02 މެއި 2018
ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ހަމަ އަށް، ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ބައެއް ނިންމުންތައް ނިންމާފައިވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަންގަވަމުން ގެންދެވި ގޮތަށް ކަމަށް އެ ދެ ކޯޓުގެ ދެ ގާޒީއަކު އެއްބަސްވެފައިވާ ކަން، ލީކުވެފައިވާ ތަހުގީގީ ބަޔާންތަކަކުން ހާމަވެއްޖެ އެވެ.
ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ހަމަ އަށް، ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ބައެއް ނިންމުންތައް ނިންމާފައިވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަންގަވަމުން ގެންދެވި ގޮތަށް ކަމަށް އެ ދެ ކޯޓުގެ ދެ ގާޒީއަކު އެއްބަސްވެފައިވާ ކަން، ލީކުވެފައިވާ ތަހުގީގީ ބަޔާންތަކަކުން ހާމަވެއްޖެ އެވެ.
ފެބްރުއަރީ 1ގެ އަމުރާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެ ތާރީޚާ ހަމައަށް އެ ކޯޓުން ބައެއް އަމުރުތައް ނެރުއްވާފައިވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެންގެވި ގޮތަކަށް ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް، ފުލުހުންގެ ތަހުގީގަށް ދެއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި "ހަވީރު" ނޫހުގެ މުވައްޒަފުންގެ މައްސަލަ އާއި ޕީޕީއެމްގެ ލީޑަޝިޕްގެ މައްސަލައަކާއި ވިލާ ގްރޫޕުގެ ބައެއް މައްސަލަތައް ނިންމާފައިވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެންގެވި ގޮތަށެވެ.
ފުލުހުންގެ އެ ތަހުގީގުގައި ގާޒީ އާދަމް އާރިފާއި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމްގެ އިތުރުން ބައެއް ފުލުހުން ދީފައިވާ ބަޔާންތައް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ލީކު ކޮށްލައިފަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު.
އެ ބަޔާންތައް ލީކް ކޮށްލި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ދިން ބަޔާނެއްގައި ބުނެފައިވަނީ އެއީ، ސައްހަ ބަޔާންތަކެއް ކަމަށާއި އެ ބަޔާންތައް ލީކުކޮށްލި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ 1ގައި އަމުރު ނެރުނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު، އިދިކޮޅު ލީޑަރުންގެ އަތުން ރިޝްވަތު ނަންގަވައިގެން ކަމަށް ފުލުހުން ކުރި ތަހުގީގަށް، ގާޒީ އާދަމް އާރިފް ދެއްވި ބަޔާނުގައި، އެ ކޯޓުގެ ހުކުމްތަކަށް ދެ ފަނޑިޔާރުން ނުފޫޒު ފޯރުއްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ތަހުގީގަށް ދެއްވި ބަޔާނުގައި އާދަމް އާރިފް ވިދާޅުވީ ފެބުރުއަރީ 1ގެ އަމުރު ނެރުނު ރޭ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ ފޯނުން، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އޭނާ އަށް ގުޅުއްވައި، އެ އަމުރުގައި ހިމެނޭ ސިޔާސީ ބޭފުޅުންނާ މެދު ވަކި ގޮތަކަށް ކަންކަން ކުރައްވަން އެންގެވި ކަމަށެވެ. އެ ގޮތުން، އަމުރުގައި ހިމެނޭ ސިޔާސީ ބައެއް ބޭފުޅުން ދޫކޮށްލަން އެންގެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާދަމް އާރިފް ވިދާޅުވި ގޮތުގައި ރިޝްވަތުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރު ކުރުމަށް ހުށަހެޅި ހެކިތައް ހުށަހަޅައިގެން ބަންދުކުރި އެހެން މީހުން ދޫކޮށްލަން ޖެހޭނެ ކަމަށް ފަނޑިޔާރު އަލީ ހަމީދު އޭނާ އަށް އެންގެވި އެވެ.
"އެ ވަގުތު އަޅުގަނޑު، ކްރިމިނަލް ކޯޓުގައި އަމުރު ކަންތައްތަކުގައި އުޅޭ މުވައްޒަފުންނާ ސުވާލުކޮށްގެން ފާރިޝް ބަންދުކުރި މައްސަލައިގައި ހިމެނޭ ހެކި ހުށަހަޅައިގެން އަމުރު ނަގާފައި ތިބި މީހުންނަކީ ކޮބައިތޯ އަލުން ޔަގީން ކުރުމަށް ސުވާލު ކުރީމެވެ،" ބަޔާނުގައި ގާޒީ އާދަމް އާރިފް ވިދާޅުވި އެވެ.
