30 އޮކްޓޯބަރ 2023
ހައި ކޯޓުގެ ފަނޑިޔާރު އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވިތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ނަމަވެސް، ރިޓަޔަމެންޓާ ގުޅޭ ގޮތުން މިހާތަނަށް ޖޭއެސްސީން އަދި ގޮތެއް ނުނިންމަ އެވެ. ފަނޑިޔާރަކު އަމިއްލަ އަށް ރިޓަޔަކުރައްވަން ހުށަހެޅުއްވިޔަސް، ރިޓަޔަމެންޓް ލިބޭނީ ކޮމިޝަނުން އެގޮތަށް ފާސްކޮށްފި ނަމަ އެވެ.
ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަން ނިންމަވާފައިވާއިރު، އޭނާ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގަ އެވެ.
ޝަކީލް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް އައްޔަންކޮށް މާގިނަ ދުވަސްތަކެއް ނުވެ ފެމެލީ ކޯޓަށް ބަދަލުކުރި އެވެ. އެއީ، 2017 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ފޮނުވާލުމަށް ނިންމެވުމާ އެކު އެވެ.
އޭގެފަހުން އަނެއްކާވެސް ޝަކީލް، ކްރިމިނަލް ކޯޓަށް ބަދަލުކުރީ 2019 ވަނަ އަހަރު ތެރޭގައި، ސަރުކާރާއި ޖޭއެސްސީ ބަދަލުވެފައިވަނިކޮށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކުރި ހުކުމާ އެކު ފަނޑިޔާރު ޝަކީލަށް ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުމާއި ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ. ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލުނީ އެ ހުކުމާ ހެދި އެވެ.
ޔާމީންގެ ލީޑަޝިޕްގެ ދަށުން ހިންގާ ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައުމުގެ މަރުހަލާ ކުރިއަށް ދާއިރު، އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ ފަނޑިޔާރު ޝަކީލްގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ސަރުކާރު ބަދަލުވުމުން ފަނޑިޔާރު ރިޓަޔަކުރެއްވުމަކީ މީގެކުރިން ވެސް ހިނގާފައިވާ ކަމެކެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ އަރީފް ވެސް ކުރީގެ ސަރުކާރު ބަދަލުވުމާ އެކު ރިޓަޔަމެންޓަށް ހުށަހެޅުއްވި އެވެ.
ރިޓަޔާމަންޓާއެކު ފަނޑިޔާރުންނަށް ކޮންމެ މަހަކު ވެސް ފައިސާގެ އެލަވަންސް ހަމަޖެހެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރަކަށް ޝަކީލް އައްޔަން ކުރަނީ
ޝަކީލަށް ރިޓަޔަމަންޓް ދޭން ޖޭއެސްސީން ފާސްކޮށްފި
ހައިކޯޓާއި ދެ ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފި
އިސްގާޒީ ޝަކީލްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ
ޝަރުއީ ދާއިރާ އިސްލާހުކުރަން މަގުޗާޓެއް އިފްތިތާހުކޮށްފި
އާ ތިން ފަނޑިޔާރުން ހުވާކުރައްވައިފި
ފަނޑިޔާރުންގެ މަގާމާ ގުޅޭ މައްސަލަ ކޯޓަށް ބެލޭނެ
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި
ފަނޑިޔާރު ޝަކީލް ރިޓަޔާކޮށްދެނީ ސިއްހީ ސަބަބުތަކާހެދި
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު