02 ނޮވެމްބަރ 2023
ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގައި ހުންނެވުމަށް ފަހު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރި އަހުމަދު ޝަކީލް ރިޓަޔާކުރައްވަން ފުރުސަތު ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގައި ހުންނެވުމަށް ފަހު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރި އަހުމަދު ޝަކީލް ރިޓަޔާކުރައްވަން ފުރުސަތު ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.
ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުގައި ޝަކީލް ހުށަހަޅުއްވާފައިވާ ރިޓަޔަމެންޓް ފާސްކުރީ ތިން މެންބަރުންގެ ވޯޓުންނެވެ. އެނގިފައިވާ ގޮތުގައި އެއީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ވަކީލުންގެ މެންބަރު އަބްދުއްމާނިއު ހުސެއިން އަދި އާންމުންގެ މެންބަރު އައިމިނަތު އުމްކުލްސޫމްގެ ވޯޓުންނެވެ. ބައްދަލުވުމުގައި ހަތް މެންބަރަކު ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި އެކަމަކު ވޯޓު ދެއްވި މެންބަރުން ފިޔަވައި އެހެން މެންބަރުން ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް ވަނީ އެނގިފަ އެވެ.
މިކަމާ ބެހޭ ގޮތުން ޖޭއެސްސީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ފަނޑިޔާރަކު އަމިއްލަ އަށް ރިޓަޔަކުރައްވަން ހުށަހެޅުއްވިޔަސް، ރިޓަޔަމެންޓް ލިބޭނީ ކޮމިޝަނުން އެގޮތަށް ފާސްކޮށްފި ނަމަ އެވެ. ރިޓަޔާމަންޓާ އެކު ފަނޑިޔާރުންނަށް ކޮންމެ މަހަކު ވެސް ފައިސާގެ އެލަވަންސް ހަމަޖެހެ އެވެ.
ފަނޑިޔާރު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި، އޭނާ އަށް ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ނުރުހުން އަމާޒުވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމަށް ފަހުގަ އެވެ. ޝަކީލް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް އައްޔަންކޮށް މާގިނަ ދުވަސްތަކެއް ނުވެ ފެމެލީ ކޯޓަށް ބަދަލުކުރި އެވެ. އެއީ، 2017 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ފޮނުވާލުމަށް ނިންމެވުމާ އެކު އެވެ.
އޭގެފަހުން އަނެއްކާވެސް ޝަކީލް، ކްރިމިނަލް ކޯޓަށް ބަދަލުކުރީ 2019 ވަނަ އަހަރު ތެރޭގައި، ސަރުކާރާއި ޖޭއެސްސީ ބަދަލުވެފައިވަނިކޮށެވެ.
ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމާ އެކު ފަނޑިޔާރު ޝަކީލަށް ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުމާއި ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ. ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލުނީ އެ ހުކުމާ ހެދި އެވެ.
ޔާމީންގެ ލީޑަޝިޕްގެ ދަށުން ހިންގާ ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައުމުގެ މަރުހަލާ ކުރިއަށް ދާއިރު، އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ ފަނޑިޔާރު ޝަކީލްގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ސަރުކާރު ބަދަލުވުމުން ފަނޑިޔާރު ރިޓަޔަކުރެއްވުމަކީ މީގެ ކުރިން ވެސް ހިނގާ ކަމެކެވެ.
ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވައިފި
ހައި ކޯޓުގެ ފަނޑިޔާރަކަށް ޝަކީލް އައްޔަން ކުރަނީ
ހައިކޯޓާއި ދެ ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފި
ޝަކީލް ހައި ކޯޓަށް އައްޔަންކުރުމަކީ ރިޝްވަތުގެ އަމަލެއް
އިސްގާޒީ ޝަކީލްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ
ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަނީ
ޝަރީއަތް ލަސްވެފައިވާ މައްސަލަތަކުގެ ތަފްސީލް ހޯދަނީ
ޝަރުއީ ދާއިރާ އިސްލާހުކުރަން މަގުޗާޓެއް އިފްތިތާހުކޮށްފި
ތިން ކޯޓެއްގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
އާ ތިން ފަނޑިޔާރުން ހުވާކުރައްވައިފި