"އެގޮތުން، ކްރިމިނަލް ކޯޓުގެ މުވައްޒަފުން ބެލުމަށް ފަހު، ފާރިޝް މައުމޫން ހައްޔަރުކުރި ހެކި ބޭނުންކޮށްގެން ހައްޔަރުކުރުމަށް އަމުރު ނެރެފައި ވަނީ، މެމްބަރު އިލްހާމް އާއި މެމްބަރު ސިނާން އާއި ރައީސް މައުމޫންގެ ދަނބިދަރި ނަދީމް ކަަމަށް ބުންޏެވެ."
ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހައްޔަރުކުރަން އަމުރު ނެރުނު ކަން އެނގިވަޑައިގަންނަވާ ކަމަށާއި ހަސަން ސައީދު ހައްޔަރުކުރަން އަމުރު ނެރުއްވީ ކީއްވެތޯ، އުއްތަމަ ފަނޑިޔާރު ގުޅުއްވައި ސުވާލުކުރެއްވި ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ އަމުރު ނެރުއްވީ އޭނާ ނޫން ކަމަށާއި އެ ވަގުތު ޑިއުޓީގައި އިންނެވި ގާޒީ އަހްމަދު ހައިލަމް ކަމަށް ދެންނެވި ކަމަށް އާދަމް އާރިފްގެ ބަޔާނުގައިވެ އެވެ.
"އެ ވަގުތު އުއްތަމަ ފަނޑިިޔާރު ރުޅިއައިސްގެން ސުލްތަ ގަޟޯއީގެ މަންދޫބަކަށް ކްރިމިނަލް ކޯޓަށް އަމުރު ނުނެރެވޭނެ ކަމަށާއި އަހްމަދު ހައިލަމްއަކީ ކާކުތޯ އާއި، އަހްމަދު ހައިލަމްއަކީ ޓްރެއިނިން ގާޒީއެއް ކަމަށް ބުންޏެވެ،" ގާޒީ އާދަމް އާރިފް ވިދާޅުވި ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އަމުރު ބާތިލްކުރަން އުއްތަމަ ފަނޑިޔާރު އޭނާ އަށް އެންގެވުމުން އެކަމަށް އިންކާރު ކުރެއްވީ އެވެ. އެއާއެކު އޭނާއާ މެދު ވެސް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ފޯނު ކަނޑާލެއްވީ ކަމަށް ބަޔާނުގައި އާދަމް އާރިފްގެ ބަޔާނުގައިވެ އެވެ.
ބަޔާން ނިންމާލައްވަމުން ގާޒީ އާދަމް އާރިފް ވިދާޅުވެފައި ވަނީ، ކްރިމިނަލް ކޯޓުން ސިޔާސީ ބޭފުޅުން ހައްޔަރުކުރަން ނެރުނު އަމުރު ބާތިލްކުރަން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެންގެވީ، ދެ ބޭފުޅުންގެ އަމިއްލަ މަންފާއެއް ނުވަތަ ފައިދާއެއް އޮވެގެން ކަމަށް ބެލެވޭނެ ފުރުސަތު އޮތް ކަމަށެވެ.
އެ ބަޔާންތައް އާއްމުވެފައި މިވަނީ، މައްސަަލަ ބޮޑުވި، ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައި ވަނިކޮށެވެ. ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އެ ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
ދެ ފަނޑިޔާރުން 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގެ ހުކުމް މާދަމާ
އުއްތަމަ ފަނޑިޔާރަށް އާ ތުހުމަތެއް، ތަހުގީގު ފަށައިފި
"އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވަކިކުރަން ޖެހޭ"
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ގޮވާލައިފި
އާރިފް ޑްރަގް ކޯޓަށް، ދެ ގާޒީއަކު ކްރިމިނަލް ކޯޓަށް
ދެ ފަނޑިޔާރުންގެ ހުކުމް: ދިރިތިބީންނަށް އިބްރަތެއް
ދެ ފަނޑިޔާރުންނަށް ކުރި ޖަލު ހުކުމް ސުޕްރީމް ކޯޓަށް
އުއްތަމަ ފަނޑިޔާރު ހަތަރުމަހަށް ޖަލަށްލާން ހުކުމްކޮށްފި