Roadha Mihaaru
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގެ ހުކުމް މާދަމާ

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގެ ހުކުމް މާދަމާ

08 މެއި 2018

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ހުކުމް ކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ހުކުމް ކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މިގޮތަށް ނިންމީ މި މައްސަލާގައި ދެންމެ ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ. މިއީ ސިއްރު ކޮށްގެން ކުރިއަށް ގެންދާ ޝަރީއަތެކެވެ.

އާ މައްސަލައެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް މާދަމާ ހުކުމް ކުރާއިރު، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އެމަނިކުފާނު އެންގެވި މައްސަލާގައި ކުރި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ، ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.