22 އޮކްޓޯބަރ 2019
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގުކޮށް އެ ބޭފުޅުންނާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަން ފަނޑިޔާރުންގެ ޖަމިއްޔާ އިން މިރޭ ގޮވާލައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގުކޮށް އެ ބޭފުޅުންނާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަން ފަނޑިޔާރުންގެ ޖަމިއްޔާ އިން މިރޭ ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނީ އެ ބޭފުޅުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަށް ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި މިވަގުތު ބައެއް ފަނޑިޔާރުން ހިމޭނެ ކަމަށް ބިޝާމް ވިދާޅުވުމަކީ އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ވަނީ އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭ ނަމަ، ކަމާބެހޭ އިދާރާތަކުން އެކަން ބަލައި ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަން އެންމެހައި މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.
ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ނޫސްބަޔާން pic.twitter.com/xE42ymlyFM
— Judges Association of Maldives (@JudgesMaldives) October 22, 2019
ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިދާނެ އެއްވެސް އަމަލެއް އެއްވެސް ފަނޑިޔާރެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ފުރިހަމަ އަށް ތަބާވުމަށް އެންމެހައި ފަނޑިޔާރުންނަށް އެ ޖަމިއްޔާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ހިންގި ހިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
ކުރީގެ ސަރުކާރުގައި ހިންގި މި ޚިޔާނާތް މި ވެރިކަން ފެށުމާއެކު އަލުން ތަހުގީގުކޮށް ފުލުހުން ވަނީ ބައެއް މައްސަލަތަކުގައި ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އޭގެތެރެއިން، މި ހިޔާނާތުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ހަތް ދައުވާއެއް ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ.
ރަށްތައް ވިއްކައިގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާ ޖަމާކުރީ އަދީބުގެ އެކުވެރިންގެ ކުންފުނި އެސްއޯއެފަށެވެ. އެ ފައިސާ ލޯންޑާކޮށް، ކުރީގެ ސަރުކާރުގައި ސިޔާސީ ބާރުވެރިކަން ހޯދުމުގެ ގިނަ ކަންކަމަށް ހޭދަކޮށްފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.
ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ތަހުގީގުތައް ވެސް ފުލުހުން ކުރިއަށް އެބަގެންދެ އެވެ. ފުލުހުންގެ ތަހުގީގުގައި އަދީބު ގެންދަވަނީ ޚިޔާނާތުގެ ފައިސާ ދައުރުވި ގޮތާއި މަންފާ ލިބުނު މީހުން ކިޔައިދެއްވަމުންނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގަށް ފަހު ދައުލަތުގެ ފައިސާ ލިބުނު، (ޑޮލަރު ގަތުމުގެ ތެރެއިން ނަމަވެސް) 155 މީހުންގެ ލިސްޓެއް އާއްމު ކުރި އެވެ. އެއީ އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފުން ޖަމާކުރި މީހުންނެވެ. އެކަމަކު މި ލިސްޓުގައިވާ އެކަކު ވެސް ދައުލަތުގެ ފައިސާގައި ޖެހުނު ކަމަކަށް ނުވި އެވެ. އޭގެތެރެއިން ގިނަ މީހުން ބުނެފައި ވަނީ އެއީ އެސްއޯއެފާ އެކު ހިންގި ޑޮލަރުގެ ސައްހަ މުއާމަލާތެއް ކަމަށެވެ.
ޝަރީއަތްތައް ލަސްވާ ސަބަބު ހޯދަން ޓާސްކް ފޯހެއް ހަދަނީ
ޝަރުއީ ދާއިރާ އިސްލާހުކުރަން މަގުޗާޓެއް އިފްތިތާހުކޮށްފި
ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އިންސާފު: ފައިސަލް
ދިފާއީ ހެކި ނެތި ކުރާ ޝަރީއަތުގެ ބޭނުމެއް ނެތް: އަލީ
އާ ތިން ފަނޑިޔާރުން ހުވާކުރައްވައިފި
ފަނޑިޔާރުން މިނިވަން ނުވާހާ ހިނދަކު އިންސާފެއް ނެތް
ހެކިވެރިންގެ ހިމާޔަތާ އެކު ހެއްކާ ބެހޭ ބިލް މަޖިލީހަށް
ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވައިފި
މަތީ ކޯޓުތަކުގެ ނިންމުން "ކަރުދާސްކޮޅަކަށް" ވަނީތަ!
"މަތީ ކޯޓުތަކަށް ތަބާނުވާ ފަނޑިޔާރުން ޒިންމާވާންޖެހޭ"