ ދެ ލަނޑާ އެކު ނިއު ލީޑު ދަމަހައްޓައިފި
ނިއު އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް
ގަދަފަދަ ނިއު އަތުން ވިކްޓަރީ މޮޅުވެއްޖެ
އާ މަގާމެއްގައި ހަމްޕު ތަފާތު ދައްކަނީ