01 މާޗް 2018
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ދައުލަތުގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ތުހުމަތުކޮށް ތަހުގީގު ފަށާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް ހިސާން ހުސެއިން މިރޭ ވިދާޅުއްވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ދައުލަތުގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ތުހުމަތުކޮށް ތަހުގީގު ފަށާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް ހިސާން ހުސެއިން މިރޭ ވިދާޅުއްވެއްޖެ އެވެ.
ހިސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފުލުހުން މިއަދު ތަހުގީގުކުރީ، ރައީސް އޮފީހުގެ ހަތަރު ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުވުމުން އީ-ގަވަމެންޓް ނިޒާމް ޑައުންކޮށް، ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުއްވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ކަމަށެވެ. ފުލުހުންގެ އެ ތުހުމަތު އުއްތަމަ ފަނޑިޔާރު ދޮގު ކުރައްވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ފުލުހުން އެ ބުނާ ހަތަރު ސިޓީއަކީ، ސިޔާސީ ލީޑަރުން ދޫކޮށްލަން މިދިޔަ މަހުގެ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކޮށްފި ނަމަ ދައުލަތް ހިންގުން އޮޅުންބޮޅުންވެ ގާނޫނުއަސާސީގެ ބާރު ކެނޑިދާނެ ކަމަށް ވިދާޅުވެ އެކަމަށް ހައްލު ހޯއްދަވައިދެއްވަން އެދި ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީތަކުގެ ވާހަކަ އެވެ.
އެ ސިޓީތައް ފޮނުއްވުމުން، އުއްތަމަ ފަނޑިޔާރު ޖަވާބު ނުދެއްވި ކަމަށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވަން ޖެހިވަޑައިގަތް ސަބަބުތައް ވިދާޅުވެ ދެއްވަމުން ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ފުލުހުން އިއްޔެ ވަނީ ހެކި ނައްތާލުމުގެ ދައުވާ އުފުލަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. ހައްޔަރުކުރި މައްސަލައިގައި އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ކިތާބީ ހެކި ހުރި ކަމަށް ބުނުމަށް ފަހު އެހެން ތުހުމަތެއްގައި ދައުވާ ކުރަން ފޮނުވި މައްސަލާގައި ފުލުހުންނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ވިލާގެ ޗެއާމަން ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހިމެނިވަޑައިގަންނަވަ އެވެ.
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް
ދެ ފަނޑިޔާރުން 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގެ ހުކުމް މާދަމާ
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ދޫކޮށްލަން ގޮވާލައިފި
"އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވަކިކުރަން ޖެހޭ"
ފަނޑިޔާރުން ގަތް މުދަލުގެ މައުލޫމާތު ދޭންޖެހޭ: ޝިއާން
މައުމޫން، ފާރިސް އަދި ނަދީމަށް ސުވާލެއް ނުކުރޭ
"އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ފެނިފައިވޭ"
ކެހި ދެނީ އެންމެ ކައިރީގައި އުޅުުނު މީހުން: ރައީސް
ފަނޑިޔާރުން ހަނު ތިބޭތީ އަޒުމިރަލްދާގެ ސުވާލުތަކެއް!