Roadha Mihaaru
އާ ތިން ފަނޑިޔާރުން ހުވާކުރައްވައިފި

ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ އާ ފަނޑިޔާރުން ހުވާކުރައްވައިފި

26 ޖެނުއަރީ 2018

ހައި ކޯޓަށާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން މަގާމުގެ ހުވާ މިރޭ ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހައި ކޯޓަށާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން މަގާމުގެ ހުވާ މިރޭ ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި ހަފުލާއެއްގައި، ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ކުރިން ހުންނެވި، މުހައްމަދު ނިޔާޒެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ އަލަށް ކުރެއްވީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުންނެވި ހުސެއިން ޝަހީދާއި ސ. ހިތަދޫ އޯޝަން ލީޑް އަހުމަދު ހައިލަމް އެވެ.

މިރޭ ހުވާ ކުރެއްވި ތިން ފަނޑިޔާރުން (ފަހަތުގައި) ރައްޔިތުންގެ މަޖިިލީހުގެ ރައީސް އަބްދުﷲ މަސީހް (ކ) އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (މ) އަދި ޖޭއެސްސީގެ ރައީސް އަރީފްއާ (ވ) އެކު ފޮޓޯއެއް ނަންގަވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މި ބޭފުޅުންނަށް ފަނޑިޔާރު ކަމުގެ ހުވާލައިދެއްވީ، ސިވިލް ކޯޓްގެ އިސް ފަނޑިޔާރު އަބްދުﷲ އަލީ އެވެ. ފަތްކޮޅު އެރުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ތިން ފަނޑިޔާރުން ހުވާ ކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ކަމަށްވާ އަބްދުﷲ އަރީފާއި ޖޭއެސްސީގެ ކުރީގެ ރައީސް އާދަމް މުހައްމަދުގެ ހާޒިރުގަ އެވެ. މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ނިޔާޒް އައްޔަން ކުރެއްވީ، އެ ކޯޓުން މިހާރު ހުސްވެފައި އޮތް ހަތަރު މަގާމުގެ ތެރެއިން މަގާމަކަށެވެ. ބާކީ އޮތް ތިން މަގާމަށް ބޭފުޅުން އަދި އައްޔަނެއް ނުކުރެ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ އެ ކޯޓަށް ހަތަރު ފަނޑިޔާރުން ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންނެވެ.